Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަހި ޔޫނިއަން

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025 | ހޮނިހިރު 13:38

އެފްޑީސީ 4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ވަނީ ގޮވާލާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 13:38
ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (25-9-2025): އެ ޔޫނިއަން އިން ވަނީ 4000. ފުލެޓްގެ ކުލި ކުޑަކޮށް، ޑައުންޕޭަންޓް ފައިސާ އުނިކޮށްދިނުމަށް ރައީސް މުއިއްޒަށް ގޮވާލަފަ

ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (25-9-2025): އެ ޔޫނިއަން އިން ވަނީ 4000. ފުލެޓްގެ ކުލި ކުޑަކޮށް، ޑައުންޕޭަންޓް ފައިސާ އުނިކޮށްދިނުމަށް ރައީސް މުއިއްޒަށް ގޮވާލަފަ

އެފްޑީސީ ގެ 4000. ފުލެޓް ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓް ތަކުގެ ކުލި ކުޑަކޮށްދެއްވައި ޑައުންޕޭަންޓް ފައިސާ އުނިކޮށްދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ފަހި ޔޫނިއަންގެ ފަރާތުން ގޮވާލައިފި އެވެ.

ފަހި ޔޫނިއަން އިން މިފަދައިން ގޮވާލާފައިވަނީ އެފްޑީސީގެ 4000 ފުލެޓްގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮސް ދިނުމަށް އެދެމުން ދަނިކޮށް އެކަމަށް އިޖާބަ ނުދީ އަދި ކުރުމުއްދަތަކަށް މާލެއިން ބޭރަށް ދިއުމަށް ފަހު އެނބުރި އައިސްފައިވާ ފަރާތްތަކަށް ވެސް ފުލެޓް ނުލިބޭކަމަށް ބުނެ ސިޓީ ފޮނުވަމުން ދާތީ އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެވެ.

Advertisement - newsAdvertisement

ފަހި ޔޫނިއަން އިން ނެރުނު ބަޔާނުގައި ބުނީ އެފްޑީސީގެ 4000 ފްލެޓް ލިބިފައިވާ "ފަރާތްތަކުން ފުލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެޑްވާންސް ފައިސާ އުނިކުރުމަށް، އެ ޔޫނިއަނުން އެދިފައިވަނިކޮށް، ނިމިދިޔަ ހަފްތާގައި ރައީސް މުޢިއްޒު .ތ އަޮޅަށް، ކުރެއްވި ދަތުރުފުޅުގެ، ތެރެއިން އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި، އެވްރެޖުކޮށް، 5000 ގައި ހުރި ނަމަވެސް، 3300 އަށް. ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެ ބަޔާނުގައި ވަނީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު، 2023 ޑިސެމްބަރުގައި ވަނީ އެދުވަހާއި ހަމައަށް ސަރުކާރުން އަޅާފައިވާ ހުރިހާ ސޯޝަލް ހައުސިންގ ޔުނިޓްތަކެއްގެ ކުލި 20 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކުލި ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަން ފާހަގަކޮށްފަ އެވެ.

އެ ފްލެޓްތަކަކީ ރައީސް މައުމޫނުގެ ވެރިކަމުގައި، ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތަކާއި ހިޔާފުލެޓާއި ވިނަރެސް ފުލެޓާއި، އަދި މިހާތަނަށް މުޅި ރާއްޖޭގައި ސަރުކާރުތަކުން އަޅާފައިވާ. ސޯޝަލް ހައުސިންގ. ޔުނިޓްތަކެވެ. މި ފުލެޓްތަކުގެ ކުލި ކުޑަކޮށްދެއްވި ސަބަބެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގުބޮޑުވުމުގެ ސަބަބުން މުދަލާއި، ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތުދަށްވެ ކުލިދެއްކުމަށް ދަތިވެފައިވާތީއެވެ.
ފަހި ޔޫނިއަން

އެހެން ނަމަވެސް އެއިރު، ޑޮލަރުގެ އަގުހުރީ 16.50 އަށް ކަން ފާހަގަކޮށް ފަހި ޔޫނިއަން އިން ބުނީ ނަމަވެސް، މި 4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 ވަނަ އަހަރުގައި ޑޮލަރުގެ އަގުހުރީ 20ރ އާއި 21ރ ދެމެދުގައި ކަމަށެވެ.

އެހެންކަމުން ޤައުމުގެ ޙާލަތަށާއި ރައްޔިތުންގެ މާލީ އަދި އިގްތިސޯދީ ޙާލަތަށް ރިޢާޔަތްކުރައްވައި މި ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވައި އަދި ޑައުންޕޭމަންޓް އުނިކޮށްދެއްވުމަށް ރައީސް މުޢިއްޒަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހަމަމިއާއިއެކު އެކިއެކި ސަބަބުތަކާއި ގުޅިގެން ކުރުމުއްދަތަކަށް މާލެއިންބޭރަށް، ގޮސްފައިވާ އަދި ދައުލަތުގެ، ފަރާތުން މަޖުބޫރުކޮށްގެން މާލެއިން ބޭރަށް ފޮނުވާފައިވާ، ބަންދުކޮށް، ޖަލަށްލާފައިވާ ނުވަތަ އެނޫންވެސް އެފަދަ ފަރާތްތަކުގެ ފްލެޓްލިބުމުގެ ޙައްޤު ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ އެގޮތަށް، އެކަން، ނުކުރުމަށް ވެސް އެ ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ފަހި ޔޫނިއަން އިން ބުނީ މާލޭގައި މުޅިއުމުރު ވޭތުކުރަމުންދަނިކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޖަލުބަންދުގައި ތިބެންޖެހުނު ފަރާތްތަކާއި އަދި އެފަރާތްތަކުގެ މައްޗަށް އާހިރުގައި ކުށްސާބިތުނުވާ ފަރާތްތަކާއި، ދިގުމުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދާ ފަރާތްތަކާއި، ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގައި އުޅެންޖެހުނު ފަރާތްތަކުގެ ފުލެޓް ލިބުމުގެ ހައްޤު ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

މާލޭގައި މުޅިއުމުރު ވޭތުކުރަމުންދަނިކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޖަލުބަންދުގައި ތިބެންޖެހުނު ފަރާތްތަކާއި އަދި އެފަރާތްތަކުގެ މައްޗަށް އާހިރުގައި ކުށްސާބިތުނުވާ ފަރާތްތަކާއި، ދިގުމުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދާ ފަރާތްތަކާއި، ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގައި އުޅެންޖެހުނު ފަރާތްތަކުގެ ފުލެޓް ލިބުމުގެ ހައްޤު ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ފަހި ޔޫނިއަން

އަދި ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުންނާއި މިނޫންވެސް އެކިއެކި ޙާލަތްތައް މެދުވެރިވެ މާލޭގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން މަޖުބޫރީ ޙާލަތްތަކުގައި ރަށްރަށަށް ބަދަލުވާން މަޖުބޫރްވި ފަރާތްތަކަކީވެސް މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ ފަރާތްތަކެއްކަމަށް ބުނެ ފްލެޓް ނުލިބޭނެކަމަށް ސިޓީފޮނުވަމުންދާ ކަމަށް ފަހުި ޔޫނިއަން އިން ވަނީ ބުނެފަ އެވެ.

އެހެން ކަމުން މިކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދިނުމާއިއެކު އެފަދަ ފަރާތްތަކަކީ މެދުކެނޑިފައިވާ ފަރާތްތަކެއްކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީފޮނުވަމުންދާތީ އެހާލަތްތައް މެދުވެރިވި ފަރާތްތަކަށް ސީޓީ ފޮނުވަމުންދާ ދިއުން މިހާރުން މިހާރަށް ހުއްޓާލައި ފުލެޓް ޙަވާލުކުރުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށް ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެފައި އެވެ.

ރައީސް މުއިއްޒުއެފްޑީސީ ފްލެޓްފަހި ޔޫނިއަންސޯޝަލް ހައުސިންގތ އަތޮޅުތިމަރަފުށި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް