Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގު ފޯމުގެ މައްސަލަ

ވަގު ފޯމް ފުރިމީހުން އެނގޭ، ޕީއެންސީގެ ތެރެއިން މިކަން ކުރުމަކީ ލަދުވެތިކަމެއް - އަސްމާ

13 ޖެނުއަރީ 2025 | ހޯމަ 18:23

އެކަން ކުރަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝިއަލް ބީޗާ ދިމާލުގައި ހުންނަ ޕީއެންސީ ޖަގަހައިގެ ހުންނަ ކޮޓަރިއެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖެނުއަރީ 2025 | ހޯމަ 18:23
ޕީއެންސީން ފުރާފައިވާ މެމްބަރޝިޕް ފޯމް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އާ ހަވާލު ކުރަނީ

ޕީއެންސީން ފުރާފައިވާ މެމްބަރޝިޕް ފޯމް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އާ ހަވާލު ކުރަނީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތެރެއިން ވަގުފޯމް ފުރިމީހުން އެނގޭ ކަމަށާއި، ޕީއެންސީގެ ތެރެއިން މިކަން ކުރުމަކީ ލަދުވެތިކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެއެވެ.

އަސްމާ މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާކަން ފަޅާ އަރާފައިވަނިކޮށް، ޕީއެންސީގެ މަޖިލިސް މެންބަރުން ތިބި ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

Advertisement - newsAdvertisement

އަސްމާ ވިދާޅުވީ އެކަންކުރި މީހުން އެނގޭ ކަމަށާއި، ހިތާމައަކީ ޕީއެންސީގެ ތެރެއިން އެކަން ކުރުން ކަމަށެވެ. އަސްމާގެ މެސެޖުގައި ވިދާޅުވެފައިވަނީ މިއީ މީހުން އިތުރުކުރާ ގޮތް ނޫން ކަމަށާއި، މިއީ ވަރަށް ވިޔާނުދާ ލަދުވެތި ކަމެއް ކަމަށެވެ.

"ވަރަށް ލަދުވެސް ގަނޭ" އަސްމާ ފޮނުވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

އަސްމާ ވިދާޅުވީ ޕީއެންސީއަށް ވަގަށް ފޯމް ފުރަނީ ކޮންތާކުކަންވެސް މެސެޖުގައި ވިދާޅުވެފައެވެ. އެގޮތުން އެކަން ކުރަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝިއަލް ބީޗާ ދިމާލުގައި ހުންނަ ޕީއެންސީ ޖަގަހައިގެ ހުންނަ ކޮޓަރިއެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކުގައި ބޭނުންކޮށްފައިވަނި އައިޑީ ކާޑުގައި ހުންނަ ފޮޓޯތަކުގައި މީހާ ލައިގެން ހުންނަ ގަމީސް ބަދަލުކޮށްގެން ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.

ޕީއެންސީއަށް ވަގަށް މީހުން ވައްދާ މައްސަލަ ފެންމަތިވެފައިވާއިރު، ދުވަހަކުވެސް ސިޔާސީ ޕާޓީއަކަށް ނުވަންނަ މީހުންނާއި، އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އަދި މި ފޯމްތަކުގައި މައިގަނޑު ގޮތެއްގައި ޒިންމާދާރުވެރިއެއްގެ ގޮތުގައި ޕާޓީގެ ފަރާތުން ސޮއިކޮށްފައި ހުންނަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހަމީދެވެ.

ޕީއެންސީގެ ވަގު ފޯމުގެ މައްސަލަ ބޮޑުވެފައި އޮއްވާ، އެމްޑީޕީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުވެސް ޕީއެންސީއަށް ވައްދާ ވަގު ފޯމެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށް، ޒިޔާދުގެ މެމްބަރޝިޕް ބަދަލުކުރަން ހުށަހެޅި މައްސަލައިގައި ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް