Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ރައީސް މުޢިއްޒުގެ ވެރިކަން ފަސް އަހަރަަށް އޮންނާކަށް ނުޖެހޭ: ޝިފާޒު

ޝިފާޒު ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ވެރިކަން ފަސް އަހަރު ވަންދެން އޮތުން އެއީ އަތް އުރާލައިގެން ތިބެވޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 04:04
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މި ވެރިކަން، ފަސް އަހަރު ވަންދެން އޮންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ޝިފާޒު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ދާދި ފަހުން ޝިފާޒު ވަނީ ދަ ޑިކޮމްރަޓްސްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އާދީއްތަ ދުވަހު ޝިފާޒު ވަނީ އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ވެރިކަން ފަސް އަހަރު ވަންދެން އޮތުން އެއީ އަތް އުރާލައިގެން ތިބެވޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ޝިފާޒު ވިދާޅުވީ ބަޣާވާތެއް ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ރައީސް މުޢިއްޒު އާއި ސަރުކާރުން ކަންކަން ސިފަ ކުރައްވަނީ ވަރަށް ޒާތްޒާތަށް ކަމަށެވެ. އެގޮތުން ދާދި ފަހުން ވޮޝިންޓަން ޕޯސްޓުގައި ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ޝާއިއުކޮށްފައިވާ ލިޔުމަށް އިޝާރާތް ކުރައްވާ ޝިފާޒު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ވެރިކަން ބަދަލު ކުރުމުގެ ބާރު ދީފައި އޮތް ތަން ކަމަށެވެ. މަޖިލިހުން ސަރުކާރެއް ބަދަލު ކުރުމަށް ވެސް، ރައީސް މުޢިއްޒު އާއި މިހާރުގެ ސަރުކާރުން ކިޔަނީ ބަޣާވާތް ކަމަށް ޝިފާޒު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޤައުމީ ބޭންކުން ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލަށް ވެސް ރައީސް މުޢިއްޒު އާއި ސަރުކާރުން ކިޔާފައި ވަނީ ބަޣާވާތްކަން ފާހަގަ ކުރައްވައި ޝިފާޒު ވިދާޅުވީ، ރައީސް މުޢިއްޒު އާއި ސަރުކާރުން ބަޣާވާތް ސިފަ ކުރާ ގޮތާއި، ޝިފާޒުމެން ސިފަ ކުރައްވާ ގޮތް ވަރަށް ތަފާތު ކަމަށެވެ. އެކަމަށް ކިޔާ ނަން ތަފާތުވާކަން ފާހަގަ ކުރައްވައި ޝިފާޒު ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ވެރިކަން ފަސް އަހަރު ދުވަަހަށް އޮންނަން ނުޖެހޭ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޝިފާޒު ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިކަން، ކުރީ ބައިގައި އެނގިވަޑައިގެންނެވި ނަމަ، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަަށެވެ. ވެރިކަން ބަދަލު ކުރުމުގެ ޒިންމާ އާއި ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެކަން ކުރެވޭނީ މަޖިލީހަށް ކަމަށް ޝިފާޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޝިފާޒުގެ އިތުރުން ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލްއުސްތާޛް ޙަސަން ލަޠީފް (ޙަސަންކޮ) އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން، ޙުސެއިން އަމްރު ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މި ބޭފުންނަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރޭގައި، ދަ ޑިކޮމްރަޓްސް އުފައްދަވައި، އެ ޕާޓީގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެގޮތުން އަމްރު އަކީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު އެވެ. ޑިމޮކްރަޓްސް އިން ވަކިވުމާ ހަމައަށް ޙަސަން ލަޠީފް ހުންނެވީ އެ ޕާޓީގެ ރައީސްކަމުގަ އެވެ. ޝިފާޒު ހުންނެވީ އެ ޕާޓީގެ ނައިބު ރައީސްކަމުގަ އެވެ.

އެމްޑީޕީގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމުން، އެ ޕާޓީގެ އިސްވެރިން އަދި އާންމު މެމްބަރުން ވެސް އަންނަނީ އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު