Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު

މިހާރު ގެންނަން އެ އުޅޭ އިސްލާހުތައް ގެނައުމަށްވުރެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކައުންސިލްތައް އުވާލުން މާ ރަނގަޅުވާނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 13:18
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނަގަލުވާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގެ އިތުރުން މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނީ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގަ އެވެ.

މި ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިކަމަށް ރައްދުދެއްވައި ވާހަކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިއައިރު، ފެނިގެން ދަނީ ފަހަރަކު ބާރެއް އަތުލަމުން ގެނަދާ މަންޒަރު ކަމަށާއި އެގޮތުން ޖުޑިޝަރީ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ތަޅު އަޅުވައިފި ކަމަށެވެ. އަދި މިހާރު މަސައްކަތް އެ ކުރައްވަނީ ކައުންސިލްތަކުގެ ބާރުތައް ވެސް އަމިއްލަ މުށުތެރެއަށް ލާން މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިވަޑައިގަންނަވާނެ މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުއިއްޒު ވާނެ ޕީއެންސީ ޖަލްސާއެއްގައި ވަރަށް ހުތުރުކޮށް ކައުންސިލަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކާފަ. އެއީ ބޭނުމެއް ނެތް ބައެއް ކަމަށް، ކޮންމެހެން ރަށެއް ހިންގަން އެރަށުގެ ރައްޔިތުން ހޮވާ ތިން ހަތަރު މީހުން ތިބޭކަށް ނުޖެހޭ. ރާއްޖޭގެ ރައްޔިތުން ވެސް އެމީހުންގެ މައްޗަށް ވެރިކަން ކުރަން ހޮވަނީ އެންމެ މީހެކޭ. އެހެންވެ އެއީ ބޭކާރު ބައެކޭ، އަދި ކުރެވޭ ހަރަދަކީ ވެސް ބޮޑު ހަރަދެކޭ. ތިމަންނަ އެ ބަދަލުތައް ގެންނަމުން ދާނަމޭ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު

މީގެ އިތުރުން އަލީ ނިޔާޒް ވިދާޅުވީ މަޖިލީހުގައި ވެސް އަދި އެހެނިހެން ގޮތްތުން ވެސް ކައުންސިތަކުގައި ތިއްބެވީ އެއްވެސް ތައުލީމެއް ނެތް ނުކިޔަވާތިބި ތަނެއް ދޮރެއް ނުދަންނަ ބައެއް ކަމަށް ބުނެ ވަރަށް ހުތުރުކޮށް މި ސަރުކާރުގެ ފަރާތުން މަލާމަތުގެ ބަސްތައް ރައްދުކޮށްފައި ވާ ކަމަށެވެ.

އަދި ކައުންސިލް ތަކަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރާ ބައެއް ކަމަށާއި އަދި އެ ނިޒާމަކީ ވެސް ޚަރަދު ބޮޑު ނިޒާމެއް ކަމަށް ބުނެ ވާހަކަތައް ދައްކާފައި ވާކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ މިހާރު މި އޮތް ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ހުށަހަޅާފައި އެ އޮތް އިސްލާހުތަކަކީ ކައުންސިލް ތަކަށް އެ ކައުންސިލް ތަކުން ރަށުގެ ބިންތަކާއި އެހެނިހެން ކަންކަން ކޮށްގެން ލިބޭ ފައިސާ ސަރުކާރަށް ނެގުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކައުންސިލްތައް ނިކަމެތި ކުރުމަށް ގެންގުޅޭ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ 2019 ވަނަ އަހަރު މަޖިލީހުގައި މަސައްކަތް ކުރެއްވި އިރު، ކައުންސިލްތަކުން އެންމެ ބޮޑަށް ޖެއްސި މައްސަލަ އަކީ ގާނޫނުން ލާޒިމް ކޮށްފައި އޮންނަ ރައްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންނަށް ނުދެވޭ މައްސަލަ ކަމަށެވެ.

އަދި އޭރު ބެލިބެލުމުން އެނގުނު ގޮތުގައި ހުރިހާ ކައުންސިލްތަކެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ޚަރަދު ވާކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ވެގެން ވެސް މި ފޯރުކޮށްދެނީ 900 މިލިއަނެއްހައި ފުރިޔާ ކަމަށާއި ދެން އޭގެއިން ބާކީ ހުރި ބައި ހޯދޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް ތަކުން މަދުފައިސާތައް މި ހޯދަނީ އޭރަކު ދާއިރާގައި ހުންނަވާ މަޖިލިސް މެމްބަރުންގެ ގާތަށް ގޮސްގެންނާއި އެހެނިހެން ގޮތްގޮތުން މަސައްކަތް ކޮށްގެން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އަދި ދައުލަތުގެ ބަޖެޓުން ގާނޫނު ބުނާ ގޮތަށް ކައުންސިލްތަކަށް ރައްވެހިކަމުގެ ޚިދުމަތްތައް ދިނުމަށް އެ މަދުވާ މިންވަރު ބަޖެޓުން ލިބެންވާނޭ ކަން އެމްޑީޕީން ޔަގީން ކޮށްދީފައިވާނޭ ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.

ގާނޫނުގައި އެހެން ޖަހާފައި އޮތް ކަމަށް ވަންޏާ، އެބުނާ މިވަންވަރު ކައުންސިލް ތަކަށް ލިބެންނާވޭ. އެހެން ބެލިއިރުގައި ދިރާސައިން އަޅުގަނޑުމެންނަށް މި ފެނުނީ އޭރު އަޅުގަނޑުމްނެނަށް އެލްޖީއޭއިން ހަދާފައި އިން ހިސާބެއްގައި އިންދާ މި ފެނުނީ އެ ތިން ޕަސެންޓު ލީމަ ވެސް އެވަރު ވޭ. އަދި އެ ތިން ޕަސެންޓު ލީމާ ކައުންސިލް ތަކުގެ އިދާރީ ހިންގުމާއި ރައްވެހިކަމުގެ ޚިދުމަތްތައް ދިނުމަށް. އަޅުގަނޑުމެން އެ ތިން ޕަސެންޓު ބަދަލު ކުރީ، ފަސް ޕަސެންޓަށް. މަދުވެގެން ފަސް ޕަސެންޓް މިހާރު ވެސް އިންނާނެ އިނގޭތޯ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު

ނަމަވެސް ކަންމިހެން އޮތް އިރުގައި ވެސް މި ސަރުކާރުން މަސައްކަތް ކުރަމުން އެ ދަނީ ހަމަ ކުރިން އޮތް ސިސްޓަމަށް ދިއުމަށް ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރަން އެ އުޅެނީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނަން އުޅޭ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހުރިހާ ކައުންސިލްތަކެއް އުވާލުން ވެސް މާ ރަނގަޅު ކަމަށެވެ.

އަލީ ނިޔާޒްރައީސް މުއިއްޒު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުލޯކަލް ކައުންސިލްތައްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު