Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގު

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

ދިރާގުގެ 37 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް 37 ޖީބީ ހިލޭ ޑޭޓާ އާއި އެހެނިހެން ޚާއްސަ އޮފަރތަކެއް ތަޢާރަފުކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 1 އޮކްޓޯބަރު 2025 | ބުދަ 11:20
ހާއްސަ އޮފާތައް އިއުލާނުކުރަން ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން

ހާއްސަ އޮފާތައް އިއުލާނުކުރަން ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން

ދިރާގުގެ 37 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނިން ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް ތަޢާރަފުކޮށްފި އެވެ. މި އޮފަރތައް އިޢުލާނުކޮށްފައިވަނީ ބުދަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވި ގޮތުގައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށެވެ. އަދި މި އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ތައްޔާރުކޮށްފައިވާ ކަމަށް އަލީ ރިޔާޒް ވިދާޅުވިއެވެ.

މިއަހަރުގެ އަހަރީ ދުވަހާ ގުޅިގެން ތަޢާރަފުކޮށްފައިވާ އޮފަރތަކުގެ ތެރޭގައި، 1 އޮކްޓޫބަރު 2023 ވަނަ ދުވަހު ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރެއް ހިމެނެއެވެ. މި އޮފަރ ލިބޭނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

އަދި ހަމައެހެންމެ، ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން "ދިރާގު x އައިސިކް" ޕްލޭން ތަޢާރަފުކޮށްފައިވެއެވެ. މި ޕްލޭނުގެ ދަށުން އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ޚާއްސަ އޮފަރތަކާއި ޓެލެކޮމް އިނާޔަތްތައް ލިބޭނެއެވެ.

ދިރާގުން ވަނީ "އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް" ގެ ނަމުގައި އާ އޮފަރެއްވެސް ތަޢާރަފުކޮށްފައެވެ. މި އޮފަރގެ ދަށުން ދިރާގު އެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން 35 ރުފިޔާއިން ފެށިގެން ލިބޭގޮތަށް "ދިރާގު ނެޓްޕްރޮޓެކްޓް" ޚިދުމަތްވެސް ތަޢާރަފުކޮށްފައިވެއެވެ.

1988 އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ 100% މޮބައިލް ކަވަރޭޖް ފޯރުކޮށްދިނުމާއި، 5ޖީގެ ޚިދުމަތް ތަޢާރަފުކޮށް، އާބާދީގެ 70% އަށް މި ޚިދުމަތް ފުޅާކުރުމާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

ދިރާގުއަލީ ނިޔާޒްނެޓްޕްރޮޓެކްޓްފައިބަރ ބްރޯޑްބޭންޑް5ޖީދިރާގު-އައިސިކް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު