Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީރާ: އެންފޯސްމަންޓް އެކްޝަންތަކަށް ލުޔެއް

އިންސްޓޯލްމަންޓަށް ޓެކްސް ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް

28 މެއި 2020 | ބުރާސްފަތި 10:58

އިންސްޓޯލްމަންޓަށް ފައިސާ ދެއްކުން ވަނީ ޖޫން މަހުގެ ނިޔަލަށް ފަސްކޮށް ދެވިފައި

އަމަން ހަލީމް
އަމަން ހަލީމް | 28 މެއި 2020 | ބުރާސްފަތި 10:58
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ: ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ގޭގައި ތިބެގެން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ: ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ގޭގައި ތިބެގެން

އިންސްޓޯލްމަންޓަށް ޓެކްސް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ދީފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުތައް މީރާއިން ހަމަޖައްސާދީފައި ވާއިރު، އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން ފުރަތަމަ ޕޭމަންޓު (ކޮމިޓްމަންޓް ޕޭމަންޓު) ގެ އަދަދު ދަށްކުރުމަށް ނިންމާ، ޑޭޓަޑް ޗެކް ބެހެއްޓުމަށް މަޖުބޫރު ކޮށްފައި އޮތުމަށް ވަނީ ލުއިތަކެއް ދީފަ އެވެ. މިދިން ލުއިތައް 30 ޖޫން 2020 ގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް މީރާއިން ބުނެއެވެ.

މީރާ އިން ދިން ލުއިތައް ހިމެނޭ ގޮތަށް، މިހާތަނަށް 74 އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ. މިހާރު އިންސްޓޯލްމަންޓު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ވެސް ޖޫން މަހުގެ ނިޔަލަށް ފައިސާ ދެއްކުން ލަސްކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭ މުއްދަތު ވެސް ވަނީ އިތުރުކޮށްދީފަ އެވެ.

މީރާ ގެ އެންފޯސްމަންޓް އެކްޝަންތަކަށް ލުޔެއް ދޭން ނިންމީ، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު މާލީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވި އެވެ.

މީރާ ގެ އެންފޯސްމަންޓް އެކްޝަންތަކަށް ލުއި ދިނުމުގެ އިތުރަށް، އެ އިދާރާ އިން އަންނަނީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމައްޖައްސަމުންނެވެ. އެގޮތުން، ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކެނޑިފައި ވުމާއި ގުޅިގެން، ވައިބަރ މެދުވެރިކޮށް ޓެކްސްޕޭޔަރުންނަށް ބޭނުންވާ މައުލޫމާތުތައް ދިނުމުގެ އިންތިޒާމުތަކާއި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް