Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ކޯމޯ އިން ލާޒިއޯއާ އެއްވަރުކޮށްފި

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ލާޒިއޯ އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 36 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2025 | ހޮނިހިރު 04:55
ލާޒިއޯ އާއި ކޯމޯ ކުޅުނު މެޗުގެ ތެރެއިން

ލާޒިއޯ އާއި ކޯމޯ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ކޯމާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ލާޒިއޯ އިން ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލާޒިއޯގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ލާޒިއޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކޯމާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލާޒިއޯ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ބޮލާޔޭ ޑިއާ އެވެ. އޭނާ އެ ލަނޑު ޖެހީ މަތެއޯ ގުއެންޑޯޒީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލާޒިއޯގެ ލޯމް ޗައޮނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ލާޒިއޯ ކޮޅަށް ކޯމޯ އިން ލަނޑު ޖެހީ 72 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޓްރިކް ކަޓްރޯން އެވެ.

މެޗުން މޮޅުވެ ތިން ވަނައިގައި އޮތް އިންޓަރ މިލާނާ ދެމެދު ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ލާޒިއޯ އަށް އޮތެވެ. މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ލާޒިއޯ އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 36 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ލާޒިއޯ އަތުން ހޯދި އެއް ޕޮއިންޓާ އެކު ކޯމޯ އޮތީ 19 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2021

ޔުނައިޓެޑުން ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

02 ޖެނުއަރީ 2021
ޔުނައިޓެޑުން ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
26 ޑިސެމްބަރު 2020

ޔޫވީން ފަހު ވަގުތު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި

26 ޑިސެމްބަރު 2020
ޔޫވީން ފަހު ވަގުތު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި
24 ޑިސެމްބަރު 2020

ރެއާލުން އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

24 ޑިސެމްބަރު 2020
ރެއާލުން އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
08 ނޮވެމްބަރު 2020

ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި

08 ނޮވެމްބަރު 2020
ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި
02 އޯގަސްޓު 2020

ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި

02 އޯގަސްޓު 2020
ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު