Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލަށް ޙުކުމްކޮށްފި

މިއީ ކުރީގެ ބޮޑުވަޒީރު ކުށްވެރިވި ކަމަށް ކޯޓުން ހުކުމް ކުރި ހަތަރުވަނަ މައްސަލައެވެ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 09:30
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާ ބީބީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާ ބީބީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން، 14 އަހަރަށް ޖަލަށްލުމަށް ހުކުރު ދުވަހު ޙުކުމްކޮށްފިއެވެ.

އޭގެ އިތުރުން އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ 7 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މި ޙުކުމަކީ އަލް-ޤާދިރު ޔުނިވަރސިޓީ ޕްރޮޖެކްޓް ޓްރަސްޓް އުފެއްދުމުގައި ބާރުގެ ނަހަމަ ބޭނުން ކުރުމާއި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި އިއްވި ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން 1 މިލިއަން ޕާކިސްތާނީ ރުޕީސް (3,500 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާ އެއް ވެސް އިމްރާން ޚާންގެ މައްޗަށް އައެވެ. އަދި އަނބިކަނބަލުން ބުޝްރާ ބީބީ އަށް އެ އަދަދުގެ ދެބައިކުޅަ އެއްބައިގެ ޖޫރިމަނާ އެއް ވަނީ އިއްވާފައެވެ.

ހުކުމް ކުރީ ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގައި ހިންގަމުންދާ އެކައުންޓަބިލިޓީ ކޯޓަކުންނެވެ. ޢިމްރާން ޚާން އޮގަސްޓް 2023 އިން ފެށިގެން ހުންނެވީ މި ޖަލުގައި ބަންދުކުރެވިފައެވެ. މި ކޯޓުން ޑިސެމްބަރު މަހު އޭނާގެ މައްސަލައިގެ ޙުކުމް ކުރަން ހަމަޖައްސާފައި އޮތުމަށްފަހު، އޭގެފަހުން ތިން ފަހަރެއްގެ މަތިން ޙުކުމް އިއްވުން ފަސްކޮށްފައިވެއެވެ.

ބުޝްރާ ބީބީ ވަނީ ކޯޓުގެ ގޯތިތެރެއިން ހައްޔަރު ކޮށްފައެވެ.

އިމްރާން ޚާން ކޯޓަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. ޖަނަވަރީ 13 ވަނަ ދުވަހު ތިންވަނަ ފަހަރަށް ޙުކުމް ފަސްކުރި އިރު، ޢިމްރާން ޚާން، މީގެ ކުރިން ވިދާޅުވެފައިވަނީ މި ލަސްކުރުންތަކަކީ އޭނާއަށް "ޕްރެޝަރު" ބޮޑުކުރަން ކުރާ ކަމެއް ކަމަށެވެ.

މިއީ ކުރީގެ ބޮޑުވަޒީރު ކުށްވެރިވި ކަމަށް ކޯޓުން ހުކުމް ކުރި ހަތަރުވަނަ މައްސަލައެވެ.

މީގެ ކުރިން ކުށްވެރިވެފައިވާ ތިން މައްސަލައަކީ ދައުލަތައް ލިބުނު ހަދިޔާތަކެއް ވިއްކާލުމާއި، ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި، ޤާނޫނާ ޚިލާފަށް ކައިވެންޏެއް ކުރެއްވި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެވެ. މި ތިން މައްސަލައިގައިވެސް ޙުކުމް ބާޠިލްކުރެވި ނުވަތަ ތަންފީޒު ކުރުން ފަސްކުރެވިފައިވެއެވެ. ނަމަވެސް، ޢިމްރާން ޚާން އަދިވެސް ހުންނެވީ ޖަލުގައެވެ. އޭނާއާ ދެކޮޅަށް އަދިވެސް އެތައް ބައިވަރު މައްސަލަތައް އަދިވެސް ހުށަހެޅިފައިވެއެވެ. ޢިމްރާން ޚާން މި މައްސަލަ ތައް ސިފަކުރައްވަނީ "ޕޮލިޓިކަލް ވިޗްހަންޓް" ގެ ގޮތުގައެވެ.

ޢިމްރާން ޚާންގެ ވަކީލު ފައިސަލް ފަރީދު ޗައުދުރީ އެންމެ ފަހުން މިކުރި ހުކުމް ކުށްވެރިކޮށް ބުނެފައިވަނީ މިއީ ޢިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް ކުރަމުންދާ ތާކުންތާކު ނުޖެހޭ ޝަރީއަތްތަކެއް ކަމަށެވެ.

ކޯޓުން އިއްވި މި ހުކުމަކީ "ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އަށް ދައުލަތައް އެންމެ ލާރިއެއްގެ ގެއްލުމެއްވެސް ލިބުނުކަން ސާބިތުކޮށްދެވިފައިނުވާ ހަމައެކަނި މައްސަލަ ކަމުގައި ވެދާނެ،" ކަމަށް ވަކީލު މީޑިއާ ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ޗައުދުރީ އިތުރަށް ބުނެފައިވަނީ އަލް-ޤާދިރު ޓްރަސްޓާއި ޢިމްރާން ޚާން ނުވަތަ އޭނާގެ އާއިލާއަށް އަމިއްލަ މާލީ ފައިދާއެއް ލިބުނުކަން ދައްކައިދޭ އެއްވެސް ހެއްކެއް އެންއޭބީ އަށް ހުށަހެޅިފައިނުވާ ކަމަށެވެ.

"ޢިމްރާން ޚާނާއި ބުޝްރާ ބީބީއާ ދެކޮޅަށް ޖިނާއީ ދަޢުވާތައް ޕްރޮސިކިއުޝަނުގެ މަރުޙަލާގައި ސާބިތުކޮށްދެވިފައެއް ނުވޭ. މުޅި މައްސަލައަކީ ސިޔާސީ ގޮތުން ބާރުއަޅައިގެން ކުރިއަށް ގެންދާ މައްސަލައެއް. ޓްރަސްޓެއް އުފެއްދުމަކީ މަޞްލަޙަތު ފުށުއަރާ ކަމެއްކަމަށް ބެލެވެނީ ކިހިނެއްކަން އަހަރެންނަކަށް ނުވިސްނޭ،" ވަކީލު ބުނެފައިވެއެވެ.

ޢިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީ.ޓީ.އައި) ޕާޓީން މި ޙުކުމާ ގުޅޭގޮތުން ނެރުނު ފުރަތަމަ ބަޔާނުގައިވެސް ޗައުދުރީގެ ވާހަކަތައް ތަކުރާރުކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު