Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޖަލްސާ

ބްރޯޑްކޮމްއަށް މެމްބަރުން އައަށްޔަނުކޮށްފައި ވަނީ ރައްޔިތުންގެ މެދުގައި ވަހުމް އުފެދޭގޮތަށް: ފިއްޓޭ

ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރި ވައްކަން ބަލާނެ މުއައްސަސާއެއް ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 10:46
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކޮށްފައި ވަނީ ގައުމުގެ ރައްޔިތުންގެ މެދުގައި ވަހުމްއުފެދޭގޮތަށް ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރަށް ފާރަވެރިވުމަށް އުފައްދާފައި އޮތް ކޮމިޝަންތައް މިނިވަންކަމާއި އެކު ހިނގާކަމާއި މެދުގައި މިއަދު ރައްޔިތުންގެ އިތުބާރެއް ނެތްކަމަށެވެ. އަދި އެކަން އެނގޭ އެންމެ ބޮޑު ސަބަބެއްކަމުގައި ފިއްޓޭ ވިދާޅުވީ ދާދިފަހުން ރައްޔިތުންގެ ޒާތީ މައުލޫމާތުން ކުރި ބޮޑު ވައްކަމުގެ މައްސަލައެވެ. އެ ވައްކަން ހިނގާދިއަ ގޮތް މިއަދާއި ހަމައަށް ވެސް އެންމެމަތިން ޒިންމާތައް ހަވާލުކޮށްފައިވާ އެއްވެސް މުއައްސަސާއަކުން އިސްނަގައިގެން އެއްވެސް ކަމެއް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ފިއްޓޭ ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމަތަކީ ރައްޔިތުންގެ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެއިން ވައްކަން ކޮށްގެން ތިބި ފަރާތްތަކާއި މެދު އެއްވެސް ފިޔަޅެއް ނާޅައި، އެކަމާއި އަޅާނުލައި ތިބުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެއީ އެހާ ފަސޭހައިން އަޅާނުލައި ދޫކޮށްލައިގެން ތިބެން ޖެހޭނޭ ފަދަ ކަމެއް ނޫންކަންވެސް ފިއްޓޭ ފާހަގަކުރިއެވެ.

ފިއްޓޭ ވިދާޅުވީ މިއީ ބޮޑު ޖަރީމާއެއް ކަމަށާއި މިކަން މިހާރުން މިހާރަށް ވެސް ބަލައި ފިޔަވަޅު އަޅަން ޖެހޭނޭ ކަމަށެވެ. އެހެން ނަމަވެސް މިވަރުގެ ބޮޑު ވައްކަމެއް ހިނގައިގެން ދިއަ އިރުގައިވެސް މުއައްސަސާތަކުން ބަހެއް ނުބުނެ، އަޅާނުލައި ތިބުމަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މި ހިންގާ ވައްކަތަކާއި ކަރަޕްޝަންގެ އަމަލުތައް ތަކުރާރު ކޮށް ހިނގަނީ ނަމަ، މުޅި މުއައްސަސާތަކާއި ދައުލަތުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓި، ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރިގޮތަށް ފާޑުވިދާޅުވެ، ފިއްޓޭ ވިދާޅުވީ އެންމެ ފަހުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވެސް މެމްބަރުން އައްޔަން ކޮށްފައިވަނީ ރައްޔިތުންގެ ހިތުގައި އެކަމާއި މެދު ވަހުމު އުފެދޭ ގޮތަށް ކަމަށެވެ. އެގޮތުން ބްރޯޑްކޮމް އަށް މެމްބަރުން އައްޔަން ކުރިއިރު، އެންމެ މަތިން މާކްސް ލިބުނު ފަރާތައްވެސް ވޯޓާއި ހަމައިން ގޯސްވެގެން ދިޔައީކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތަކަށް ސަރުކާގެ ނުފޫޒު އިންތިހާއަށް ވަދެފައި އޮތުމަކީ މިފަދަ ކަންކަން ނުސީދާ ގޮތްގޮތަށް ދިއުމަށް ކޮށިފައި އޮތް މަގެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ތަންތަނަށް މިނިވަން މުއައްސަސާތައް ވާން އެބަޖެހޭކަމަށް ވެސް ފިއްޓޭ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު