Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ޔޫނިއަން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

އަލަށް ހަދާފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 14:50
ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އިބްރާޙިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ އެގްރީމެންޓް މިސަރުކާރުން ބަދަލުކޮށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގަވާއިދާ ޚިލާފަށްކަމަށް ފަހިޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާ ތަމްސީލު ކުރައްވާ ވަކީލު އަލްއުސްތާޛް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަރާތުން ވަނީ ނިމިދިޔަ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކާމެދު މިސަރުކާރުން އަމަލު ކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފުލެޓްތައް އޭގެ ޙައްޤުވެރިންނާއި ޙަވާލުނުކޮށް، ޙަޤީޤަތާއި ޚިލާފް ބަހަނާތައް ދެއްކުމަށްފަހު އެފަރާތްތައް ފްލެޓުން މަޙުރޫމްކޮށްލުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެކި ފަރާތްތަކަށް ފްލެޓް ނުލިބޭނެކަމަށްބުނެ ސިޓީ ފޮނުވަމުންދާތީ އާއި އަދި 800 އަށްވުރެންގިނަ ފްލެޓް ހަވާލުނުކޮއް ދިގުލައިގެންދާތީވެ އެކަމުގައި ހުރިކަންބޮޑުވުންތައް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހި ޔޫނިއަން ތަމްސީލު ކުރައްވާ ވަކީލު އަލީ ހުސެއިން ވަނީ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓްގެ ޙައްޤުވެރިންނާއިއެކު ނިމިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި ޚިލާފަށް މިސަރުކާރުން ހަދަމުންގެންދަނީ ކުލީގެ އެއްބަސްވުމެއް ކަމަށް އަލީ ހުސެއިން ފާހަގަކުރައްވަފއިވެއެވެ.ނަމަވެސް މީގެކުރިން މިހާތަނަށް ހުރިހާ ސަރުކާރުތަކުންވެސް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ތަކަށް ހެދިފައިވާ އެއްބަސްވުން ތަކަކީ ގަނެވިއްކުމުގެ އެއްބަސްވުމެއް ކަމަށާއި އަދި މިކުލީގެ އެއްބަސްވުމުގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭނެ ކަމަށް މާލޭ ސިޓީކައުންސިލުން އިޢުލާން ކޮށްފައިވާކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން މި 4000 ފުލެޓަކީ ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށް، އެޑްވާންސް ޕޭމަންޓް ނުނެގުމަށް ފަހި ޔޫނިއަންގެ ފަރާތުން ސަރުކާރަށްވަނީ ގޮވާލައްވާފައެވެ. އަދި ފަހި ޔޫނިއަންގެ ފަރާތުން ވަނީ މި 4000 ފްލެޓްގެ ކުއްޔަށް ކުރީސަރުކާރުން ކަނޑައެޅި ކުލި، 3 ކޮޓަރީގެ ޔުނިޓަކަށް މެއިންޓަނަންސް ފީއާއި އެކު މަހަކު 8000 ރުފިޔާ އަދި 2 ކޮޓަރީގެ ޔުނިޓަކަށް މަހަކު 6000 ރުފިޔާގެ ގޮތުގައި ކުރީގެ އެއްބަސްވުމުގައި އޮތް ގޮތަށް އިޚްތިރާމްކޮށް މިސަރުކާރުން ކަނޑައަޅާފައިވާ ބޮޑެތި ކުލިތައް ނުނެންގެވުމަށް ރައީސް މުއިއްޒުއަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވުމަށްފަހު މަޖިލިސް އިންތިޚާބުގެ ކެމްފޭން ޖަލްސާގައި ވިދާޅުވީ ޑޮލަރުގެ އަގުބޮޑުވެ މުދަލާއި ޚިދުމަތުގެ އަގުބޮޑުވުމުން ރައްޔަތުންނަށް ކުލިދެއްކުމަށްވެސް ވަނީ ދަތިވެފައި ކަމަށް. އެހެންވެ މުޅިރާއްޖޭގައި ސަރުކާރުން އަޅާފައިހުރި ހުރިހާ ސޯޝަލްހައުސިންގ ތަކުގެ ކުލި މިއަދުން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަމަށް. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތަކާއި، ހިޔާފުލެޓާއި، ވިނަރެސް ފުލެޓާއި، އަދި މުޅި ރާއްޖޭގައި ސަރުކާރުތަކުން އަޅާފައިވާ ސޯޝަލް ހައުސިންގ ތަކުގެ ކުލި ކުޑަކޮށްދެއްވި ފަދައިން މި 4000 ފުލެޓްގެ ކުލި ކުޑަކޮށްދެއްވައި އަދި ޑައުންޕޭމަންޓް ނުނެންގެވުމަށް ރައީސް މުޢިއްޒަށް ޢިލްތިމާސްކުރަން. މަނިކުފާން ވެރިކަމާ ހަވާލުވެ ސަރުކާރުގެ ހުރިހާ ސޯޝަލްހައުސިންގ ތަކުގެ ކުލި ކުޑަކޮށް ދެއްވިއިރު ޑޮލަރުގެ އަގުހުރީ 16.50ރ ލާރިއަށެވެ. ނަމަވެސް މި 4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 އަހަރުގައި ޑޮލަރުގެ އަގުހުރީ 20 ރުފިޔާ އާއި 21 ރުފިޔާއާ ދެމެދުގަ. ވިމާ މިކަންކަމަށް ރިޔާއަށްކޮށް މި 4000 ފުލެޓްގެ ކުލި ވާންއޮތް އެންމެ ކުޑަކުއްޔަކަށް ހަމަޖައްސަވައި ދެއްވުން އެދެން.
ފަހި ޔޫނިއަން ތަމްސީލުކުރައްވާ ވަކީލު އަލްއުސްތާޛް އަލީ ހުސެއިން

މީގެ އިތުރުން ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގައި ޝަރުތުހަމަވި 13000 މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓް ލިބުނު މީހުންގެ އިތުރުން ބާކީތިބި 9000 މީހުންންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން ފަންޑު ހަމަޖެހި ޢަމަލީ މަސައްކަތް ފަށަން ނިންމާފައިވާ 6000 ފުލެޓްގެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާކަމަށް ފަހި ޔޫނިއަންގެ ފަރަތުން ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް ރައީސް މުޢިއްޒާއި، ފިނޭންސް މިނިސްޓަރ ހިމެނޭ ގޮތަށް އެކި އެކި ޙަފްލާތަކުގައި މިފުލެޓްތަކުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެފައި ވާކަމަށާއި އެހެންކަމުން މިފުލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް އަންދާސާކުރާ ތާރީޚެއް ދެއްވުމަށް ފަހި ޔޫނިއަނުން ވަނީ ސަރުކާރަށް ދަންނާވާފައެވެ. އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފުލެޓަށް އެދި ހުށަހަޅާފައިވާ 8000 ފްލެޓަށް ފޯމްހުށަހަޅާފައިވާ 21247 މީހުންގެ އިވެލުއޭޝަން މަސައްކަތް ފައްޓަވައިދެއްވައި އަދި އެފޯމްތަކުން ޝާރުތުހަމަވާ ފަރާތްތަކުގެ ދާއިމީލިސްޓް އިއުލާންކުރެވޭނެކަމަށް ލަފާކުރާ ތާރީޚެއް ދެއްވުމަށްވެސް ފަހި ޔޫނިއަންގެ ފަރާތުން ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފަހި ޔޫނިއަންއަލީ ހުސެއިންގެދޮރުވެރިއްޔާ ސްކީމުމާލޭ ސިޓީ ކައުންސިލްރައީސް މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު