Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ވެރިކަމުގެ ނިޒާމް

ރާއްޖޭގައި މިހާރު މިއޮތީ ވެރިންގެ ކިބައިން މަދަދު ހޯދުމުގެ ސަޤާފަތެއް: ފިރުޝާން

15 ޖެނުއަރީ 2025 | ބުދަ 05:59

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަން ޖެހޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 15 ޖެނުއަރީ 2025 | ބުދަ 05:59
ޑިމޮކްރަޓްސްގެ ވަގުތީ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން

ޑިމޮކްރަޓްސްގެ ވަގުތީ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން

ރާއްޖޭގައި މިވަގުތު އޮތް ވެރިކަމުގެ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ހުރިހާ ބާރެއް އޮތީ ރައީސްގެ އަތުގައި ކަމަށާއި އެހެން ކަމުން ގައުމުގައި މިހާރު މި އޮތީ ވެރިންގެ ކިބައިން މަދަދު ހޯދުމުގެ ސަޤާފަތެއް އުފެދިފައިކަމަށް ދަ ޑިމޮކްރަޓްސްގެ ވަގުތީ ރައީސް ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ކަންކަން މިހާރު އޮތްގޮތާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑު މިހާރު މިއޮތީ އޭރަކު ވެރިއަކަށް ހުންނަ ވެރިއަކަށް ހުރިހާ ބާރެއް ލިބޭގޮތަށް ބައްޓަން ކުރެވޭގޮތަށް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ބަލާލިނަމަވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފިރުޝާން ވިދާޅުވީ މި ސަރުކާރުގައި އެންމެ ބާރުގަދަ މީހަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވެފައިވާ ކަމަށާއި ވެރިކަމުގައި ހުންނަ ވެރިޔަކު ބޭނުން ނުވާ އެއްވެސް ގޮތަކަށް ގައުމުގައި މިހާރު ކަންކަން ވަމުން ނުދާކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވާ ފިރުޝާން ވިދާޅުވީ މި ސަރުކާރަށް މަޖިލީހުން ލިބިފައިވާ ސުޕަ މެޖޯރިޓީ ވެސް މި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަތްދަށުގައި ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލިސް ވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ މިނިވަން މުއައްސަސާތަކަށް ވެސް މިހާރު މިއޮތީ ރައީސުލް ޖުމްހޫރިއްޔާ އަތްބާނައި ބޭނުން ގޮތެއް ހެދޭގޮތަށް ހަދާފައިކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ މާ ބޮޑުމީހަކަށް ހަދައިގެން، މާ ވަރުގަދަ މީހަކަށް ހަދައިގެން އުޅެން އުޅުމުގެ ނަތީޖާ އަކީ މިއަދު މި ސަރުކާރު ޖަވާބުދާރީ ކުރެވެންވެސް އަދި މަޖިލިސް މެމްބަރުންނަށް ރައްޔިތުން ތަމްސީލުކުރެވޭނެ ގޮތެއްވެސް މިއަދު ނެތުން ކަމަށެވެ. އެކަމުގެ ނަތީޖާ މިއަދު ގައުމުން ފެންނަމުންދާ ކަމަށާއި އެގޮތުން މުޅިގައުމުގައި ވައްކަމާއި ކަރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އޮތުމުގެ އަސްލަކީ ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް، އެ ބޭނުންވާ ކަންކަން ނިންމުން ކަމަށާއި ނަމަވެސް މިއަދު މަޖިލިސް މެމްބަރުން މި ތަބާވާން ޖެހެނީ ސަރުކާރުގެ ވިޕަކަށް ކަމަށެވެ. އެނޫންގޮތަކަށް މަޖިލިސް މެމްބަރުން ކަންތައް ކޮށްފި ނަމަ ގޮނޑިގެއްލޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރިހާ ކަމެއްވެސް ގޯސްކޮށް މި ދަނީ ސަރުކާރުގެ މިހާރުގެ އޮނިގަނޑުގެ މައްސަލަ އަކުން ކަމަށް ފާހަގަކުރައްވާ ފިރުޝާން ވިދާޅުވީ މިހާރު ސަރުކާރުގެ މި އޮނިގަނޑު އޮތްގޮތުން މަޖިލިސް މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ސަލާންޖަހަން ޖެހޭނެ ކަމަށާއި އަދި ކައުންސިލަރުން މަޖިލިސް މެބަރުންނަށް ސަލާންޖަހަން ދާންޖެހޭނެކަމަށެވެ. އެހެން ކަމުން ރާއްޖޭގައި މިހާރު މިއޮތީ ވެރިން، ވެރިންގެ ކިބައިން މަދަދު ހޯދުމުގެ ސަޤާފަތެއްކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވަން ބަލާއިރު، މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްދަށުގައި ކަމަށާއި އެހެން ކަމުން މިކަން މިގޮތަށް އޮތްހާ ހިނދަކު ސަރުކާރު ޖަވާބުދާރީ ކުރެވޭނޭ ހަމައެއްވެސް މަގެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ވެރިކަމުގެ ނިޒާމް މިހާރު މިއޮތް ގޮތުން ހުރިހާކަމެއްވެސް ރައީސުލްޖުމްހޫރިއްޔާއާއި ހަމައިން ހުއްޓިފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ނުރުހުންވެދާނެތީ އެއްވެސް ކަމެއް މިއަދު ކުރެވެން ނެތްކަމަށެވެ. އެހެންކަމުން ސަރުކާރުގެ މި އޮނިގަނޑު އެތުރިފައި މި އޮންނަގޮތް ބަދަލުކުރުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެކަން ނުކޮށް ރާއްޖެއަށް ކުރިމަތިވަމުން މި އަންނަ ގޮންޖެހުންތަކުން އަރައިނުގެނެވޭނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް