Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޖަގަހަ ޖަލްސާ

ރައީސް މުއިއްޒު ރައްޔިތުންނަށް ވައުދުވުމުގެ ނަމުގައި އެ ހަދަނީ ބުހުތާނު ދޮގު:ޑރ. ޑީޑީ

11 ޖެނުއަރީ 2025 | ހޮނިހިރު 11:40

ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބަލާލާއިރު، ފެންނަން ހުރީ ޞާލިހުގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުތަކެއް ހުއްޓިފައިވާ މަންޒަރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖެނުއަރީ 2025 | ހޮނިހިރު 11:40
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ

ރާއްޖޭގެ ވެރިކަމުގައި މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެހުންނެވީ، ދޮގުމަތިން ދޮގުހައްދަވަމުން ގޮސް، ބުހުތާން ދޮގުހެދުމުން ޑަބަލް ޕީއެޗްޑީ ހައްދަވައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.ޑީޑީ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނިމިގެން ދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފައެވެ. ހުވަދު އަތޮޅަށް ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވަނީ ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން މި ރަށްރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

ރައީސް ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުތަކަށް އިޝާރާތްކުރައްވައި ޑީޑި ވަނީ މިއީ ކޮން ބޭނުކަމު ރައީސް ކުރެއްވި ދަތުރުފުޅެއް ތޯ ސުވާލުއުފައްދާފައެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅަކީ ރަށްރަށަށް ކަންކަންތައްތަކެއް ކޮށްދެއްވުމުގެ ވައުދުތަކެއް ވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެއް ކަމަށް މީހުން ބުނާތީ އަޑުއިވޭކަމަށާއި އެފަދައިން ރަށްރަށަށް ކޮށްދޭ ކަންކަމުގެ ވާހަކަތައް ރައީސް އޮފީހުގައި ޕްރެސްކޮންފަރެންސް އެއް ބާއްވައިގެން ވެސް ދެއްކިދާނޭކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސް ހުވަދު އަތޮޅަށް ކުރެއްވި އެ ދަތުރުފުޅުގައި އެތަކެއް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވާފައިވާ ކަމަށާއި އަދި މި އަހަރު ފެށިގެން މި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދަތުރުތަކަށް އެކަނިވެސް އެތަކެއް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބަލާލާއިރު، ފެންނަން ހުރީ މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ ހުރިހާ ޕްރޮޖެކްޓުތަކެއް ހުއްޓިފައިވާ ތަންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން އަދި މިހާތަނަށް ވެވަޑައިގެން އެއްވެސް ވައުދެއް ފުއްދަމުން ނުދާ ކަން ފާހަގަކުރައްވާ ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅުގައި އިތުރު ވައުދުތަކެއް ވުމަށް ކަމަށް ވިދާޅުވެ އެ ހެއްދެވީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގުކަމަށެވެ. އަދި ބުހުތާނު ދޮގު ހައްދަވަމުން ހައްދަވަމުން ގޮސް މިހާރު ރައީސް މުއިއްޒު އެ ހުންނެވީ ޑަބަލް ޕީއެޗްޑީ ނަންގަވައިގެން ކަމަށް ވެސް ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑީޑީ ވަނީ ރައީސް މުއިއްޒުގެ މި ސަރުކާރުން ވޭޕް މަނާކުރުމުގެ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޑީދީ ވިދާޅުވީ ސިއްޚަތަށް ގެއްލުހުރި ކަންކަމަކީ ރައްޔިތުން އެކަމުން ދުރުކުރަން ޖެހޭ ކަންކަންކަމަށާއި އެ ފަދަ ސިޔާސަތުތަކަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ކަންކުރަން ޖެހޭނީ ވަކި އުސޫލެއްގެ ތެރެއިންކަމަށް ޑީޑީ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެކަންވެސް ކޮށްފައި އެހުރީ އެކަން ކުރަން ޖެހޭ ރަނގަޅު އުސޫލަކުން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެކަން ކޮށްފައި ވަނީ ރައްޔިތުންނަށާއި ޒުވާނުންނަށް ވެސް އެކަމުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭގޮތަށް ކަމަށް ވެސް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު ހެނދުނު ނެރުއްވާ ގަވައިދު ހަވީރުވާއިރު ބަދަލުކުރައްވާ އުނބައްޖަސަވަމުން ގެންދަވާކަމަށާއި ކަން މިހެން ހުރިއިރު، ރައީސް މުއިއްޒުގެ މި ސަރުކާރުގެ ހަރުދަނާ އެއްވެސް ސިޔާސަތެއް ރައްޔިތުންނަށް ފެންނަން ނެތްކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް