Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ ފުނޑިއްޖެ

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މަގުމަތީ މުޒާހަރާ ލީޑް ކުރީ މުއިއްޒު: ޝިފާޒް

ޕީޕީއެމް/ޕީއެންސީ އިން މަގުތަކުގައި މުޒާހަރާ ކުރީ ކޮވިޑްގެ ހާލަތު ނުރައްކާ ދަރަޖެއްގައި އޮއްވާ އާންމު ސިއްހަތުގެ މިންގަނޑުތަކާ ވެސް މުޅިން ޚިލާފަށް

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 12:39
ކޮވިޑްގެ ތެރޭގައި މާލޭގައި ޕީޕީއެމް/ޕީއެންސީ އިން ބޭއްވި މުޒާހަރާ އެއްގެ ތެރެއިން

ކޮވިޑްގެ ތެރޭގައި މާލޭގައި ޕީޕީއެމް/ޕީއެންސީ އިން ބޭއްވި މުޒާހަރާ އެއްގެ ތެރެއިން

ދުނިޔެއަށް މި ފަހުގެ ތާރީޚެއްގައި ކުރިމަތިވި ސިއްހީ އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ އާލަމީ ވަބާގެ ދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައި އޮއްވާ އެއާ ޚިލާފަށް މަގުމަތީގައި ޕީޕީއެމް/ޕީއެންސީ އިން މުޒާހަރާތައް ބޭއްވި އިރު އެ މުޒާހަރާތައް ލީޑު ކުރެއްވުމުގައި ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ކަން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހަނދާން ކޮށްދެއްވައިފިއެވެ.

'ފުދިއްޖެ ފުނޑިއްޖެ' ނަމުގައި ބޮޑު ހިނގާލުމަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ތައްޔާރުވަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން އެކި ގޮތްގޮތުން އެ އެއްވުމަށް ހުރަސް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އެއްވުމަށް ނުދާން ވަނީ އަންގާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ 8:00 ގައި މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުން ފެށުމަށް ހަމަ ޖެހިފައިވާ އެއްވުމަށް ތައްޔާރު ވަމުން ދަނިކޮށް ހުކުރުވިލޭރޭ ކުއްލިއަކަށް ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާއެކު މާލޭގެ މަގުމައްޗަށް ސިފައިން ނެރެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

ހުކުރު ދުވަހުގެ ހަވީރަށް ވީ އިރު މާލޭގެ އެތައް ސަރަހައްދެއްގައި ފުލުހުން ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ.

ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ޝިފާޒް ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ: "ކޮވިޑް ލޮކްޑައުން ތެރޭ އެޗްޕީއޭ މިންގަނޑުތަކާ ޚިލާފަށް މުޒާހަރާ ލީޑުކުރީ މުއިއްޒު ކަން ސަލާމަތީ ޚިދުމަތްތަކުން މިރޭ ދަންނަންވާނެ. މިހާރު އެފަދަ އެއްނުވެވޭނެ ހާލަތެއް އަމުދުން ނެތްއިރު މުޒާހަރާ ކުރުމުގެ ހައްގަށް ތިބޭފުޅުން އިހުތިރާމް ކުރައްވަންވާނެ،" ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ އިން މާލޭގެ މަގުތަކަށް ގިނަ ބަޔަކު ނެރެ 2020 ވަނަ އަހަރު މުޒާހަރާތައް ކުރި އިރު، ކޮވިޑް-19 ގެ ނުރައްކަލުގެ މިންވަރު އޮތީ ވަރަށް ބިރުވެރި ދަރަޖައެއްގައި ކަމަށާއި އަދި އިންޒާރުގެ ލެވެލް 9 ގައި އޮތް ކަމަށް ބުނެ، ކަމާބެހޭ އިދާރާތަކުން ދިޔައީ އާންމު ރައްޔިތުންނަށް ރައްކާތެރިކަމުގެ އިރުޝާދުތަކަށް ތަބާވުމަށާއި އަދި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.

ކޮވިޑްގެ ދުވަސްވަރު މުޒާހަރާތައް ކުރަމުން ދިއުމާއެކު ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އޭރު ވިދާޅުވީ އެ ޙާލަތުގައި އިހުތިޖާޖުތަކާއި މުޒާހަރާތައް ބޭއްވުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަށް ޙާޟިރުވުމުގެ ސަބަބުން ފުލުހުން ކަރަންޓީނު ކުރަންޖެހި އަދި އެކަހެރި ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާފުދިއްޖެ ފުނޑިއްޖެ އެއްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު