Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމެޓީ

ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް

ނިޔާޒް ވިދާޅުވީ، މިއީ ދައުލަތުގެ ބަޖެޓު ކަމަށާއި އެހެންވީމަ ދައުލަތަށް ލިބޭ މިންވަރަކުން ރާއްޖޭގެ ރައްތަކަށް ޚަރަދު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށްވެސް ލާޒިމު ކަމެއް ކަމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން | 7 ޖުލައި 2025 | ހޯމަ 14:41
ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

މުޅި ދައުލަތުން ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެ ކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒް އެފަދައިން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިގެ ލާމަރުކަޒީ ކޮމެޓީ ރައްޔިތުންގެ މަޖިލިސް ގެ ލާމަރުކަޒީ ކޮމިޓީ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނިޔާޒް ވިދާޅުވީ، މިއީ ދައުލަތުގެ ބަޖެޓު ކަމަށާއި އެހެންވީމަ ދައުލަތަށް ލިބޭ މިންވަރަކުން ރާއްޖޭގެ ރައްތަކަށް ޚަރަދު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށްވެސް ލާޒިމު ކަމެއް ކަމަށެވެ. އަދި ހަމަހަމައަށް އިންސާފުވެރިކަމާއެކު ދައުލަތަށް ލިބޭ އެއްޗެއް ރާއްޖޭގެ ރައްޔިތުންނަށް ބެހިގެންދާ އުސޫލެއް އޮންނަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައިވެސް ބުނެފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެން ކަމުން ޚަރަދު ބޮޑުވެގެން މިނިޒާމަށް ބަދަލުގެންނަން އުޅޭ އުޅުމުގެ ވާހަކަ ގަރާރުގައި ފާހަގަކޮށްފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކޮމެޓީގެ މުގައްރިރު ނިޔާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ހަމަ އެ ގަރާރުގައި ފާހަގަވެފައި ހުރި އެހެން ކަންކަމުގެ ތެރޭގައި، އިންތިހާބީ އަދަދު ގިނަ ކަމަށް އެބަ ވަކާލާތު ކުރަށްވާ، އެއީ ކޮން ނަޒަރިއްޔާތަކުން ދައްކަވާ ވާހަކައެއްކަމެއް އަޅުގަނޑަކަށް ނޭގެ، އެއީ ހަރަދު ބޮޑުވެގެން ދައްކާ ވާހަކައެއްތޯ؟ ނުވަތަ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ގިނަބަޔަކު ތިބެގެން އޭގެން ނަތީޖާއެއް ނުނިކުންނަނީތޯ؟
އަލީ ނިޔާޒް

ނިޔާޒް ވިދާޅުވީ، މިހާރު ކައުންސިލްތަކުގައި މިއޮތް އަދަދަކީ ގޯސް އަދަދެއް ކަމަށް ބެލޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ސަރުކާރުގެ ސިޔާސަތައް ބަލާއިރުވެސް ރައްރަށުގައި ވަޒީފާތައް އުފެއްދުމަކީ އެބޭފުޅުންގެވެސް ސިޔާސަތެއް ކަމަށާއި އަދި އެކަން ގަބޫލުކުރަންވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ވަޒީފައެއް ރަށެއްގައި އޮތުމުގެ ބޭނުންތެރިކަން ސަރުކާރަށް އެބަ އެނގޭ، އެހެންވީމާ އިންތިހާބުވެފައި ހުންނަ މީހަކު އެމަގާމުގަ ހުރެގެން އިތުރަށް ދައުލަތުން ޚަރަދުކުރަން މިޖެހޭ 15 ހާސް 30 ހާސް ރުފިޔާ، މިސާލަކަށް ބަލަމާހިނގާ ކައުންސިލަރެއްގެ މުސާރައަކީ 15 ހާސް ރުފިޔާ، އޭގައި ދެމީހުން ވަކިކުރާ ކަމަށް ވަންޏާ 30 ހާސް ރުފިޔާ އެއީ ދައުލަތައް ސޭވްވާ ވަރަށްބޮޑު އެއްޗެއް ކަމަށް ދައްކަވައިގެން މި ގަރާރުގައި ނުވަތަ މި ބަހުސް ގައި ވާހަކަ ދެއްކެވި ބޭފުޅުން ދައްކަވާތީވެ އަޅުގަނޑުމެން ކަންބޮޑުވޭ،
އަލީ ނިޔާޒް

މީގެ އިތުރުން ނިޔާޒް ވިދާޅުވި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ހަގީގީ ވިސްނުން ގެނގުޅުއްވާ ނަމަ މިނިސްޓްރީގައި އޮތް 80 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުންގެ ވަޒީފާ އުނި ކުރަށްވައިގެން އެ ހަރަދު ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ މެންޑޭޓާއި އެމިނިސްޓްރިއަށް ދައުލަތުން ކުރާ ޚަރަދާއި ކައުންސިލްތަކަށް ކުރާ ޚަރަދާއި އަޅާކިޔާއިރު ދެކޮޅު ނުޖެހޭ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ، އެއްވެސް ފެންވަރެއް ނެތް ބަޔަކު ކައުންސިލްގައި ތިބޭ ވާހަކަ ދައްކާއިރު އެއްވެސް ފެންވަރެއް ނެތް ބަޔަކު އިންތިހާބީ ވަރަށްގިނަ މަގާމުތަކުގައި އެބަތިބި ކަމަށެވެ. އަދި އެއީ ހަމައެކަނި ކައުންސިލަރުންނަށް ނިސްބަތްކޮށް ދައްކަންޖެހޭނެ ވާހަކައެއް ނޫން ކަމަށާއި އެއީ މުޅި ނިޒާމަށް، މުޅި އުސޫލުގެ ތެރެއަށް ގެންނަންޖެހޭ ބަދަލެއްގެ ތެރެއިން ގެންނަންޖެހޭ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަލީ ނިޔާޒްލާމަރުކަޒީ ކޮމިޓީދައުލަތުގެ ބަޖެޓްރައްޔިތުންގެ އިންސާފު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
20 ނޮވެމްބަރު 2025

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
02 އޮކްޓޯބަރު 2025

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

02 އޮކްޓޯބަރު 2025
މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު