Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު ސުޕަރ މާޓް ބައި ސަމަން

އަމިއްލަ ބްރޭންޑްތައް ހިމެނޭހެން ގިނަ ސާމާނުތަކާއި އެކު ސުޕަރ މާޓް ބައި ސަމަން ހުޅުވައިފި

25 ޖެނުއަރީ 2025 | ހޮނިހިރު 18:45

ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހުޅުވާ މި ސުޕަމާކެޓް ހުންނަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖެނުއަރީ 2025 | ހޮނިހިރު 18:45
 ސުޕަރ މާޓް ބައި ސަމަން

ސުޕަރ މާޓް ބައި ސަމަން

އަމިއްލަ ބްރޭންޑްތައް ހިމެނޭހެން ގިނަ ސާމާނުތަކާއި އެކު ސުޕަރ މާޓް ބައި ސަމަން ހުޅުވައިފިއެވެ.

ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހުޅުވާ މި ސުޕަމާކެޓް ހުންނަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ. އެ ސުޕަރމާޓް ހުޅުވާފައި ވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

އެ ސުޕަރމާޓާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ސަމަންގެ ބިޒްނެސް ޑެވެލޮޕްމެންޓް ޑިޕާޓްމެންޓްގެ ސީނިއާ އެގްޒެކެޓިވް ހަނާން ސައީދު ވިދާޅުވީ އެ ސުޕަރމާޓް ހުޅުވާފައި ވަނީ ވަރަށް ބޮޑަށް މާކެޓް ބެލުމަށް ފަހު އާއްމުންގެ ބޭނުންތަކަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އަލަށް އާބާދުވި ސަރަހައްދުގައި ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ސާމާނުތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމަށް ވިސްނާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވީހާވެސް ގިނަ މުދާ އެއްތަނަކުން ފަސޭހަކަމާއި އެކު ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތްކޮށްފައިވާނެ ކަަމަށް ހަނާން ވިދާޅުވިއެވެ.

އެތަނުން ލިބެން ހުރިތަކެތީގެ ތެރޭގައި ތަފާތު ޕްރައިޒް ރޭންޖުގެ ކޮލިޓީ ތަކެތި ލިބެން ހުންނާނެ ކަމަށް ހަނާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޕްރޮޑަކްޓް ރޭންޖްތައް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެތަނުން އާއްމުކޮށް މާކެޓުން ލިބޭ ބްރޭންޑްތައް ލިބެން ހުންނާނެ ކަަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ބްރޭންޑްތަކާއި ޕްރޮޑަކްޓްތައް ވެސް އެ މާޓުން ލިބެން ހުންނާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ރޯދަމަހަށް ބޭނުންވާ ފަދަ ޚާއްސަ ސާމާނު އެތަނުން ލިބެން ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސުޕަރމާޓްބައި ސަމަން އިން ރޯދައަށް ޚާއްސަކޮށްގެން ޕްރޮމޯޝަންތައް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެެ ތަނުގެ ގްރައުންޑް ފްލޯ އިން ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބެން ހުންނަ އިރު އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ރީތިވާން ބޭނުންކުރާ ސާމާނާއި ބަދިގެއާއި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ސާމާނު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކައިވެންޏާއި އުފަންދުވަސް ފަދަ ހަފްލާތަކަށް ބޭނުންވާ އެއްޗެހިވެސް އެތަނުން ލިބެން ހުރެއެވެ.

ސުޕަރ މާޓް ބައި ސަމަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
12 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް