Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ދަތުރުފުޅު

ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ރަސްގެތީމް ކައުންސިލްގެ އައު އޮފީސް އިމާރާތް ހަދާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖެނުއަރީ 2025 | އަންގާރަ 12:31
ރައީސް މުއިއްޒު ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

ރ.ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ވާދޫ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރަށެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވައި، އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ އިތުރުން ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ވާދޫ އަށެވެ. އޭގެ ފަހުން ރަސްގެތީމަށެވެ.

2023 ވަނަ އަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހަދަން ފެށި ރަސްގެތީމުގެ އައު ކައުންސިލް އިމާރާތް މިއަދު ރައީސް ހުޅުއްވާދެއްވާފައި ވާއިރު، ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލާއި ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ތަރުތީބުވާނެކަމަށާއި ނަތީޖާއަކީ ގިނަ ދުވަސްތަކެއްވެފައިވާ ރަސްގެތީމުގައި ނުކުރެވިހުރި ގިނަ ކަންކަންކުރެވި އުފާފާގަތިކަން ލިބުންކަމަށެވެ. އަދި އެހެން ރަށްރަށާއި އެއްގޮތަށް އެއް އިސްކަމެއްދީގެން ކުރިއަށްދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރަސްގެތީމުގެ އައު ކައުންސިލް އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ އައު އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް، ބާވެ ހަލާކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުންކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންކަމަށް ފަޠީން ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިކަމަށް ޙައްލު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އިސްކަމެއް ދެއްވައިގެން މިސަރުކާރުންވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައެވެ. އަދި 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

މި ސަރުކާރުގެ ޢަމާޒަކީ މިދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިންކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު