Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ ފުނޑިއްޖެ ހިނގާލުން

ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެގެން: މެމްބަރު މަޢުރޫފް

ރައްޔިތުންގެ ނިކުތުމުން އަންގައި ދެނީ ރައްޔިތުންނަށް ފުދިއްޖެ ކަމަށާއި، ރައްޔިތުން ފުނޑިއްޖެ ކަމާއި އަދި ރައްޔިތުން ދެން ބޭނުން ވަނީ ރައީސް މުޢިއްޒުގެ އަނިޔާވެރި ވެރިކަން ބަދަލު ކުރުން ކަމަށް މަޢުރޫފް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 18:05
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މިއަދު ދިވެހި ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ނޫނެކޭ ބުނެގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު ވިދާޅުވެއްޖެ އެވެ.

މަޢުރޫފް މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ، އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ފުދިއްޖެ ފުނޑިއްޖެ" އެއްވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަނުންނެވެ.

އެގޮތުން މަޢުރޫފްް ވިދާޅުވީ ރައީސް މުޢިއްޒުގެ މި ސަރުކާރުން ރައްޔިތުން ބިކަކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް މަސައްކަތްތެރިންގެ ތެރެއިން ބޮޑު ބައެއް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި، ޓުވަރިޒަމް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ވަރަށް އުންމީދުގަައި ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބު ކުރި ކަަމަށެވެ. އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ފައިސާ ދީގެން ޚިދުމަތް ކުރަން ހަވާލު ކުރީމާ، ރައީސް މުޢިއްޒު ކުރައްވާ ކަމަކީ ރައްޔިތުން ބިކަ ކުރުން ކަމަށް މަޢުރޫފް ވިދާޅުވި އެވެ.

މަޢުރޫފް ވިދާޅުވީ ރައީސް މުޢިއްޒުގެ މަޤުސަދަކީ ކޮބައިކަމެއް ނުވިސްނޭ ކަމަށާއި، މަސައްކަތްތެރިކަމުގެ ސިނާއަތުގަައި އުޅޭ މީހުން އަދި ދިވެހި ރައްޔިތުން ބިކަ ކުރުމުގެ ބޭނުމެއް ވެސް ނުވިސްނޭ ކަމަށެވެ. އެގޮތުން ރިސޯޓު މުވައްޒަފުންނާއި، މަސްވެރިން އަދި މަސައްކަތްތެރި އެންމެނަށް އެތައް ކަމެއް ކޮށްދިނުމަށް ވައުދުވެ ވަޑައިގެންވި ކަަމަށާއި، ނަމަވެސް މިއަދާ ހަމައަށް އައިއިރު ދިމާ އިދިކޮޅަށް އަދި ރައްޔިތުން ބިކަ ކުރުމަށާއި، ރައްޔިތުން ޙާލުގައި ޖެއްސުމަށްޓަކައި ރައީސް މުޢިއްޒު މަސައްކަތް ކުރައްވާ ކަމަށް މެމްބަރު މަޢުރޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ރައްޔިތުން ބިކަަ ކުރުމަށްފަހު، އިންތިޚާބުތަކުގައި ރައްޔިތުންނަށް ފައިސާ ދީގެން ވޯޓު ހޯދުމުގެ ސިޔާސަތު ކަމަށް މަޢުރޫފް ފާހަގަ ކުރެއްވި އެވެ. މިއަދު ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެ، މާލޭގެ ބޮޑެތި މަގުތައް ފުރޭ ވަރަށް ރައްޔިތުން ނިކުމެ ކަމަށް މެމްބަރު މަޢުރޫފް ވިދާޅުވި އެވެ. ރައްޔިތުންގެ ނިކުތުމުން އަންގައި ދެނީ ރައްޔިތުންނަށް ފުދިއްޖެ ކަމަށާއި، ރައްޔިތުން ފުނޑިއްޖެ ކަމާއި އަދި ރައްޔިތުން ދެން ބޭނުން ވަނީ ރައީސް މުޢިއްޒުގެ އަނިޔާވެރި ވެރިކަން ބަދަލު ކުރުން ކަމަށް މަޢުރޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މެމްބަރު މަޢުރޫފްް ވިދާޅުވެފައި ވަނީ ސިޔާސީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒުގެ ސަރުކާރަށް އެންޑީޕީން ދައްކައި ދިނީ އަދި އިއްވައި ދިނީ ދިވެހި ރައްުޔިތުންގެ ޝުޢޫރު ކަމަށެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަަަމަށް ވަޑައިގެންނެވި ފަހުންް އެމްޑީޕީން މަގު މަތީގެ ޙަރަކާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީން ވަނީ ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާ ގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި އެވެ.

އޭގެ ފަހުން ހުކުރު ދުވަހުގެ އެމްޑީޕީން ބޭއްވި އެއްވުމުގައި ވެސް ވަނީ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފަ އެވެ. އެ އެއްވުމުގައި ބައިވެރިވި ރައްޔިތުން ވަނީ ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

ފުދިއްޖެ ފުނޑިއްޖެ އެއްވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު