Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ބަދަލުކުރުމަށް މަޖުބޫރުވުން

ރައީސް މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު ވަނީ މަޖުބޫރުވެފައި: އަހުމަދު އީސަ

27 ޖެނުއަރީ 2025 | ހޯމަ 06:48

މިސަރުކާރުގައި ބްލެކް މާކެޓު ބޮޑުކޮށް، ޑޮލަރުގެ ރޭޓް ދުވަހަކު ވެސް ބޮޑުނުވާ މިންވަރަށް ވަނީ ބޮޑުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2025 | ހޯމަ 06:48
ރާއްޖެޓީވީން ގެނެސްދޭ ފުދިއްޖެ ފުނޑިއްޖެ ޚާއްސަ ކަވަރޭޖްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަދައްކަވަނީ

ރާއްޖެޓީވީން ގެނެސްދޭ ފުދިއްޖެ ފުނޑިއްޖެ ޚާއްސަ ކަވަރޭޖްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ފުދިއްޖެ ފުނޑިއްޖެ ޚާއްސަ ކަވަރޭޖްގައި އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގައި ހިންގާ ވައްކަންތަކާއި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި އަދިވެސް އެހެނިހެން ހުރިހާ ކަމެއް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

Advertisement - newsAdvertisement

އާސަންދައަށް ރައްޔިތުން ސަލާންޖަހަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އާސަންދަ ޚިދުމަތްފުޅާކޮށް، ދުބާއީ، ތައިލެންޑުން އާސަންދަ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. އަދި ޑޮލަރު ރޭޓް ދަށްކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރުގައި ބްލެކް މާކެޓު ބޮޑުކޮށް، ޑޮލަރުގެ ރޭޓް ދުވަހަކު ވެސް ބޮޑުނުވާ މިންވަރަށް ބޮޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މިއަދު ރައްޔިތުންނަށް ގާނޫނު އަސާސީން ދީފައިހުރި ބާރުގެ ތެރެއިން މަގުމަތިން މިވެރިމީހާ އަޒުލުކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

މިސަރުކާރަށް ރައްޔިތުންގެ އަޑު ނީވޭކަން ފާހަގަކުރައްވައި އަހުމަދު އީސަ ވިދާޅުވީ ރައްޔިތުމީހާ ބާރަށް ހަޅޭލެވި ނަމަވެސް އަޑުނީވޭނެ ކަމަށާއި، މިސަރުކާރުގެ ސިޔާސީ ބޭފުޅުން ވެސް ތިއްބެވީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ނޫން ކަމަށެވެ.

އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމަށް އިންތިޚާބުކުރި ބޭފުޅާ ކުންފުނިތަކުން ވަގަށް ނަގާ އަދަދު ކަނޑައަޅާ ބޭފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ވެރިކަމެއް ދެމެހެއްޓުމަށް ހެޔޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އީސަފުދިއްޖެ ފުނޑިއްޖެ އެއްވުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
01 ފެބުރުއަރީ 2025

ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު

01 ފެބުރުއަރީ 2025
ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު
01 ފެބުރުއަރީ 2025

އެބުނާ އަސްލު އެމްޑީީޕީ ނިކުމެއްޖެ!

01 ފެބުރުއަރީ 2025
އެބުނާ އަސްލު އެމްޑީީޕީ ނިކުމެއްޖެ!
31 ޖެނުއަރީ 2025

މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން: ފިއްޓޭ

31 ޖެނުއަރީ 2025
މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން:  ފިއްޓޭ
31 ޖެނުއަރީ 2025

ދެނެއް ނުހުއްޓުވޭނެ، ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދޭނަން: ސައްލެ

31 ޖެނުއަރީ 2025
ދެނެއް ނުހުއްޓުވޭނެ، ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދޭނަން: ސައްލެ
31 ޖެނުއަރީ 2025

ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެގެން: މެމްބަރު މަޢުރޫފް

31 ޖެނުއަރީ 2025
ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެގެން: މެމްބަރު މަޢުރޫފް
31 ޖެނުއަރީ 2025

ޤާނޫނު އަސާސީ ފުނޑާލާ، ރައްޔިތުންގެ މަޖިލިސް ވައުކޮށްލީމަ ދެން ޖެހޭނީ މަގުމަތިން ރައީސް މުއިއްޒަށް އަޑު އިއްވަން: މާރިޔާ

31 ޖެނުއަރީ 2025
ޤާނޫނު އަސާސީ ފުނޑާލާ، ރައްޔިތުންގެ މަޖިލިސް ވައުކޮށްލީމަ ދެން ޖެހޭނީ މަގުމަތިން ރައީސް މުއިއްޒަށް އަޑު އިއްވަން: މާރިޔާ
31 ޖެނުއަރީ 2025

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މަގުމަތީ މުޒާހަރާ ލީޑް ކުރީ މުއިއްޒު: ޝިފާޒް

31 ޖެނުއަރީ 2025
ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މަގުމަތީ މުޒާހަރާ ލީޑް ކުރީ މުއިއްޒު: ޝިފާޒް
31 ޖެނުއަރީ 2025

އެމްޑީޕީގެ 'ފުދިއްޖެ ފުނޑިއްޖެ' ބޮޑު ހިނގާލުމަށް ރަށްރަށުންވެސް މީހުން އަންނަނީ

31 ޖެނުއަރީ 2025
އެމްޑީޕީގެ 'ފުދިއްޖެ ފުނޑިއްޖެ' ބޮޑު ހިނގާލުމަށް ރަށްރަށުންވެސް މީހުން އަންނަނީ
29 ޖެނުއަރީ 2025

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް: މެންބަރު ޒިޔާދު

29 ޖެނުއަރީ 2025
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް