Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯއްޗާއި ފްލެޓްގެ މައްސަލަ

ފަޒުލް އިސްތިއުފާދެއްވުމަކުން ނުފުދޭ، މައްސަލަ ބަލާ ސާބިތުވާ ނަމަ ލާންވީ ޖަލަށް - އާއްމުން

އާއްމުން ވަނީ އެ މައްސަލަ އާއި ފުލުހުންގެ އިސް މީހުން ހިމެނޭހެން ނުފޫޒު ގަދަ މީހުންނަށް ފްލެޓާއި ގޯތި ލިބުނު މައްސަލަތައް ބަލަން ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2024 | އާދީއްތަ 12:09
ގޯއްޗާއި ފްލެޓް މައްސަލައިގައި ކުރިއަށް ގެންދިޔަ މުޒާހަރާ

ގޯއްޗާއި ފްލެޓް މައްސަލައިގައި ކުރިއަށް ގެންދިޔަ މުޒާހަރާ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރކަމުން ފަޒުލް ރަޝީދު އިސްތިއުފާދެއްވުމަކުން ނުފުދޭ ކަމަށާއި މައްސަލަ ބަލާ ސާބިތުވާ ނަމަ ލާންވީ ޖަލަށް ކަމަށް ފްލެޓާއި ގޯތި މައްސަލައިގައި މުޒާހަރާކުރަމުންދާ އާއްމުން ބުނެފިއެވެ.

އާދިއްތަ ދުވަހު އާއްމުން ވަނީ ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެ ސަރަހައްދަށް އެއްވެފައެވެ. ފުލުހުން އާއްމުންނަށް ދަރުބާރުގެއަށް ވަންނަން ފުރުސަތު ނުދިނުމުން އާއްމުން ވަނީ އެ ސަރަހައްދުގައި އަޑު އުފުލާ އިހުތިޖާޖުކޮށްފައެވެ.

Advertisement - newsAdvertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާދެއްވީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ އެ މަޤާމުގައި ހޭދަކުރި މުއްދަތުގައި އޭނާ އާއި މެދު ތަފާތު އެކި ތުހުމަތުތައް ކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ އާއި އެހެން ޕްލެޓްފޯމްތަކުގައި ކުރާ ތުހުމަތުތައް ހިމެނޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އޭނާ މަޤާމަށް އައްޔަންކުރި ފަހުން ކުންފުނީގެ ފަރާތުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގެ ޕޮލިސީތަކުގެ މަތިން ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ކުރީ ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އާއްމުން ބުނީ ފަޒުލް އިސްތިއުފާ ދިނީ އެ ނޫން އެހެން ގޮތެއް ނެތުމުން ލަދުން ކަމަށެވެ. އަދި މި މައްސަލަ އާއި މެދު ސަރުކާރުގެ އިޚުލާސްތެރިކަމެއް ނުފެންނަ ކަަމަށް އާއްމުން ވަނީ ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ މި ހާ ހަޔާތް ކުޑަ ވެރިކަމެއް މުޅި ދިވެހި ތާރީހުގައި ވެސް ދެކެފައި ނުވާ ކަމަށެވެ. މި ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަަމަށާއި މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދޭން ޖެހޭ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ބުދަ ދުވަހުގެރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފާޒުލްގެ ވާހަކައިން ވަނީ ފަޅާ އަރާފައެވެ. އާއްމުން ވަނީ އެ މައްސަލަ އާއި ފުލުހުންގެ އިސް މީހުން ހިމެނޭހެން ނުފޫޒު ގަދަ މީހުންނަށް ފްލެޓާއި ގޯތި ލިބުނު މައްސަލަތައް ބަލަން ގޮވާލާފައެވެ. މިއީ ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަަމަށް ވެސް އާއްމުން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިހާރު ވެސް ދިރިއުޅެމުން މިދަނީ ވަރަށް ހާލުގައި ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އެގޮތުން އެއް ކޮޓަރި އެއްގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އާއްމުން ވަނީ ފްލެޓާއި ގޯތި ނުދީ ސަރުކާރުން ލަސްކުރަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ފާހަގަކޮށް އެކަމަށް ފާޑު ކިޔާފައެވެ. އަދި އާއްމުން ވަނީ ސަރުކާރުގެ އިސް ބައެއް ވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ. ގޯއްޗާއި ފްލެޓު ދިނުމުގައި މިސަރުކާރުން އިހުމާލުވަމުންދާކަމަށާއި ކަންކަމުގެ ހަގީގަތް ހާމަ ނުކުރާ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

ފްލެޓް އާއި ގޯތި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން

ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ހައްްދަވަނީ ދޮގު: މުޒާހަރާގެ ބައިވެރިން

26 ޖެނުއަރީ 2025
ފްލެޓާއި ގޯތީގެ މައްސަލާގައި ފަހި ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި

ފްލެޓާއި ގޯތީގެ މައްސަލާގައި ފަހި ޔޫނިއަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި

26 ޖެނުއަރީ 2025
"ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް"

"ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް"

26 ޖެނުއަރީ 2025
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް

25 ޖެނުއަރީ 2025
"ހައުސިން ލިޔުންތަައް އަންދާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، 2025 ވެގެން މިދަނީ ބިރުވެރި އަހަރަކަށް"

"ހައުސިން ލިޔުންތަައް އަންދާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، 2025 ވެގެން މިދަނީ ބިރުވެރި އަހަރަކަށް"

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު