Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމު މައްސަލަ

އަޅުގަނޑުގެ ގޮނޑިއާމެދު ގޮތެއް ނިންމާނަމަ މެންބަރު އަފޫގެ ގޮނޑިއާމެދުވެސް ގޮތެއް ނިންމަންޖެހޭނެ - ޒިޔާދު

ގޮނޑިއާމެދު ގޮތެއް ނިމޭއިރުގައި އެ ފޯމްގެ ތިރީގައި ސޮއިކޮށްފައި އިން މީހާގެ ގޮނޑިއާ ދޭތެރޭގައި ވެސް ގޮތެއް ވާންޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖެނުއަރީ 2025 | ހޯމަ 13:30
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޕާޓީ ބަދަލުކޮށްފައިވާ މައްސަލައިގައި އޭނާގެ ގޮނޑިއާމެދު ގޮތެއް ނިންމާނަމަ އެނާގެ ފޯމުގައި ޒިންމާ ނަގާނެކަމަށް ބުނެ ސޮއިކޮށްފައިވާ މެންބަރު މުހައްމަދު އަފޫ ހާމިދުގެ ގޮނޑިއާމެދުވެސް ގޮތެއް ނިންމަންޖެހޭނެކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް ޒިޔާދު ވައްދާފައިވާ މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރުމަށްފަހު ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ވައިކަރަދޫގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި، ދުވަހަކު ޕާޓީއަކަށް ނުވަންނަ ފަރާތްތައްވެސް ޕީއެންސީއަށް ވެއްދުމުން އެ ޝަކުވާތައް އައި ކަމަށެވެ. އަދި ހޯމަ ދުވަހު އޭނާ އޮތީ ކޮން ޕާޓިއެއްގައިތޯ އިއްތިފާގަކުން ޗެކް ކުރި އިރު އިނީ ޕީއެންސީގައި ކަަމަށާއި، އޭނާއަށް ނޭނގި ޕާޓީ ބަދަލުކުރިކަން އެނގުނީ އެހިސާބުން ކަމަށެވެ.

ޒިޔާދު ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު އޭނާގެ ގޮނޑިއާމެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް ގޮނޑި ގެއްލިގެން ކަންބޮޑު ނުވާ ކަމަށާއި، މާދަމާ އިންތިހާބެއް ބޭވިޔަސް ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި މެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލުމުން ދެން ކުރާނެ ކަމެއް ނޯންނާނެ ކަމަށާއި އެއީ ކަންބޮޑުވާކަމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދުގެ ފޯމުގައި ޕާޓީގެ ރަޖިސްޓްރާ ނުވަތަ ޒިންމާވާ ވެރިއެއްގެ ގޮތުގައި އޮތީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހަމީދުއެވެ.

ޒިޔާދު ވިދާޅުވީ ޕާޓީ ބަދަލުކުރުވުން އެއީ ޕީއެންސީއަށް އައުކަމެއް ނޫން ކަމަށެވެ. އަދި މިއީ އެހެން ހުރިހާ ހިސާބެއްގައި ވެސް ކަންކުރާގޮތް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިކަން މިހިސާބަށް ކޮންމެ ކޮންމެ މެންބަރެއް ނުކުރާނެ ކަމަށެވެ. އަދި އާންމު ރައްޔިތެއްގެ ޕާޓީ ބަދަލުކުރާއިރު އެ ކުރެވެނީ ބޮޑު ބޭ އިހުތިރާމެއް ކަމަށާއި، އެކަން ކުރަނީ ވެސް އެންގުމެއް ނެތި ކަމަށެވެ. އަދި ޕީއެންސީއަށް ވެއްދިކަން ނޭނގޭ ހާހުން ރައްޔިތުން ތިބޭނެ ކަމަށާއި، މިއީ ބޮޑު އިންސާފެއް ކަމަށެވެ.

ޒިޔާދު ވިދާޅުވީ ޒާތީ މައުލޫމާތާއެކު ޕީއެންސީން ނަގަނީ މީހާ ވަގަށް ކަމަށާއި، މިކަމުގެ މައިގަނޑު ވިސްނުމަކީ ޕާޓީއަށް މީހުން އިތުރުކުރުން ކަމަށާއި، ނޫނީ ޕާޓީއަށް ލިބޭ ފައިސާ އިތުރުކުރުން ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު