Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރަޓްސް

ދަ ޑިމޮކްރަޓްސްގެ ނައިބު ރައީސް ޝިފާޒް އިސްތިއުފާ ދެއްވައިފި

އޭނާ އިސްތިއުފާ ދެއްވީ އެ ޕާޓީގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތަށްވުރެ ފުޅާ ދާއިރާއެއްގައި ސިޔާސީ ޙަރަކާތް ހިންގެވުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2025 | ހޮނިހިރު 09:26
މުޙައްމަދު ޝިފާޒް

މުޙައްމަދު ޝިފާޒް

ދަ ޑިމޮކްރަޓްސްގެ ނައިބު ރައީސްކަމުގެ މަގާމުން މުޙައްމަދު ޝިފާޒު (ޝިއްޕެ) އިސްތިއުފާ ދެއްވައިފި އެވެ.

ޑިމޮކްރަޓްސްގެ ނައިބު ރައީސްކަމުން ޝިފާޒު އިސްތިއުފާ ދެއްވާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެކަން ކަށަވަރުކޮށްދެއްވަމުން ޝިފާޒް ވިދާޅުވީ ޑިމޮކްރަޓްސްގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ، އެ ޕާޓީގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތަށްވުރެ ފުޅާ ދާއިރާއެއްގައި ސިޔާސީ ޙަރަކާތް ހިންގެވުމަށް ބޭނުންފުޅުވާތީ އެ މަގުން ކުރިއަށް ވަޑައިގެންނެވުމުގެ ބޭނުންފުޅުގައި ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒު އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރެއްވި ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ މި ދަނޑިވަޅުގައި، ޝިފާޒު އެމްޑީޕީ އަށް ސޮއި ކުރެއްވިންތޯ ރާއްޖެ އެމްވީ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އަދި ސޮއި ނުކުރައްވާ ކަމަށެވެ.

ޑިމޮކްރަޓްސްގެ ނައިބު ރައީސްކަމުން ޝިފާޒު އިސްތިއުފާ ދެއްވާފައިވާއިރު، ޝިފާޒް ވަނީ މީގެ ކުރިން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގައި ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމު ޝިފާޒު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ޝިފާޒު ވަނީ ކުރައްވައިފަ އެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޝިފާޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އެޮފީހުގެ މިނިސްޓަރު ކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އެ މަގާމުން އޭރު ޝިފާޒު ވަކި ކޮށްފައި ވަނީ، އެމްޑީޕީ ދެ ބައިވެގެން ދިޔަ ދަނޑިވަޅުގަ އެވެ.

އޭގެ ފަހުން ޝިފާޒު ވަނީ ދަ ޑިމޮކްރަޓްސް އުފެއްދެވުމުގައި ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު