Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންސީން ވަގުފޯމު ފުރުން

މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެތައް ބައިނަލް އަގްވާމީ ގާނޫނަކާ ޚިލާފުވެއްޖެ

ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާ ބޭނުން ކުރުމަކީ ހަމައެކަނި ޤައުމީ ފެންވަރުގައި ހުރި ޤާނޫނުތަކާ ޚިލާފުވުމެއް ނޫނެވެ. އެއީ އެތައް ބައިނަލްއަޤްވާމީ މުޢާހަދާތަކަކާއި އުސޫލުތަކާ ޚިލާފުވުމެކެވެ. މި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެ އިން އުފުލަންޖެހޭ ޒިންމާތަކުގެ ދަށުން ވަގުތުން އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 14:27
ޑީއެންއާރުތެރޭގައި ރައްޔިތުންގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރަނީ

ޑީއެންއާރުތެރޭގައި ރައްޔިތުންގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރަނީ

ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ދިވެހި އާންމު ރައްޔިތުންގެ ސިއްރު ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕާޓީ އަށް ފޯމު ފުރާ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މީހުން ވައްދަމުންދާ މައްސަލަ އިންތިހާ އަށް އިތުރުވެފައިވާ ކަން ފަޅާ އެރުމާއެކު ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ޕީއެންސީ އަށް މީހުން ވައްދަމުން ގެންދިޔައީ މީހުންގެ ޒާތީ މައުލޫމާތު ރައްކައުކޮށް ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ތެރޭގައި އެކަމުގައި ޒިންމާވާން ޖެހޭ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންކަން ވެސް ވަނީ ހާމަވެފައެވެ.

ވަގު ފޯމު ފުރުމުގައި ވަގު ހެކި ދިނުމާއި، ވަގު ސޮއި ކުރުމާއި، މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމާއި، ބާރާއި ނުފޫޒުގެ ނަހަމަ ބޭނުން ކުރުމާއި، ދައުލަތުގެ ވަސީލަތްތަކުގެ ނަހަމަ ބޭނުން ކުރުމާއި، މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ނާޖާއިޒް މާލީ މަންފާ ހޯދަން މަސައްކަތް ކުރުން ފަދަ ރާއްޖޭގެ ގާނޫނުތަކާ ޚިލާފު ޖިނާއީ އެތައް ކުށްތަކެއް މީގެ ތެރޭގައިވަނީ ކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ އެންމެ ބޮޑު ހާދިސާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވެނީ ސަރުކާރުގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަން ތަހުގީގު ކުރަން ޖެހޭ އެންމެ އިސް ފަރާތްތައް ކަމަށް ވުމާއެކު މިކަމުގެ އިންސާފުވެރި ތަހުގީގެއް ހިނގާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ކަން މިހެން އޮތް ނަމަވެސް، ރާއްޖޭގެ އެތައް ގާނޫނެއް މި އަމަލުގެ ތެރެއިން ވަނީ މުގުރާފައެވެ. އޭގެ އިތުރުން ބައިނަލް އަގްވާމީ އެތައް މުއާހަދާ އަކާއި ގާނޫނަކާ ރައީސް މުއިއްޒުގެ ސަރުކާރުން މިވަނީ ޚިލާފުވެފައެވެ.

ޔޫޑީއެޗްއާރުގެ މާއްދާ 12 މާއްދާގައި ބުނަނީ "އެއްވެސް މީހެއްގެ އަމިއްލަވަންތަކަމަށް (ޕްރައިވެސީ)، އާއިލާއަށް، ..... ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެއްވެސް މީހެއްގެ ޢިއްޒަތާއި އަބުރަށް ހަމަލާދީގެން ނުވާނެއެވެ. މިފަދަ ނުފޫޒު ފޯރުވުމާއި ހަމަލާދިނުމުން ރައްކާތެރިވުމަށް ޤާނޫނުގެ ޙިމާޔަތް ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."

ބާރާއި ނުފޫޒު ބޭނުންކޮށް ރައްޔިތުންގެ ޒާތީ މަޢުލޫމާތުގެ ނަހަމަ ބޭނުން ހިފުމަކީ މާއްދާ 12 ގައި ކަށަވަރުކޮށްދީފައިވާ ޒާތީ ކަންކަން ރައްކައުތެރި ކުރުމުގެ ޙައްޤާ ސީދާ ޚިލާފުވުމެކެވެ.

ދައުލަތުން ރައްޔިތުންގެ މަޢުލޫމާތު ރައްކާތެރިކުރުމުގައި ފެއިލްވުމަކީ އަސާސީ އިންސާނީ ޙައްޤުތަކުގެ އުސޫލުތަކަށް ސަރުކާރުން ތަބާނުވާކަން ދައްކުވައިދޭ ކަމެކެވެ.

މިއީ މާއްދާ 12 ގައި ކަށަވަރުކޮށްދީފައިވާ އަމިއްލަވަންތަކަން ރައްކާތެރި ކުމުގެ ޙައްޤާ ސީދާ ޚިލާފުވުމެކެވެ. ދައުލަތުން ރައްޔިތުންގެ މަޢުލޫމާތު ރައްކާތެރި ކުރުމުގައި ފެއިލްވުމަކީ އަސާސީ އިންސާނީ ޙައްޤުތަކުގެ އުސޫލުތަކަށް ސަރުކާރުން ތަބާނުވާކަން ދައްކުވައިދޭ ކަމެކެވެ.

މި ކޮވެނަންޓުގެ 17 ވަނަ މާއްދާގައި، އެއްވެސް މީހެއްގެ "ޕްރައިވެސީ" އަށް އަރައިގަނެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ކަމަކަށް އަރައިގަތުމަށް ފުރުސަތު ނުދިނުމަށް ގާނޫނީ ރައްކާތެރިކަން ލިބުމުގެ ހައްގު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

މާއްދާ 19 ގައި "ކޮންމެ މީހަކަށްމެ ނުފޫޒަކާ ނުލައި އަމިއްލަ ޚިޔާލު ގެންގުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި ކޮންމެ މީހަކަށްމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ސިޔާސީ މެންބަރުން އިތުރުކުރުމަށް އޮޅުވާލައިގެން އެމީހަކަށް ނޭގި ޕާޓީއަކަށް ވެއްދުމަކީ އޭނާގެ އަމިއްލަ ފިކުރު ގެންގުޅެން ލިބިފައިވާ ހައްގަށް ސީދާ ގޮތުން އަރައިގަތުމެވެ. ސިޔާސީ ގޮތުން އޭނާ ބޭނުން ފިކުރަކަށް ތާއީދުކޮށް ބައިވެރިވުމަށް އޮތް ހައްގު ނިގުޅައިގަތުމެވެ.

މާއްދާ 25 ގައި"ކޮންމެ ރައްޔިތަކަށްމެ އެކަށީގެންވާ މިނިވަންކަމާއެކު... ސީދާކޮށް ނުވަތަ މިނިވަންކަމާއެކު އިޚްތިޔާރުކުރެވޭ މަންދޫބުންތަކެއް މެދުވެރިކޮށް ރައްޔިތުންނާ ގުޅޭ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ ހައްޤާއި ފުރުޞަތު ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

މެންބަރުޝިޕްގެ ލިސްޓު އޮޅުވާލުމަކީ ރައްޔިތުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް އޮތް ހައްގަށް އަރައިގަނެ، އުނިކަން ގެނެސް، ޑިމޮކްރެޓިކް ޕްރޯސެސް އަށް ގެއްލުން ލިބޭނެ ކަމެކެވެ.

މި މުއާހަދާގެ 5 ވަނަ މާއްދާގެ (ސީ) ގައި ބުނެފައިވަނީ: "ދައުލަތްތަކުން... ތަފާތުކުރުމެއް ނެތި، ކޮންމެ މީހަކަށްމެ ސިޔާސީ ޙައްޤުތައް، ޚާއްޞަކޮށް އިންތިޚާބުތަކުގައި ބައިވެރިވުމާއި ސަރުކާރުގައި އަދި ކޮންމެ ފެންވަރެއްގައިވެސް ޢާންމު ކަންކަން ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު." ކަށަވަރު ކޮށްދޭންވާނެއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުޝިޕް އޮޅުވާލުމާއި، މަކަރު ހަދައިގެން މީހުންނަށް ނޭގި ޕާޓީ އަކަށް ވެއްދުމަކީ މި މާއްދާއާ ޚިލާފު ކަމެކެވެ. ވަކި ޕާޓީ އަކަށް ސިޔާސީ ބާރުވެރިކަން އިތުރުކުރުމަށް މީހުންގެ އިޚްތިޔާރުން ބޭރުން ވެއްދުމަކީ ސިޔާސީ ކަންކަމުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލި ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައި ރައްޔިތުންނަށް ލިބިފައި އޮންނަން ޖެހޭ މިނިވަންކަން ގެއްލުވާލުމެވެ.

މިއީ ޤާނޫނީ ގޮތުން އަމަލު ކުރުން ލާޒިމުކުރާ އެއްބަސްވުމެއް ނޫންކަމުގައި ވިޔަސް، މިއީ ޕްރައިވަސީ އާއި ޑޭޓާ ޕްރޮޓެކްޝަން އާ ބެހޭ ގޮތުން ދުނިޔެ ގަބޫލު ކުރާ މިންގަނޑެކެވެ. މިއިން ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި އެ މަޢުލޫމާތު ޤާނޫނާ ޚިލާފަށް ނުވަތަ ގަވައިދާ ޚިލާފަށް ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރެއެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތުގެ ޑޭޓާބޭސް އަށް ވަދެ، އޭގެ ނަހަމަ ބޭނުން ހިފުމަކީ މި އުސޫލުތަކާ ޚިލާފުވުމެވެ. މިއީ ދައުލަތާއި ރައްޔިތުންނާ ދެމެދު އޮންނަ ޖެހޭ އިތުބާރު ގެއްލި ސަރުކާރެއްގައި ހުންނަން ޖެހޭ އެންމެ އަސާސީ ސިފަތައް ގެއްލި ހިނގައްޖެ ކަން ރައްޔިތުންނަށް ގަބޫލު ކުރެވި މުޅި ދައުލަތައް އޭގެ ގެއްލުން ލިބޭނެ ކަމެކެވެ.

ލަނޑުދަނޑި 16: ސުލްޙަ، ޢަދުލު އިންޞާފު، އަދި މުއައްސަސާތައް ވަރުގަދަކުރުން

ޓާގެޓް 16.10: "މަޢުލޫމާތު ހޯދުމަށް އާންމުންނަށް ފުރުޞަތު ކަށަވަރުކޮށްދިނުމާއި، އަސާސީ މިނިވަންކަން ރައްކާތެރިކުރުން."

މުއައްސަސާގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ސިއްރު އަދި ޒާތީ މައުލޫމާތުގެ ނަހަމަ ބޭނުން ހިފުމަކީ މުއައްސަސާގެ ބަލިކަށިކަން ހާމަވާ ކަމަކަށް ވުމުގެ އިތުރުން، ހާމަކަމާއެކު މުއައްސަސާ އަށް ޖަވާބުދާރީވުމަށް އުނިކަން ލިބޭ ކަމެކެވެ. ދައުލަތުގެ މުއައްސަސާ އަކަށް ޖަވާބުދާރީ ނުވެވޭ ހިސާބަށް ބަލިކަށިވެގެން ދިއުމީ މުޅި ސަރުކާރުގެ އިތުބާރަށް ގެއްލުން ލިބޭ ކަމެކެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާ ބޭނުން ކުރުމަކީ ހަމައެކަނި ޤައުމީ ޤާނޫނުތަކާ ޚިލާފުވުމެއް ނޫނެވެ. އެއީ އެތައް ބައިނަލްއަޤްވާމީ މުޢާހަދާތަކަކާއި އުސޫލުތަކާ ޚިލާފުވުމެކެވެ. މީގެ ތެރޭގައި ޔޫޑީއެޗްއާރު، އައިސީސީޕީއާރު، އައިސީއީއާރުޑީ، އަދި ޑޭޓާ ޕްރޮޓެކްޝަނާ ގުޅޭ ދުނިޔެ ގަބޫލު ކުރާ މިންގަނޑުތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ ޒިންމާތަކުގެ ދަށުން ވަގުތުން އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީގެ ތެރޭގައި މިނިވަން ތަޙުޤީޤުތަކާއި، މިކަން ކުރި ފަރާތްތައް ޖަވާބުދާރީވުމާއި، އަދި ރައްޔިތުންގެ މަޢުލޫމާތު ރައްކާތެރިކުރުމަށް އިތުރަށް ވަރުގަދަ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

17 ޖޫން 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
ގާސިމަށް ބާލާ ޒާތީ ހަސަދައިގެ ގެއްލުން މުޅި ގައުމަށް!

ގާސިމަށް ބާލާ ޒާތީ ހަސަދައިގެ ގެއްލުން މުޅި ގައުމަށް!

21 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު