Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ ވަގު ފޯމް

ވަގު ފޯމު ހުށަހެޅި ކަމަށް ޕީއެންސީން އެއްބަސްވެއްޖެ

14 ޖެނުއަރީ 2025 | އަންގާރަ 10:45

ޕީއެންސީން މެމްބަރުން އިތުރުކުރުމުގެ ނަމުގައި މީޙުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށް ޕާޓީ ބަދަލުކޮށްފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 ޖެނުއަރީ 2025 | އަންގާރަ 10:45
ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.

ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.

ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރު ކުރުމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަށް ކުރެވިފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް އެ ޕާޓީން އެއްބަސްވެއްޖެ އެވެ.

ޕީއެންސީން ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަމަށް އެއްބަސްވެފައިވަނީ އެ ޕާޓީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

މަޖިލިސް މެމްބަރުންވެސް ހިމެނޭ ގޮތަށް ގިނަ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަގައިގެން ޕީއެންސީއަށް ވެއްދި މައްސަތަލަތަކެއް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށިގެން އަންނަނީ ފެންމަތިވަމުންނެވެ. ނަމަވެސް މީގެ ކުރިން އެ ޕާޓީން ބުނަމުން އައީ އެފަދަ ވައްކަމެއް ނުކުރާ ކަމަށެވެ.

ގިނަ ބައެއްގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ޕީއެންސީގެ މެމްބަރުން އިތުރުކުރުމަށް އެ ޕާޓީގެ ދަފްތަރުގައި ޖެއްސިކަމަށް މިއީ ޕީއެންސީން އެއްބަސްވި ފުރަތަމަ ފަހަރެވެ.

އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްޚަ ނޫން، ވަގު ފޯމުތަކެއް ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕީއެންސީއިން ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ ފަރާތުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ވެރިފައި ކުރެވޭނެ އެއްވެސް ގޮތެއް އެ ޕާޓީއަށް ލިބިފައި ނެތް ކަމަށެވެ.

އަދި ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑު ކުރަމުންދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ނެތުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަ ކަމާއި މެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުން އެއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 100،000 މެމްބަރުން ހަމަކުރުމަށް ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމާ އެކު މެމްބަރުން އިތުރު ކުރުމުގެ ގިނަ ހަރަކާތްތަކެއް އެ ޕާޓީން ކުރިއަށްގެންދިޔަ އެވެ. މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވާދައަށް ފޯމު ފުރައިގެން އެ ޕާޓީގެ ސެކްރެޓޭރިއަޓާ ހަވާލުކުރި އެވެ.

އޭގެ ތެރެއިން ބައެއް ފޯމުތަކާ ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވެސް ހަވާލުވެވަޑައިގެންނެވި އެވެ. އެ ފޯމުތައް ޕީއެންސީން އީސީއަށް ހުށަހަޅައި ޕްރޮސެސް ކުރަމުން ދަނިކޮށް ވަގު ފޯމު ހުށަހެޅި ކަމުގެ މައްސަލަތަކެއް ފެންމަތިވި އެވެ. އޭގެ ތެރެއިން ބައެއް ފޯމުތަމުގެ ހެކިވެރިންނަށް ސޮއިކޮށްފައި ތިބީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިވަގުތު ވެސް ތިއްބެވި ބޭފުޅުންނެވެ.

ޕީއެންސީއަށް ސޮއި ނުކުރާ ބައެއް މީހުންވެސް އެމީހުންނަށް ނޭނގި އެ މީހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ފިންގަޕްރިންޓް ޖަހައިގެން ފޯމު ފުރައި ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް އެ މީހުންގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާކަން ހާމަވި އެވެ. އޭރު ވެސް ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކުގެ ތެރޭގައި ޕީއެންސީގެ ހަރަކާތްތެރިން ފޯމު ފުރަމުންދިޔަ ފޮޓޯތަކެއް އާންމުވި އެވެ.

މި މައްސަލަ ގިނަބައެއްގެ ސަމާލުކަމަށް އައީ ހޯމަ ދުވަހު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން އެ ފޯމު ޕްރޮސެސްކޮށް އޭނާގެ ރެޖިސްޓްރީ ޕީއެންސީއަށް ބަދަލުކުރިކަން ފަޅާއެރުމުންނެވެ. އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދުކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް