Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި

ލާޒިއޯ އާއި ޔުވެންޓަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 ނޮވެމްބަރު 2020 | އާދީއްތަ 14:15
ލާޒިއޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން

ލާޒިއޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ލާޒިއޯ އަދި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީ ކޮޅު ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށްފަހުވެސް ޔުވެންޓަސްއިން ވަނީ ލާޒިއޯގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާއަށްވެސް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ލާޒިއޯއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ލާޒިއޯގެ ފޯވާޑް ހޮއަކީން ކޮރެއާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި މެޗުން ޔުވެންޓަސް މޮޅުވާން ދަނިކޮށް ލާޒިއޯއިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފެލީޕޭ ކައިސޭޑޯއެވެ.

މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އިޓާލިއަން ލީގުގެ ތިންވަނައަށް ވެއްޓިފައެވެ. ޔުވެންޓަސް ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ އޭސީ މިލާނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ސަސުއޯލޯއަށް ވަނީ ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު