Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!

ގެދޮރުވެރިޔާ ސްކީމުގެ 4000 ފުލެޓުގެ ތެރެއިން 350 ފުލެޓް ވިއްކަން އުޅޭ ކަމަށް އަޑުފެތުރިފައިވޭ

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 16:02
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރެއް

ގެދޮރުވެރިޔާ ސްކީމު ގެ ނަމުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ދޫކޮށްފައިވާ 4000 ފުލެޓްގެ ތެރެއިން 350 ފުލެޓް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ ކަމަށް ފަހި ޔޫނިއަން އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެ ޖަމްއިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަ ކުރި ގޮތުގައި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ އެކިއެކި ފަރާތްތަކުން ފުލެޓް ގަންނާނެ ފަރާތްތައް ހޯދުމަށް އާންމު ރައްޔިތުން ކާރިއަށް އަންނަ ވާހަކަ އެ ފަރާތްތަކުން އެ ޖަމްއިއްޔާގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމުގައެވެ.

Advertisement - newsAdvertisement

ފަހި ޔޫނިއަން އިން ބުނީ ނޫސް ކޮންފަރެންސް އެއް ބާއްވަން ޖެހުނު އެންމެ މުހިންމު އެއް ސަބަބަކީ އެކަމުގައި އެއްވެސް ހަޤީގަތެއް އޮތްތޯ ބައްލަވައި ދެއްވުން އެދި މިކަން ރައީސް މުއިއްޒުގެ ސަމާލު ކަމަށް ގެނައުން ކަމުގައެވެ.

އެ ޖަމްއިއްޔާ އިން ހާމަ ކުރި ގޮތުގައި، ފުލެޓް ވިއްކަން އުޅޭ ފަރާތްތަކުން ބުނާކަމަށް ވަނީ ފުލެޓެއް ވިއްކާ އަގަކީ 250،000ރ ކަމަށާއި، ފުރަތަމަ 100،000ރ ދިނުމުން ލިސްޓުގައި ނަން ހިމަނައިދޭނެ ކަމަށާއި، ފުލެޓް އެއްބަސްވުމުގައި ސޮއިކުރުމުން ބާކީ 150،000ރ ދައްކަންޖެހޭނެ ކަމަށެވެ.

މިޕްރޮސެސް ހިންގުމަށް ހައުސިންގ މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް މިހާރު ދީފައި ވަނީ ރައީސް އޮފީހުގެ 02 މުވައްޒަފަކަށް ކަމަށް ވެސް ފަހި ޔޫނިއަން އަށް މިކަން ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން މަޢުލޫމާތުދޭ ކަމަށް ހާމަ ކޮށްފައިވެއެވެ.

ފުލެޓް ހައްގުވާ 4000 މީހުންގެ ތެރެއިން 3000 މީހުނާއި އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ސޮއިކުރި ދުވަހުން ފެށިގެން ބާކީ ހުރި 1000 ފުލެޓްގެ ހުރިހާ ކޮންޓްރޯލެއް ރައީސް އޮފީހަށް ނަގަފިކަމަށާއި މިހާރު ފުލެޓް އެއްބަސްމުގައި ސޮއިކުރަން އަންގަމުންދަނީ ރައީސް އޮފީހުން ކަނޑައަޅާފައި 2 މުއައްޒަފުން ކަމަށާއި އަދި މި 1000 ފުލެޓްގެ ހައްޤުވެރިން ކަނޑައަޅާނީ ރައީސް އޮފީހުން ކަމަށް އެކި ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެފައިވެއެވެ.

މަސްދަރު: ފަހި ޔޫނިއަން

ފަހި ޔޫނިއަންހައުސިންގް މިނިސްޓްރީގެދޮރުވެރިއްޔާ ސްކީމުފަހި ދިރިއުޅުން ކޯޕަރޭޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު