Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަހުލޫލު ބަޖެޓް

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް: މެންބަރު ޒިޔާދު

ތަފްސީލެއް ނެތި ބަޖެޓް ފާސްކޮށްފައިވަނީ އޮޅުވާލައިގެން ސިއްރުން އަމިއްލައަށް ފައިދާވާ ގޮތަކަށް ކަންތައްތަކެއް ކުރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2025 | ބުދަ 13:44
ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި މެންބަރު ޒިޔާދު ވިދާޅުވީ ތަފްސީލު ނޭނގޭ ގޮތަށް މިފަދަ ބަޖެޓެއް ފާސްކޮށްފައި ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި ގޮތަށް ބަޖެޓް ފާސްކޮށްފައިވަނީ އޮޅުވާލައިގެން ސިއްރުން އަމިއްލައަށް ފައިދާވާ ގޮތަކަށް ކަންތައްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން ފުށިދިއްގަރުފަޅަށް މި ބަޖެޓުން ފައިސާ ހޭދަކުރުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެއާޕޯޓުތައް އެޅުމަށް، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އަދިވެސް ތަރައްގީގެ އެކިކަންކަމަށް އެކި އަދަދުތައް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެމަޝްރޫއެއް ކުރިއަށް ގެންދާނެ ރަށެއް ހަރަދު ކުރާނެ ވަރު ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ޒިޔާދު ވިދާޅުވީ މިގޮތަށް ބަޖެޓް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކުޑަކުދިންގެ އަތުން ދިއްކޮށްލާ ނޯޓާއެކު އެރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއު ގެނޭވޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ކަންކަން ކުރުމަށް، ނުވަތަ ބޭނުންވާ ތަރައްގީ ގެނައުމަށް ނޯޓު ލިޔެގެން ރައީސް މުއިއްޒަށް އަރުވަންޖެހޭ ކަމަށާއި، އެނޫން ގޮތަކަށް މިގައުމުގައި އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތައް ތިންފަށްވެފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ދަނީ އިތުރުވައުދުފުޅުތައް ވަމުން ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ބަޖެޓު ފާސްކޮށްފައިވާ ގޮތުން މިސަރުކާރުގެ މިނިސްޓަރުން ޖަވާބުދާރީ ކުރެވެން ނެތް ކަމަށެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ބާރުކަނޑުވާލައި، މެންބަރުންގެ ބޭނުން ނެތް ގޮތަށް ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ކަންކަން ރަނގަޅުކޮށް، ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަގުމައްޗަށް ނުކުތުން ނޫން ގޮތެއް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ފުދިއްޖެ ފުނޑިއްޖެ އެއްވުންމެންބަރު ހުސެއިން ޒިޔާދު

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު
16 އެޕްރީލު 2025

ހީނާގެ ކެޕޭސިޓީ ހުރި ނަމަވެސް އެންސްޕާ ހިންގުމުގައި ވަރަށް ބޮޑަށް ވަނީ އިހުމާލުވެފައި: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ހީނާގެ ކެޕޭސިޓީ ހުރި ނަމަވެސް އެންސްޕާ ހިންގުމުގައި ވަރަށް ބޮޑަށް ވަނީ އިހުމާލުވެފައި: މެންބަރު ޒިޔާދު
18 މާރިޗު 2025

ޤާނޫނު އަސާސީން މިބޭނުންވާ ހައްގު ހޯދަން ނިކުންނަ އެންމެން ހައްޔަރުކުރާ ނަމަ ފުލުހުންވެސް ދާނީ އެކުގައި: ފިއްޓެ

18 މާރިޗު 2025
ޤާނޫނު އަސާސީން މިބޭނުންވާ ހައްގު ހޯދަން ނިކުންނަ އެންމެން ހައްޔަރުކުރާ ނަމަ ފުލުހުންވެސް ދާނީ އެކުގައި: ފިއްޓެ
17 ފެބުރުއަރީ 2025

މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް

17 ފެބުރުއަރީ 2025
މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް
05 ފެބުރުއަރީ 2025

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު