Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެސީ އަށް ވުރެ ބޮޑަށް ބާސެލޯނާ ދެކެ ލޯބިވާ ކުޅުންތެރިޔަކު ނެތް: ބެކަމް

އެކަން ފާހަގަ ކުރަމުން ބެކަމް ބުނީ، މިހާރު ވެސް މެސީގެ ފައިން ބާސެލޯނާގެ ލޯގޯ ފެންނާނެ ކަމަށެވެ. އަދި ހަމައެހެންމެ، މިހާރު ވެސް މެސީ ފެން ބުއިމަށް ބޭނުން ކުރާ ފެން ފުޅީގައި ވެސް ބާސެލޯނާގެ ލޯގޯ ހުންނާނެ ކަމުގައި ބެކަމް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2025 | ބުދަ 04:31
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވުރެ ބޮޑަށް، ސްޕެއިންގެ ބާސެލޯނާ ދެކެ ލޯބިވާ އެހެން ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް، މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަރ މިއާމީގެ ވެރިޔާ ޑޭވިޑް ބެކަމް ބުނެފި އެވެ.

މެސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބެކަމް ބުނެފައި ވަނީ، މެސީ ފުޓުބޯޅަ އިން ރިޓަޔާ ކުރުމަށްފަހު ވެސް، މިއާމީގައި ދިރިއުޅުމަކީ ބެކަމް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާވުމަށް ފަހު ބާސެލޯނާގެ ރަސްމީ ދަނޑު ކޭމްޕް ނައު ކައިރީގައި ދިރިއުޅެން ކަމަށް މެސީ ބުނެފައިވާ ކަމުގައި ބެކަމް ބުންޏެވެ.

މީގެ އިތުރުން ބެކަމް ބުނީ މެސީ އަށް ވުރެ ބޮޑަށް ބާސެލޯނާ ދެކެ ލޯބިވާނެ އެހެން އެއްވެސް ކުޅުންތެރިޔަކު ނުހުންނާނެ ކަމަށެވެ. އެކަން ފާހަގަ ކުރަމުން ބެކަމް ބުނީ، މިހާރު ވެސް މެސީގެ ފައިން ބާސެލޯނާގެ ލޯގޯ ފެންނާނެ ކަމަށެވެ. އަދި ހަމައެހެންމެ، މިހާރު ވެސް މެސީ ފެން ބުއިމަށް ބޭނުން ކުރާ ފެން ފުޅީގައި ވެސް ބާސެލޯނާގެ ލޯގޯ ހުންނާނެ ކަމުގައި ބެކަމް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި މެސީ އެ ކުލަބު ދޫކޮށްލަން ޖެހުނީ 2021 ވަނަ އަހަރު އެވެ. އެއީ ބާސެލޯނާގެ މާލީ ޙާލަތު ދަށްވެ، މެސީގެ އެއްބަސްވުން އައު ކުރުމުގައި އެ ކުލަބަށް ކާމިޔާބު ނުހޯދިގެންނެވެ. ބާސެލޯނަ ދޫކޮށްލުމަށްފަހު އެ އަހަރު މެސީ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ޕީއެސްޖީ އާއެކު ސޮއި ކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން، 2023 ވަނަ އަހަރު ދެން މެސީ ބަދަލުވީ މިހާރުގެ ކުލަބު މިއާމީ އަށެވެ.

ޕީއެސްޖީ އާއެކު މެސީ ސޮއި ކޮށްފައި އޮތް އެއްބަސްވުން ހަމަވުމުން، އަލުން އޭނާ ގެނައުމަށް ބާސެލޯނާ އިން މަސައްކަތް ކުރި ކަމަށް މީޑިިއާ ތަކުގައި އޭރު ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފަހަރު ވެސް ބާސެލޯނާގެ މާލީ ޙާލަތު ގޯސްވެފައި އޮތުމުގެ ސަބަބުން އެ ކުލަބަށް މެސީ ގެނެވޭ ގޮތް ނުވީ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

މެސީ ވަނީ ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި އެ ކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާ އަށް ކުޅެދިން 778 މެޗުގައި މެސީ ވަނީ 672 ލަނޑު ޖަހައިފަ އެވެ. އަދި މެސީ ވަނީ ބާސެލޯނާ އާއެކު 35 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އަލުން މެސީ ބާސެލޯނާ އަށް އަންނަން އެ ކުލަބުގެ ގިނަ ސަޕޯޓަރުން މިހާރު ވެސް ބޭނުންވެ އެވެ. ނަމަވެސް މެސީ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލުން ގާތީ މިއާމީގައި ކަމަށް ދޭހަވާ ގޮތަަކަށް ވާހަކަ ދައްކައިފަ އެވެ.

ބާސެލޯނާލިއޮނެލް މެސީޑޭވިޑް ބޭކަމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު