Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދައުލަތުގެ ޚިޔާނާތް

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ވައްކަން ފަހިކުރުމަށް މާލިއްޔަތު ޤާނޫނަށް އިސްލާހުތައް ގެނެވުނު

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2018 | އާދީއްތަ 22:01
އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްގެ މަންޒަރެއް

އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްގެ މަންޒަރެއް

މުޙައްމަދު ނަޝީދު

17 ޖުލައި 2014 ވަނަ ދުވަހާއި 21 އޮކްޓޫބަރު 2015 ވަނަ ދުވަހާއި ދެމެދުގައި ދިވެހި ދައުލަތުގެ ޚަޒާނާއިން 66,385,921.34 އެމެރިކާ ޑޮލަރުގެ ވައްކަން ކުރިއެވެ. މި ވައްކަމަކީ ދިވެހި ދައުލަތުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ވައްކަމެވެ. ވައްކަން ހިންގުމަށް ބޭނުން ކޮށްފައިވަނީ ދައުލަތުގެ ކުންފުންޏެކެވެ. މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ވިއްކާފައިވާ ރަށްރަށާއި ފަޅުގިރި އަދި ބިމުގެ ޖުމްލަ މިންވަރު ހިސާބުޖަހަން އުދަގުލެވެ. މިމަޒުމޫނުގެ އަމާޒަކީ، ދިވެހި ޚަޒާނާއިން ކުރި އެންމެބޮޑު ވައްކަން ކުރެވުނުގޮތް ދެނެގަތުމެވެ. ބައެއް ބޭފުޅުން ޖޯޖް ކްލޫނީގެ އޯޝަންސް ފިލްމްތައް ދެކެވަޑައިގަނެފައިވާނެއެވެ. އަޅުގަނޑު ދުށީމެވެ. އެެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ބަޔަކު މީހުން ކޮށްފައިވާ 66 މިލިއަނަށް ވުރެ ގިނަޑޮލަރުގެ ވައްކަން، ކްލޫނީގެ ފިލްމުތަކާ ވެސް ނުބައްދަލެވެ. ހީލަތްތެރިކަމުގެ އިންތިހާއެވެ. މަކަރުވެރިކަމާއި އޮޅުވާލުމުގެ ލާމަސީލެވެ. ޙަޤީޤަތުގައި ވެސް، ވަރަށް ރަގަޅު އިކޮނަމިސްޓަކަށް ނޫނީ ނުނެރޭވޭނެ ސިއްރުވެރި ވައްކަމެކެވެ.

ވައްކަން ފަހިކުރުމަށް މާލިއްޔަތު ޤާނޫނަށް ގެނެވުނު އިސްލާޙްތަކާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ކިތަންމެ މަސައްކަތެއް އެމް.އެމް.ޕީ.އާރ.ސީ އަށް ބަދަލުވެގެން ދިޔަގޮތް، އެންމެ ބޭފުޅުން ވެސް ދެކެދެނެވަޑައިގަތީމު ނޫންތޯއެވެ. ބަންޑާރަ ބިމާއި، ފަޅުރަށްރަށާއި، ހުރާ ފިނޮޅާއި، ގިރި ފަޅުތައް ވިއްކުން އިންތިހާއަށް ހުޅުވާލެވުނެވެ. 21 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް، އެމް.ޕީ.އާރ.ސީ މެދުވެރިކޮށް 40 ރަށަކާއި 3 ފަޅެއް ވިއްކިއެވެ. ވިއްކުނު ތަންތަނުގެ އާމްދަނީގެ ގޮތުގައި ލިބުނީ66,385,921.34 އެމެރިކާ ޑޮލަރެވެ. ޑޮލަރު ލިބިފައި ހުރީ އެމް.އެމް.ޕީ.އާރ.ސީ ގެ ނަމުގައި ލިޔެވިފައި ހުރި ޗެކުންނެވެ. ލިބުނު މިފައިސާ ޖަމާކުރީ ދައުލަތުގެ ކުންފުނި އެމް.އެން.ޕީ.އާރ.ސީ ގެ އެކައުންޓަކަށް ނޫނެވެ. މުޅިން އެހެން އަމިއްލަ ބައެއްގެ ކުންފުޏެއްގެ ބޭންކް އޮފް މޯލްޑިވިސް ގެ އެކައުންޓަކަށެވެ. ސްކޯޒް އޮފް ފްލެއާރ (އެސް.އޯ.އެފް) ޕްްރައިވެޓް ލިމިޓަޑްގެ 7701701832002 އަމިއްލަ ޑޮލަރު އެކައުންޓަށެވެ. އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށެވެ.

އެސް.އޯ.އެފް. އަށް ޖަމާކުރެވުނު 66 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު އެކުންފުނީގެ ފަރާތުން އެކި މީސްމީހުނަށް ދިނީއެވެ. އެސް.އޯ.އެފް ފައިސާ ބަހާފައިވަނީ އެކިއެކި ފައިސާގެ މުއާމަލާތުންނެވެ. 207 ކޭޝް ޗެކް ދޫކޮށްފައިވެއެވެ. 20 ފަހަރަށް ނަގުދު ފައިސާ ނަގާފައި ވެއެވެ. 1592 ކޭޝް ޓްރާންސްފާރ ހަދާފައިވާއިރު 14 ފަހަރަށް ރާއްޖެއިން ބޭރަށް ފައިސާފޮނުވާފައިވެއެވެ.

2014 ވަނަ އަހަރުގެ ޖުލައި މަހާއި 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ދެމެދުގައި އެސް.އޯ.އެފްގެ އެކައުންޓުން ހަދާފައިވަނީ 1833 ޓްރާންސެެކްޝަނެވެ.

ދިވެހި ދައުލަތުގެ ޚަޒާނާއިން ކުރި 66,385,921.34 އެމެރިކާ ޑޮލަރުގެ ވައްކަން ކޮށްފައިވަނީ މިދެންނެވި 1833 ފައިސާގެ އެކި ބާވަތުގެ މުއާމަލާތުންނެވެ.

އެސް.އޯ.އެފް ގެ އެކައުންޓުން ނަގުދު ފައިސާގެ ގޮތުގައި ނަގައި އެކިއެކި ފަރާތްފަރާތައް ބަހާފައިވާ ފައިސާގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ އުފުލިފައިވަނީ ރައީސް ޔާމީނުގެ ގެކޮޅަށް ކަމަށް އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިޒް ފިލްމުން ސާފުވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ގެކޮޅަށް އުފުލުނު ނަގުދު ފައިސާގެ ޖުމްލަ އަދަދެއް ހިސާބުން ފެންނާކަށްނެތެވެ.

އެސް.އޯ.އެފްގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުގެ އެންމެހާ ތަފްޞީލު އަޅުގަޑުމެނަށް ލިބުނީ، އެ ބޭންކްގައި މަސަތްކަތްކުރާ މީހަކު ކަށިގަނޑު ފުމުނީތީއެވެ. އޭނާގެ ނަޒަރުގައި ބޭންކް މެދުވެރިވެ ހިގަނީ ކަނޑައެޅިގެން ޤާނޫނާއި ގަވާއިދާ ޚިލާފް ކަންތައްތަކެއް ކަމަށް ދެކި، އެ މަޢުލޫމާތު އާންމުކުރީއެވެ. އެސް.އޯ.އެފްގެ އެކައުންޓުން ނަގުދު ފައިސާގެ ގޮތުގައި ނޫން ގޮތައްވެސް ހިންގާފައިވާ މުއާމަލާތް މަދެއް ނޫނެވެ. އެމުއާމަލާތައް ރައްދުވާ ފަރާތްތައްވެސް ފެންނާން އެބައޮތެވެ. ވައްކަން ކުރި މީހުނާއި ކުރި ވައްކަމުގެ ފައިދާ ބެހި މީހުންވެސް އިނގެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ އެކަންޓުތަކުގައި ކަނޑައެޅިގެން އެވަނީ އެ ނަންތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު