Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި

24 ފެބުރުއަރީ 2020 | ހޯމަ 22:29

ވެސްޓް ހޭމް އަތުން ލިވަޕޫލް މޮޅުވީ 3-2 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ފެބުރުއަރީ 2020 | ހޯމަ 22:29
ލިވަޕޫލާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން

ޖެހިޖެހިގެން 18 މެޗުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑާ ލިވަޕޫލުން އެއްވަރުކޮށްފި އެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި 18 ވަނަ މޮޅެވެ. މިފަހަރުގެ ސީޒަނުގައި ލިވަޕޫލަށް ހަމައެކަނި ގެއްލުނު ޕޮއިންޓަކީ އޮކްޓޯބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުވުމުން ގެއްލުނު ދެ ޕޮއިންޓެވެ.

ޖެހިޖެހިގެން 18 މޮޅު ހޯދާ ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކުރިއިރު، ސިޓީން ރެކޯޑު ގާއިމުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 27 މެޗުން ލިބުނު 79 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކޯނަރަކުން އިސްސަ ޑިއޯޕް ވަނީ ވެސްޓް ހޭމްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ވެސްޓް ހޭމްއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ޑެކްލަން ރައިސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނަލްސް އެވެ. އެކަމަކު 68 ވަނަ މިނެޓުގައި މުހައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލުން ނަތީޖާ އެއްވަރުކުރިއިރު، މި މެޗުން އެޓީމު މޮޅުވީ 81 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލިވަޕޫލް މިހާރު ވަނީ ލީގުގައި ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ. ލިވަޕޫލަށްވުރެ ރެކޯޑް ރަނގަޅީ ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދައި ޖުމްލަ 49 މެޗު ހަމަކުރި އާސެނަލް އެވެ.

މީގެ އިތުރުން 30 އަހަރަށްފަހު ލީގު ޗެމްޕިއަންކަން ހޯދަން ދެން ލިވަޕޫލަށް ބޭނުންވަނީ 12 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ޕްރިމިއާ ލީގު: ލެސްޓާގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފި

24 ސެޕްޓެމްބަރު 2017
ޕްރިމިއާ ލީގު: ލެސްޓާގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފި
11 އޯގަސްޓު 2017

އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!

11 އޯގަސްޓު 2017
އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!
21 ޖުލައި 2017

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް