Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސާއިން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

15 ފެބުރުއަރީ 2020 | ހޮނިހިރު 21:26

ގެޓާފޭ އަތުން ބާސާ މޮޅުވީ 2-1 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ފެބުރުއަރީ 2020 | ހޮނިހިރު 21:26
ބާސާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ގެޓާފޭ އަތުން މޮޅުވެ ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.

ގެޓާފޭ އަތުން ބާސާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސާ ދެވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް ރެއާލްއަށް 23 މެޗުން ވަނީ 52 ޕޮއިންޓު ލިބިފައެވެ. ރެއާލްއަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. އެހެންކަމުން ލީގުގައި އާދީއްތާ ދުވަހުގެރޭ ސެލްޓާ ވީގޯ އަތުން މޮޅުވެ، އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނެގުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

މީގެ އިތުރުން ބާސާ އަތުން ބަލިވުމުން ގެޓާފޭ ތިންވަނައިގައި އޮތީ 24 މެޗުން 42 ޕޮއިންޓާއެކު އެވެ. ބާސާ އާއި ގެޓާފޭއާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް މިހާރު އެބައޮތެވެ.

ހޮނިހިރު ދުވަހުގެރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން 33 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ދިން ޕާހަކުން ބާސާއަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޖޫނިއޯ ފިރްޕީ ދިން ޕާހަކުން ސާޖީ ރޮބޭޓޯ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ގެޓާފޭއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ޖެއިމީ މަޓާ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ރޮޑްރިގުއޭޒް އެވެ.

ލީގުގައި ދެން ބާސާއިން މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ބާސާ ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
08 ޖުލައި 2017

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި
05 ޖުލައި 2017

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
08 ޖޫން 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

08 ޖޫން 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި
06 ޖޫން 2017

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް
11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
28 ފެބުރުއަރީ 2017

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް