Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހުކުރު ދުވަހުގެ ރޭ ޣައްޒާ އަށް އިސްރާއީލުން ބޮން އަޅާ 3 މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްފި

މިހާތަނަށް މަދުވެގެން 46,006 ފަލަސްތީނު މީހުން ޝަހީދުވެ، 109,378 ށް ވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 05:06
09 ޖެނުއަރީ 2025 - އިސްރާއީލުން ދީރުލް ބަލާހް އަށް ދިން ވައިގެ ހަމަލާއެއްގައި ދަރިފުޅު ގެއްލުމުން ފަލަސްތީނުގެ މަންމައަކު ހިތާމަކުރަނީ

09 ޖެނުއަރީ 2025 - އިސްރާއީލުން ދީރުލް ބަލާހް އަށް ދިން ވައިގެ ހަމަލާއެއްގައި ދަރިފުޅު ގެއްލުމުން ފަލަސްތީނުގެ މަންމައަކު ހިތާމަކުރަނީ

ހުކުރު ދުވަހުގެ ރޭ ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 3 ފަލަސްތީނު މީހުން ޝަހީދުވެ، އިތުރު 10 މީހުން ޒަޚަމްވިކަމަށް ވަފާ ނިއުސް އިން ބުނެފިއެވެ.

ވަފާ އިން ބުނިގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ހަމަލާ ދިނީ ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައިވާ ރިމާލް ހިސާބުގެ އަލް-ކަންޒް މިސްކިތާ ކައިރީގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނަކާއި އަންހެން ކުއްޖަކު ހިމެނެއެވެ.

މި ހަމަލާގައި ކައިރީގައި ހުރި ގެތަކަށް ގެއްލުން ލިބުނެވެ.

ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައިސީޖޭ) އިން ޣައްޒާގެ ރަފަހް ގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް ޤާނޫނީ ގޮތުން ލާޒިމް ނިންމުމެއް ނެރުނު ނަމަވެސް، އިސްރާއީލުން އެ ނިންމުމަށް އެއްވެސް އަޅާލުމެއް ނުބަހައްޓާ، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާ ގައި ނަސްލު ފޮހެލުމުގެ ޢަމަލުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. މި ޢަމަލުތަކަކީ ނަސްލު ފޮހެލުމުގެ ބައިނަލް އަގްވާމީ މުޢާހަދާގެ ދަށުން އިސްރާއީލުގެ މައްޗަށް އޮތް ޒިންމާތަކާ ޚިލާފު ކަންކަމުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

2023 އޮކްޓޯބަރު 7 ން ފެށިގެން އިސްރާއީލުން ގެންދަނީ ޣައްޒާ ގައި ނުރައްކާތެރި ހަނގުރާމައެއް ހިންގަމުންނެވެ. މިހާތަނަށް މަދުވެގެން 46,006 ފަލަސްތީނު މީހުން ޝަހީދުވެ، 109,378 ށް ވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން، މަދުވެގެން 10,000 މީހުން ގެއްލިފައިވެއެވެ. މި މީހުންނަކީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބެލެވޭ މީހުންނެވެ.

ފަލަސްތީނުގެ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މަރުވެ އަދި ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު