Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޚަރަދާއި އާމްދަނީ

ސަރުކާރުގެ ޚަރަދުތައް 1.2 ބިލިއަން ރުފިޔާ މައްޗަށް ހިނގައްޖެ

28 ޖެނުއަރީ 2025 | އަންގާރަ 01:51

ކެޕިޓަލް ޚަރަދު 721.9 މިލިއަން ރުފިޔާ އަދި ރިކަރަންޓް ޚަރަދު 443 މިލިއަން ރުފިޔާ އިތުރުވެފައިވޭ.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 01:51
މޭޒެއްގެ މަތީގައި ހުރި ފައިސާގެ ރަސީދު ފުންޏެއް

މޭޒެއްގެ މަތީގައި ހުރި ފައިސާގެ ރަސީދު ފުންޏެއް

ދަރަނި އަނބުރާ ދެއްކުން ނުހިމަނައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ސަރުކާރުގެ ޖުމްލަ ޚަރަދު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 1.2 ބިލިއަން ރުފިޔާ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެއީ 32 އިންސައްތައިގެ މަތިވުމެކެވެ.

އެމްއެމްއޭ އިން އެންމެ ފަހުން ޝާއިއު ކުރި އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވަނީ ޚަރަދުތައް މައްޗަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ކެޕިޓަލް ޚަރަދު 721.9 މިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިކަރަންޓް ޚަރަދު 443 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.  

އެންމެ ފަހުން ލިބެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) 112.2 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު 1 އިން ސައްތަ އިތުރުވުމެކެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު ސަރުކާރުގެ ޖުމްލަ ދަރަނި 2023 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 103 އިންސައްތައިގައި ހުރި އިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް 98 އިންސައްތަ އަށް ދަށްވެފައިވެއެވެ. މި މުއްދަތުގައި ސަރުކާރުގެ ދަރަނި އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި އެތެރޭގެ ދަރަނީގެ ސަބަބުން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ޖުމްލަ އާމްދަނީ އަށް ބަލާއިރު ހިލޭ އެހީ ނުހިމަނައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 1.1 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އެއީ 62 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވެފައިވަނީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. މިގޮތުން، ޓެކްސް އާމްދަނީ 600.4 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ޓެކްސް ނޫން އާމްދަނީ 512.4 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

ފައިސާގެ ރަސީދުމާލީ ހާލަތުއިކޮނޮމިކް އަޕްޑޭޓް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

21 ނޮވެމްބަރު 2025
ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
20 ސެޕްޓެމްބަރު 2025

ޓީބިލު ވިއްކައިގެން ދަރަންޏަށް 2.26 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަނީ

20 ސެޕްޓެމްބަރު 2025
ޓީބިލު ވިއްކައިގެން ދަރަންޏަށް 2.26 ބިލިއަން ރުފިޔާ ސަރުކާރުން ހޯދަނީ
07 ސެޕްޓެމްބަރު 2025

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

07 ސެޕްޓެމްބަރު 2025
ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ
05 ސެޕްޓެމްބަރު 2025

ތަރައްގީގެ މަޝްރޫއުތަކަށް 3.9 ބިލިއަން ޚަރަދު ކުރި އިރު މުސާރަ އާއި އުޖޫރަ އަށް 9.4 ބިލިއަން ޚަރަދު ކޮށްފި

05 ސެޕްޓެމްބަރު 2025
ތަރައްގީގެ މަޝްރޫއުތަކަށް 3.9 ބިލިއަން ޚަރަދު ކުރި އިރު މުސާރަ އާއި އުޖޫރަ އަށް 9.4 ބިލިއަން ޚަރަދު ކޮށްފި
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
18 ފެބުރުއަރީ 2025

ދައުލަތުގެ އާމްދަނީ ދަށްވި ސަބަބު ދަންނަވަން ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ

18 ފެބުރުއަރީ 2025
ދައުލަތުގެ އާމްދަނީ ދަށްވި ސަބަބު ދަންނަވަން ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް