Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަންކަރިން

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025 | އަންގާރަ 14:02

ވަޒީރު އިގުތިސާދަށް ބަދަލު ގެނެސްދޭނެ ބުނި ބަންކަރިން ޚިދުމަތުން ފައިދާއެއް ނުލިބި ވާ އިރު ބަންކަރިން އާއި މެދު ވަޒީރުގެ ވާހަކައިގެ ރާގު ދަނީ މަޑުމަޑުން ބަަދަލުވަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ފެބުރުއަރީ 2025 | އަންގާރަ 14:02
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ސައީދު އާއި ކުރި ގިނަ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައެވެ. މާލީ ހާލަތު ދަށްވެެގެން ސުވާލުކުރުމުން ވިދާޅުވި އަދި ރަނގަޅުވާނެކަމުގެ ވާހަކައެވެ. މާލީ ހާލަތު ގޯސްވާ ސަބަބު ވިދާޅުވެ ނުދެއްވުނު ތަނުގައި އިމްޕޯޓް ޑިއުޓީ ދަށްވާ ސަބަބެއް ވެސް ވަޒީރަށް ވިދާޅުވެ އެއް ނުދެވުނެވެ.

އެހެންނަމަވެސް އެ ހުރިހާ ވާހަކައެއްގެ ތެރެއިންވެސް އެންމެ ބޮޑަށް އަޅައިގަތީ ބަންކަރިން އާއި މެދު މިނިސްޓަރ ދެއްކެވި ވާހަކައެވެ. ކޮންމެއަކަސް އަނެއްކާވެސް ބަންކަރިން އާއި މެދު އިކޮނޮމިކް މިނިސްޓަރ މުަހައްމަދު ސައީދު މީގެ ކުރިން ދެއްކެވި ވާހަކައިގެ ރާގު އެއްކޮށް ބަދަލުކޮށްލައްވައިފިއެވެ. މިފަހަރު އާ ލަވައެކެވެ.

ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވިއެވެ. 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފައިދާ އަހަރެއް ވާ އިރު ލިބޭނެ ކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހަނދުމަފުޅުނެތް ކަމަށް ވާނަމަ އެ ވާހަކަވެސް ހަނދާންކޮށްދޭނަމެވެ. އެއީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމުން މުޅި ރާއްޖޭގެ އިގްތިސާދު ބަދަލުވާނެ ކަމަށެވެ.

އަދި އެ މަޝްރޫޢުގެ ސަބަބުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ސާފު ދިވެހި ބަހުން ވިދާޅުވިއެވެ. އިގްތިސާދު ސިންދަފާތުކުރާ ގޮތަކީ އެއީ ކަމަށާއި 6 ބިލިއަން ރުފިޔާ މުޅިން އާ ސިނާއަތެއްގެ ގޮތުގައި ރާއްޖޭގެ ޑީޖީޕީގައި އެނބުރެން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި މެދު ސުވާލުކުރި ހިސާބުން ފެށިގެން ވަޒީރުގެ ރާގު މުޅިން މި މައްސަލައިގައި ބަދަލުވެއްޖެއެވެ. ބަންކަރިން ފެށިގެން މިހާތަނަށް އައި އިރު އެ މަސައްކަތް ރަނގަޅަށް ނުދާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު އެކަމާއި މެދު ނޫސްވެރިން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ވަޒީރަށް ދެވޭ ގޮތެއް ނުވިއެވެ. ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް އެކަމުން ރާއްޖެއަށް ފައިދާ ވާ ގޮތެއް ވަޒީރަށް ފާހަގަކޮށްދެއްވޭ ވަރެއް ނުވިއެވެ.

ނުވިތާކަށް ވަޒީރު ވިދާޅުވަނީ މިއީ ކޮމްޕެޓެޓިވް އިންޑަސްޓްރީއަކަށް ވުމުން އެ ޚިދުމަތުގެ ފައިދާ ވާން ދުވަސް ނަގަނީ ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކުގައި ހުރި ވަސީލަތްތަކާއި ރާއްޖޭގެ ވަސީލަތްތަކާއި އަޅާ ކިޔާ އިރު އަދި ކުރަން ޖެހޭ މަސައްކަތްތައް ހުރިކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ވާހަކައިން ރެކިވަޑައިގަންނަވަން ދެއްކެވި ވާހަކައަކީ އަލަށް ފަށާ މަސައްކަތަކަށް ވީމަ އުނދަނގޫވާ ވާހަކައެވެ. ނުވިތާކަށް ކުރީ ސަރުކާރުތަކުން އެކަން ނުފެށުމުން ވީ ދަތިތަކުގެ އުދާސްތަކުގެ ވާހަކަވެސް ދެއްކެވިއެވެ. އަދި އެހިސާބުން ނިންމާލީކީ ނޫނެވެ. މީޑިއާ އިން އެ މަނިކުފާނު ދެއްކެވި ވާހަކަ ޓްވިސްޓް ކުރާކަމަށް ވެސް ވިދާޅުވިއެވެ. "އެވާހަކަ ވަރަށް ޓްވިސްޓް ކުރައްވާ" ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެވި ވާހަކައިން ގޯސްވެގެން އުޅެނީ ނޫސްވެރިންކަމަށް ދޭހަވެއެވެ.

މިއަދު އެއްކަލަ 400 މިލިއަން ޑޮލަރުގެ ފައިދާގެ ވާހަކަ އެއް ނުދައްކަވައެވެ. ދެން ވާނީ ވެސް އެހެންނެވެ. މި އަހަރުގެ ޖުލައި ހަމަވެ އޭރު ބުނި ފައިދާ ލިބިގަންނަން ތައްޔާރުވާ އިރު ސަރުކާރުގެ ބަސް ވެސް މިކަމުގަ ދިމާނުވެއެވެ. ބޮޑު ރަސްމިއްޔާތަކާއި އެކު ފެށި ބަންކަރިން ޚިދުމަތް ރަސްމީކޮށް އަދި ނުފެށޭ ކަމަށް ވެސް ދާދި މި ފަހަކުން ރައީސް ވެސް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުތަކުން އެކަން ނުފަށާ އޮވެގެން މަސައްކަތްތަކަށް ލަސްވާ ކަމަށް ބުނާ އިރު އެ މަސައްކަތް ސަރުކާރުން ފެށީ މި ސަރުކާރުގެ މައި އެއް މަޝްރޫޢު އަށް އެ މަޝްރޫޢު ވާނެކަމުގެ ވައުދާއި އެކުގައެވެ. އިގްތިސާދުގެ އާ ތަސައްވުރަކަށް އެ މަޝްރޫޢު ވާނެކަމުގެ ހުވަފެން ދެއްކެވިއެވެ. އޭރުވެސް މިނިސްޓަރ އެ ވިދާޅުވާ ފަދައިން އަޅުގަނޑުމެންގެ އަވަށްޓެރިން އައީ މި ސިނާއަތުގައި ހަރަކާތްތެރިވަމުންނެވެ.

އެހެންވީމަ އޭރު ވަސީލަތް ފުރިހަމަ ނުކޮށް، ތެޅިގަނެގެން ބަންކަރިން ވަރުގެ މޮޅު މަޝްރޫޢު އެއް ނެތްކަމަށް ދައްކާ، މި މަޝްރޫޢު ފެށީ ރައްޔިތުންގެ ލޮލުގަ ކޮން އަނދުނެއް އަޅުވަންތޯ މިއަދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަހުމަދު ސައީދު މުހައްމަދުއިކޮނޮމިކް މިނިސްޓްރީއިކޮނޮމިކް މިނިސްޓަރއިކޮނޮމިކް އަޕްޑޭޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
29 ސެޕްޓެމްބަރު 2025

ސައީދުގެ ހުކުމާއެކު އެނގިގެންދިޔައީ ވަކި ފަރާތަކުން އަންގާ ގޮތަށް ހުކުމް ކުރާކަން - މައުރޫފް

29 ސެޕްޓެމްބަރު 2025
ސައީދުގެ ހުކުމާއެކު އެނގިގެންދިޔައީ ވަކި ފަރާތަކުން އަންގާ ގޮތަށް ހުކުމް ކުރާކަން - މައުރޫފް
28 ސެޕްޓެމްބަރު 2025

ސައީދު އަށް ހުކުމް އިއްވުމަށްފަހު ގެންދިޔައީ ހުޅުމާލެ ޖަލަށް

28 ސެޕްޓެމްބަރު 2025
ސައީދު އަށް ހުކުމް އިއްވުމަށްފަހު ގެންދިޔައީ ހުޅުމާލެ ޖަލަށް
07 ސެޕްޓެމްބަރު 2025

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

07 ސެޕްޓެމްބަރު 2025
ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ
05 ސެޕްޓެމްބަރު 2025

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން

05 ސެޕްޓެމްބަރު 2025
ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
17 އެޕްރީލު 2025

ރާއްޖެ އައި ޓިކްޓޮކް ވަފުދާއި ރައީސް ބައްދަލުކުރައްވާ އެކުގައި މަސައްކަތް ކުރުމާއި މެދު މަޝްވަރާކުރައްވައިފި

17 އެޕްރީލު 2025
ރާއްޖެ އައި ޓިކްޓޮކް ވަފުދާއި ރައީސް ބައްދަލުކުރައްވާ އެކުގައި މަސައްކަތް ކުރުމާއި މެދު މަޝްވަރާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް