Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުދިއްޖެ ފުނޑިއްޖެ

އެމްޑީޕީގެ 'ފުދިއްޖެ ފުނޑިއްޖެ' ބޮޑު ހިނގާލުމަށް ރަށްރަށުންވެސް މީހުން އަންނަނީ

މާލޭގެ މަގުތަކުގައި އޮންނަ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ގައި

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 11:44
ފުދިއްޖެ ފުނޑިއްޖެ ހިނގާލުމަށް މާލެ އަންނަ ޓީމެއް ފުރަން ބަނދަރުގައި

ފުދިއްޖެ ފުނޑިއްޖެ ހިނގާލުމަށް މާލެ އަންނަ ޓީމެއް ފުރަން ބަނދަރުގައި

ޖެނުއަރީ 31 ވާ ހުކުރު ދުވަހުގެ ރޭ 8:00 ގައި މާލޭގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ބޮޑު ހިނގާލުމަށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށުންވެސް މާލެ އަންނަމުން އެބަދެއެވެ.

ޕާޓީ ދިދަ ހިފައިގެން ލޯންޗު ފަހަރުގައި ފޯރީގައި މާލެ އަށް އަންނަމުންދާ ޓީމުތަކުގެ ވީޑިއޯ ތަކާއި ފޮޓޯ ތައް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމު ވެފައެވެ.

'ފުދިއްޖެ ފުނޑިއްޖެ' ނަމުގައި އިންތިޒާމު ކުރާ މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ބާރުން ގާނޫނު އަސާސީ އަށް ކުއްލި ބަދަލެއް ގެނެސް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާ، ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުވަމުން ގޮސް ޑިމޮކްރަސީގެ ސިފަތައް ގެއްލި ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖޭގެ ވެރިކަން ދާތީ އެކަމާ ނުރުހުން ފާޅު ކުރުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ސަރުކާރުގެ ތެރޭގައި ވައްކަމާއި ކަރަޕްޝަން އިތުރުވެފައި ވުމާއި، ބޭސްފަރުވާ އަށް ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ނުލިބުމާއި ރަށްރަށުގެ ތަރައްގީ އަށް ކުރަން ފަށާފައި ހުރި މަސައްކަތްތައް ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވުން ފަދަ އެތައް ކަންތައްތަކާ މެދު ނުރުހުން ފާޅު ކޮށް، ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފައިގެން ބާއްވާ ހިނގާލުމެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ސުލްހަވެރި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވިފައިވާއިރު، ހިނގާލުމުގެ އިންތިޒާމުތައް ފޯރީގައި އެމްޑީޕީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

މާލޭގެ މަގުތަކުގައި އޮންނަ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާފުދިއްޖެ ފުނޑިއްޖެ އެއްވުން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
05 ފެބުރުއަރީ 2025

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
03 ފެބުރުއަރީ 2025

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު