Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސައިކަލު ވިޔަފާރި

ސަރުކާރުން ހެދި އެއްޗަކުން އިންސްޓޯލްމަންޓަށް ސައިކަލު ގަނެވޭނެ މަގު ބަންދުވެއްޖެ

16 ޖެނުއަރީ 2025 | ބުރާސްފަތި 12:10

ސަރުކާރުން މިގެނައި ބަދަލަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދައިގެން ގެނައި ބަދަލެއް ނޫން ކަމަށް ސައިކަލު ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 12:10
މާލޭގެ މަގުމަތީގައި ބަޔަކު ސައިކަލު ދުއްވަނީ

މާލޭގެ މަގުމަތީގައި ބަޔަކު ސައިކަލު ދުއްވަނީ

ރާއްޖޭގައި އެއްގަމު ދަތުރުފަތުރުގައި މުހިންމު ދައުރެއް އަދާކުރާ މޮޓޯ ސައިކަލު އިންސްޓޯލްމަންޓަށް ވިއްކުން ހުއްޓިއްޖެއެވެ.

މިހެން މިކަން ދިމާވީ ސަރުކާރުން ވެހިކަލް ރަޖިސްޓަރީކުރުމުގެ ގަވައިދައް ގެނައި ބަދަކަލާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި އެއްގަމު އުޅނަދު ފަހަރު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ފަހުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ބައެއް ވިޔަފާރިތަކުން ބުނެފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ސައިކަލް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީން ތަޢާރަފުކުރި މިއައު ގަވާއިދުގެ ދަށުން، މިހާރު ކުންފުނީގެ ނަމުގައި ރަޖިސްޓަރީ ކުރެވޭނީ ހަމަ އެކަނި ކުންފުނީގެ ހިންގުމުގެ ބޭނުމަށް ގެންނަ އުޅަނދުފަހަރު އެކަންޏެވެ.

މިހެން މިކަން މިހާރު އޮތް އިރު ކުރީގައި އިންސްޓޯލްމަންޓަށް ނަގާ ސައިކަލު، އިންސްޓޯލްމަންޓުގެ މުއްދަތުގައި ރަޖިސްޓަރީ ކޮށްފައި ހުންނަނީ ސައިކަލު ވިއްކާ ކުންފުނީގެ ވިޔަފާރީގެ ތަކެތީގެ ގޮތައެވެ. އަދި އޭގެ ފަހުން ފައިސާ ދެއްކުން ނިމުމުން ގަތް މީހާގެ ނަންމައްޗަށް ބަދަލު ކުރެއެވެ. އެހެން ނަމަވެސް ސަރުކާރުން ގަވައިދަށް ގެނައި ބަދަލާއެކު މިހާރު ވެހިކަލްތައް ސީދާ ގަންނަ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކުރަން ލާޒިމުކުރެއެވެ. އެއީ ފައިސާ ދައްކާ ނިންމާފައިވާ އުޅަނދެއް ކަމަށްވިޔަސް އަދި އިންސްޓޯލްމަންޓަށް ގަންނަ ސައިކަލެއް ވިޔަސް ގަންނަ މީހާގެ ނަމުގައި ރަޖިސްޓަރީ ކުރުން ލާޒިމުވެއެވެ.

މިކަމުގެ ސަބަބުން އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ފަރާތްތަކަށާއި ވިއްކާ ފަރާތްތަކަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

އިންސްޓޯލްމަންޓަށް ސައިކަލު ވިއްކާ ތަންތަނުން ދެކޭ ގޮތުގައި ފައިސާ ދައްކާ ޚަލާސް ނުކުރަނީސް ގަންނަ މީހާގެ ނަން މައްޗަށް އުޅަނދު ރަޖިސްޓްރީ ކުރުމުން ފައިސާ ގަވައިދުން ނުދައްކާ ހާލަތުގައި އަނބުރާ ސައިކަލު ހޯދުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެއެވެ.

ސަރުކާރުން މިގެނައި ބަދަލަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދައިގެން ގެނައި ބަދަލެއް ނޫން ކަމަށް ސައިކަލު ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ގަވައިދު މިހާރު އޮތް ގޮތުން އިންސްޓޯލްމަންޓަށް ސައިކަލު ވިއްކަން އެފަދަ ވިޔަފާރިތަކުން ފަސްޖެހޭ އިރު، އެއްފަހަރާ ބޮޑު އެއްޗެއް ދީގެން ސައިކަލު ގަނެވޭނެ ތަނަވަސްކަން ނެތް ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2020

ކިންގްސްޓަންގެ ޚާއްސަ ޕްރޮމޯޝަނެއް: ސައިކަލު ގަތުމުން އަހަރަކަށް އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް ހިލޭ

10 ޑިސެމްބަރު 2020
ކިންގްސްޓަންގެ ޚާއްސަ ޕްރޮމޯޝަނެއް: ސައިކަލު ގަތުމުން އަހަރަކަށް އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް ހިލޭ
30 އޯގަސްޓު 2020

ކޮވިޑާއި ހެދި އެސްޓީއޯގެ ހޮޓާ ނުވިއްކުނު!

30 އޯގަސްޓު 2020
ކޮވިޑާއި ހެދި އެސްޓީއޯގެ ހޮޓާ ނުވިއްކުނު!
28 މެއި 2020

އިންސްޓޯލްމަންޓަށް ޓެކްސް ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް

28 މެއި 2020
އިންސްޓޯލްމަންޓަށް ޓެކްސް ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް
21 ޑިސެމްބަރު 2019

ރ އަތޮޅުގައި ހެދި ފައިވް ސްޓާ ރިސޯޓް "ބްރެނިއާ ކޮއްޓެފަރު" އަންނަ މަހު ހުޅުވަނީ

21 ޑިސެމްބަރު 2019
ރ އަތޮޅުގައި ހެދި ފައިވް ސްޓާ ރިސޯޓް "ބްރެނިއާ ކޮއްޓެފަރު" އަންނަ މަހު ހުޅުވަނީ
31 ޖުލައި 2019

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ

31 ޖުލައި 2019
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ
06 ޖުލައި 2019

ޔަމަހާގެ ސައިކަލު ތަކުން 3000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް

06 ޖުލައި 2019
ޔަމަހާގެ ސައިކަލު ތަކުން 3000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް
27 މާރިޗު 2019

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު
08 ޖެނުއަރީ 2018

ސުޒުކީ ބްރޭންޑުގެ ޖީ.އެން މޮޑެލްގެ ފޭކް ސައިކަލުތައް ރާއްޖޭގައި ވިއްކަމުން އެބަދޭ: ޔުނިމެކްސް

08 ޖެނުއަރީ 2018
ސުޒުކީ ބްރޭންޑުގެ ޖީ.އެން މޮޑެލްގެ ފޭކް ސައިކަލުތައް ރާއްޖޭގައި ވިއްކަމުން އެބަދޭ: ޔުނިމެކްސް
29 ޑިސެމްބަރު 2017

ބިދޭސީން ގެންނަ އެޖެންސީތަކުގެ ހައްގު ސަރުކާރުން ހިމަޔާތްކޮށްދޭން ޖެހޭ: އެމްއޭއީއޭ

29 ޑިސެމްބަރު 2017
ބިދޭސީން ގެންނަ އެޖެންސީތަކުގެ ހައްގު ސަރުކާރުން ހިމަޔާތްކޮށްދޭން ޖެހޭ: އެމްއޭއީއޭ
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް