Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަގަށް ޕީއެންސީ އަށް މީހުން ވެއްދުން

އެމްޕީ ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމު ހޯދަން އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ދަނީ

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ އެމްޑީޕީގެ އެތައް މެމްބަރުންގެ މައްސަލަ އީސީގެ ސަމާލު ކަމަށް ވަނީ ގެނެސްފައި

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 08:23
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު - ވެރިކަން ކުރާ ޕީއެންސީ އަށް ވަގަށް ވަނީ ވައްދާފައި

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު - ވެރިކަން ކުރާ ޕީއެންސީ އަށް ވަގަށް ވަނީ ވައްދާފައި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި .އިދާރާތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އިން ގޮވާލައިފިއެވެ.

Advertisement - newsAdvertisement

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނެސްފައިވާނެ ކަމަށް އެޕާޓީން ނެރުނު ބަޔާނެއްގައިވެ އެވެ.

"އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މި ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ."

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީ އިން އީސީގައި އެދިފައިވާނެ ކަމަށް ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

"މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި މައްސަލާގައި މެމްބަރު ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް މިއަދު މެންދުރު 14:00 ގައި މި ޕާޓީން އީސީއަށް ދިޔުމަށް ވަނީ ނިންމާފަ އެވެ." ބަޔާނުގައި ވެއެވެ.

ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ޖޫން
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
20242 އަހަރު ކުރިން
މީހުން

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ
20233 އަހަރު ކުރިން
ކޮލަމް

އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ

ރިލްވާނުގެ މަރާއި ގުޅިގެން އަހަނދު ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ރިލްވާނުގެ މަރާއި ގުޅިގެން އަހަނދު ހައްޔަރުކޮށްފި

13 އަހަރުގެ 'އަޅުވެތި' ކަމަށްފަހު ބްރިޓްނީ ސްޕިއަރސްގެ ހަގީގަތް ކިޔައިދީފި، ދަރިން ހޯދަންވެސް ހުއްދަ ހޯދަން ޖެހޭ!
20215 އަހަރު ކުރިން
ރިޕޯޓު

13 އަހަރުގެ 'އަޅުވެތި' ކަމަށްފަހު ބްރިޓްނީ ސްޕިއަރސްގެ ހަގީގަތް ކިޔައިދީފި، ދަރިން ހޯދަންވެސް ހުއްދަ ހޯދަން ޖެހޭ!

ގެއެއްގެ  ބެލްކަނިން ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ގެއެއްގެ ބެލްކަނިން ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

އަދީބަށް ޖަލުގައި ހުރި ތަފާތު ކުރުންތައް ބަންޑުން ކޮށްލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

އަދީބަށް ޖަލުގައި ހުރި ތަފާތު ކުރުންތައް ބަންޑުން ކޮށްލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު