Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ފުދިއްޖެ ފުނޑިއްޖެ" ހިނގާލުން

ޤާނޫނު އަސާސީ ފުނޑާލާ، ރައްޔިތުންގެ މަޖިލިސް ވައުކޮށްލީމަ ދެން ޖެހޭނީ މަގުމަތިން ރައީސް މުއިއްޒަށް އަޑު އިއްވަން: މާރިޔާ

މާރިޔާ ވިދާޅުވީ ބަޔަކު ބުރަމަސައްކަތުން، ވުޖޫދުކުރި، ފެހި ޤާނޫނު އަސާސީ ފުނޑާލައި، ރައްޔިތުންގެ މަޖިލިސް ވައު ކޮށްލައި ރައްޔިތުން ބިކަކޮށްލީމަ ދެން އޮތީ މަގުމައްޗަށް ނުކުތުންކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 18:05
އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން

އެމްޑީޕީގެ "ފުދިއްޖެ. ފުނޑިއްޖެ" ރެލީގެ ތެރެއިން

މި ސަރުކާރުން ފެހި ޤާނޫނު އަސާސީ ފުނޑާލައި، ރައްޔިތުންގެ މަޖިލިސް ވާކޮށްލައި ރައްޔިތުން ބިކަކޮށްލާފައިވާ ކަމަށާއި އެހެންކަމުން ދެން ޖެހޭނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަގުމަތިން އަޑުއިއްވަން ކަމަށް އެންޑީޕީގެ ކުރީގެ ޗެއާރޕާސަން، އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ދިއިކޮޅު އެމްޑީޕީން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" މުޒާހަރާގައި ބައިވެރިންނާއި މުޙާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީގެ މުޒާހަރާގައި ތިބީ އެންމެ ތިން މީހުންކަމަށް ބަޔަކު ރައީސް މުއިއްޒު ގާތު ވިދާޅުވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މުޒާހަރާގައި ތިބީ އެންމެ ތިން މީހުންތޯ ބައްލަވާލެއްވުމަށް ރައީސް މުއިއްޒު މަގުމައްޗަށް ނުކުމެ ވަޑައިގަތުމަށް މާރިޔާ ވަނީ ގޮވައިލައްވާފައެވެ. އަދި ގާތުން މަންޒަރު ބަލާލެއްވުމަށް ވަޑައިގެން ދެއްވުމަށް ރައީސް މުއިއްޒުގެ ކިބައިން މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ބަޔަކު ބުރަމަސައްކަތުން، ވުޖޫދުކުރި، ފެހި ޤާނޫނު އަސާސީ ފުނޑާލައި، ރައްޔިތުންގެ މަޖިލިސް ވައު ކޮށްލައި ރައްޔިތުން ބިކަކޮށްލީމަ ދެން އޮތީ މަގުމައްޗަށް ނުކުތުންކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެން ރައީސް މުއިއްޒަސް އަޑު އިއްވާނީ މަގުމަތިން ކަމަށެވެ. އަދި މިހާރު މިތިބީ މަގުމައްޗަށް ނުކުމެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި ދެން ކުރިއަށް އޮތްތަނުގައި ވެސް މި ސަރުކާރަށް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއިއްވާނީ މަގުމަތިން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި ހޯމް ނިމިސްޓަރ އަލީ އިހުސާންގެ އިސްތިއުފާއަށް ގޮވާލައްވައި މާރިޔާ ވިދާޅުވީ ދެން ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް އެމްޑީޕީގެ މުޒާހަރާތައް ކުރިއަށް ދާނެ ކަމަށާއި މި ސަރުކާރަށް ޖެހޭނީ ރައްޔިތުންގެ ކަންބޮޑުވުމްތަކުގެ އަޑުއަހަން ކަމަށެވެ.

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، އެމްޑީޕީގެ އިސް ފަރާތްތަކުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. މުޒާހަރާގެ ހުރިހާ ބައިވެރިންވެސް އެއް އަޑަކުން ގޮވާލަމުން ދަނީ ހޯމް މިނިސްޓަރު އަލީ އިހުސާން މަޤާމުން ވަކި ކުރުމަށާއި ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާފުދިއްޖެ ފުނޑިއްޖެ އެއްވުންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ޕީޕީއެމް-ޕީއެންސީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު