Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީގެ ވަގު ފޯމު މައްސަލަ

ޕީއެންސީ އަށް ވަގު ފޯމު ފުރުމުގައި ރައީސް މުއިއްޒުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ގަބޫލު ކުރެވޭ: ފައްޔާޒު

ޑިސެމްބަރު 31، ގެ ނިޔަލަށް އޭގެ ކުރިން ހިނގައިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޕީއެންސީ އަށް 39،985 މީހުން އޮތީ ވައްދާފައި

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 11:28
ވަގުފޯމު މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އިންޓަރވިއުދެއްވަނީ (ފައިލް)

ވަގުފޯމު މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އިންޓަރވިއުދެއްވަނީ (ފައިލް)

ޕީއެންސީ އަށް މީހުން ވައްދަން ވަގުފޯމު ފުރުމުގައި "ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން ނުއޮވެ ނުދާނެ" ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއެޖެއެވެ.

ފައްޔާޒު ވިދާޅުވީ، "އެގޮތައް ގަބޫލު ކުރަން މަޖުބޫރު ވަނީ މިކަމުގައި އެމަނިކުފާނު ހަނު ހުންނެވުމުން؛" ކަމުގައެވެ.

Advertisement - newsAdvertisement

ވަގުފޯމު ފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސް ހިސާބުން މިހާރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އަކީ ޕީއެންސީ ކަމަށް ވަނީ ވެފައެވެ.

ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ އެތައް ހާސް މައްސަލަ އެއް ފެންމަތިވުމުން ވެސް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަނުން މިވަނީ ފޯމުތަކުގެ ސައްހަކަން ބެލުމެއް ނެތި 40،000 މެމްބަރުން އެ ޕާޓިއަށް އިތުރުކޮށްދީފައި ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއަރޕާސަން ފައްޔާޒު މިހެން ވިދާޅުވިއިރު، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައ ޕީއެންސީ އަށް 39،985 މީހުން ވައްދާފައި އޮތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބު ތަކުން ސާފުކޮށް ވަނީ ހާމަވެފައެވެ.

މިކަން މިހެން އޮތް އިރު، މިދިޔަ އަަހަރުގެ ޖެނުއަރީ މަހުން ސެމްޕްޓެމްބަރާ ހަމަ އަށް ޕާޓީއަށް އިތުރުވެފައިވަނީ އެންމެ 782 މީނުންނެވެ.

ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ނާޖާއިޒު ބޭނުން ކޮށްގެން، މީހުންނަށް ނޭގި ޕީއެންސީ އަށް ވަގު ފޯމު ފުރައިގެން އެތައް ބަޔަކު ވައްދަމުންދާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި އެތައް ހާސް ބަޔަކު އެ ޕާޓީގައި ދަފްތަރުގައި ޖައްސައިދީ، ޖުމްލަ މެމްބަރުންގެ އަދަދު 68,968 އަރާފައިވާ ކަމަށް ހާމަ ކޮށްފައިވެއެވެ. އިލެކްޝަންސްގެ ރެކޯޑުތަކުން ބަލާއިރު މިހާރު ޕީއެންސީ އަކީ އެންމެ މެމްބަރުން ގިނަ ޕާޓީ އެެވެ.

ޕާޓީގެ މެމްބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށްފައިސާ ދޭ ނިޒާމެއް މިހާރު ހަމަޖެހިފައި އޮންނަ އިރު، ވަގުފޯމު ފުރައިގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ ބޭނުމަކީވެސް ބަޖެޓުން އެ ޕާޓީ އަށް ގިނަ ފައިސާ ހޯދުން ކަމަށް އެމްޑީޕީ ގެ ގާނޫނީ ޓީމުގެ މެމްބަރު އަނަސް އަބްދުއްސައްތާރު ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. 

އަނެއްކޮޅުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ބުނާ ގޮތުން ހުސްވި އަހަރުގެ ޖެނުއަރީ މަހުން ޑިސެމްބަރުގެ ނިޔަލަށް އެމްޑީޕީން ވަނީ 8387 މީހުން އުނިވެފައެވެ. ދެވަނަ އަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީގަ ތިބިކަމަށް އީސީ ގެ ވެބްސައިޓް ބުނަނީ 43،755 މީހުން ކަމަށެވެ.

އެމްޑީޕީގެ އެތައް މެމްބަރުންނަކަށް ނޭނގި އެމީހުން ޕީއެންސީ އަށް ވެއްދި މައްސަލަ ބޮޑުވެ އޭގެ ތެރެއިން އެތައް މައްސަލަ އެއް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު