Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

ކޮވިޑާއި ހެދި އެސްޓީއޯގެ ހޮޓާ ނުވިއްކުނު!

30 އޯގަސްޓު 2020 | އާދީއްތަ 17:58

ހޮޓަލުގެ ލީސް ރެންޓުގެ ގޮތުގައި އެޗްޑީސީ އަށް ދައްކަން ޖެހިފައިވާ ހަތަރު މިލިއަން ޑޮލަރު މިހާރު ވަނީ ވެއިވް އޮފް ކޮށްފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 އޯގަސްޓު 2020 | އާދީއްތަ 17:58
ހުޅުމާލޭަގައި ތަރައްގީކުރަމުން ދިޔަ އެސްޓީއޯ ހޮޓާ

ހުޅުމާލޭަގައި ތަރައްގީކުރަމުން ދިޔަ އެސްޓީއޯ ހޮޓާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ހޮޓާ ގަންނަން އުޅުނު ފަރާތުން މިހާރު އެތަން ނުގަންނާނެ ކަމަށް ބުނެފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެސްޓީއޯ އިން ކުރިއަށް ގެންދިޔަ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު ހޮޓާ ގަންނާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމުން އެކަށީގެންވާ އަގަކަށް ހޮޓާ ގަންނާނެ ފަރާތެއް ހޯދުނު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ފަރާތުން މިކަމުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ހޮޓަލުގެ ލީސް ރެންޓުގެ ގޮތުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އަށް ދައްކަން ޖެހިފައިވާ ހަތަރު މިލިއަން ޑޮލަރު އެޗްޑީސީ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ނުދެއްކުމަށް ނިންމާފައިވާ ކަމަށާއި މި އެއްބަސްވުމަކީ ދެފަރާތް ގުޅިގެން ހޮޓާ ވިއްކާލުމަށް ވެފައިވާ އެއްބަސްވުމަކަށް ވާތީ ލީސް މުއްދަތު އިތުރު ކުރުމާއި ހޮޓަލުގެ ކުލީގެ މައްސަލަ ހައްލު ކުރުމަށް ހުރި ގޮންޖެހުންތަކަށް މިހާރު ވަނީ ނިމުމެއް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ހޮޓާ ތަރައްގީ ކުރުމަށް ގިނަ ކުންފުނިތަކާ މީގެ ކުރިން ހަވާލު ކުރި ނަމަވެސް އެ ކުންފުނިތަކަށް ދީފައިވާ އެއްބަސްވުންތައް މިހާރު ބާތިލް ކޮށްފައިވާކަން ފާހަގަކުރައްވާ މި ބަދަލުތަކަކީ އޭގެ ސަބަބުން އެސްޓީއޯ އަށް މާލީ ގޮތުން ގެއްލުމެއް ކުރިމަތިނުވާނެ ގޮތަށް ގެނެވުނު ބަދަލުތަކެއް ކަމަށް އަމްރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތައް ނުކުތުމުގެ ބޭނުމުގައި އެސްޓީއޯ އިން 25 އަހަރުގެ މުއްދަތަކަށް ހުޅުމާލެ އިން ނެގި ބިމުގައި 250 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރުމަށް އެކުންފުނިން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން އެ މަޝްރޫއު ފެށުމުގެ ގޮތުން 60 މިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް އެސްޓީއޯ އިން 2011 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާއި ގުޅިގެން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ހޮޓާ ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓެއްގައި ސޮއިކުރިއެވެ. އަދި 2013 ވަނަ އަހަރު ކޮންޓްރެކްޓަރުން އައްޔަންކޮށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ހޮޓާ ތަރައްގީ ނުވެ ދިގުލައިގެން ގޮސް 2018 ވަނަ އަހަރު އެ ކުންފުނިން ވަނީ އެ ހޮޓާ ވިއްކާލަން ނިންމާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 މެއި 2019

އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމައިފި

17 މެއި 2019
އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމައިފި
08 މެއި 2019

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު!

08 މެއި 2019
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު!
02 މެއި 2019

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މެއި 16 ގައި

02 މެއި 2019
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މެއި 16 ގައި
14 މާރިޗު 2019

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި

14 މާރިޗު 2019
އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި
30 ޖެނުއަރީ 2019

އެސްޓީއޯގެ 4 ވަނަ ކުއާޓަރގައި 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

30 ޖެނުއަރީ 2019
އެސްޓީއޯގެ 4 ވަނަ ކުއާޓަރގައި 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
28 ޑިސެމްބަރު 2018

އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ

28 ޑިސެމްބަރު 2018
އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ
09 ޖޫން 2018

ތިނަދޫގައި އެސްޓީއޯގެ ފިއުލް ޝެޑެއް ހުޅުވައިފި

09 ޖޫން 2018
ތިނަދޫގައި އެސްޓީއޯގެ ފިއުލް ޝެޑެއް ހުޅުވައިފި
01 ޖޫން 2018

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ބާލަން ގުޅީފަޅުގައި ބަނދަރެއް ހަދަނީ

01 ޖޫން 2018
އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ބާލަން ގުޅީފަޅުގައި ބަނދަރެއް ހަދަނީ
31 މެއި 2018

އެސްޓީއޯގެ ހިއްސާއަކަށް 55 ރުފިޔާ ބަހަނީ

31 މެއި 2018
އެސްޓީއޯގެ ހިއްސާއަކަށް 55 ރުފިޔާ ބަހަނީ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް