Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނައީމާއްތަ

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

ރައީސް ނަޝީދަށްޓަކައި ޖަލަށް ދާން ނައީމައްތަ ހުރީ ތައްޔާރަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 17:16
އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

އޭނާ ކަނޑު ހުރަސްކޮށް ވެރިކަން ކުރާ މާލެ އަށް އައީ "އަނިޔާވެރިކަމާއި ދެކޮޅަށް " ކުރާ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ ދެކޭގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން މާލޭގައި ކުރި މުޒާހަރާތަކުގެ ކުރީ ސަފުގައި މި ހިތްވަރުގަދަ އުމުރުން 59 އަހަރުގެ ނައީމާ މުހައްމަދު ހުރެއެވެ. ލ.ގަމު އަވާލީ ދޭއް، ނާއީމާ މުހައްމަދޭ ބުނުމުން އެއީ ކާކުކަން ނޭނގިދާނެވެ. މި ދައްކަނީ "ރީދޫ ސުކާފެއް" އަޅާއިގެން އެމްޑީޕީ މުޒާހަރާތަކުން ފެންނަ "ނައީމާއްތަ" ގެ ވާހަކައެވެ.

ދާދި ފަހުން މުޒާހަރާގެ ތެރެއިން ނައީމާއްތަ ހައްޔަރުކޮށް، ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުނީ އޭނާ އަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ މީހަކަށް ވާތީއެވެ. މިއަދު ނައީމާއްތަ ދޫކޮށްލާފައި އެ ވަނީ ޝަރުތަކަކާއި އެކުގައެވެ. އެހެން ނަމަވެސް ނައީމާއްތަ ބުނީ " ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، ނައީމާއްތަގެ ވެސް ހައްގެއް" އޮންނަ ކަމަށެވެ.

މުޒާހަރާތަކަށް ނުކުންނަން ފެށީ ކީއްވެގެންތޯ ސުވާލުކުރުމުން ނައީމާއްތަ ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވާހަކައެވެ. އެމްޑީޕީއަށް މަރުދޭ ނައީމާއްތަ ބުނި ގޮތުގައި " ރައީސް ނަޝީދު ފަދަ ވެރިއަކު މި ގައުމަށް ނުލިބޭނެ" ކަމަށެވެ.

ނައީމާއްތަ ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކެމްޕޭންގެ ތެރެއިން ރައީސް ނަޝީދާއި އެކު

ރައީސް ނަޝީދަށްޓަކައި "ޖަލުގައި އޮންނަން ތައްޔާރަށް" ހުންނަ ނައީމާއްތަ ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޢާވާތަކުންނެވެ. "ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ" ހަރަކާތުގައި ނައީމާއްތަ ބައިވެރިވަނީ ވެސް އެ ހަރަކާތަކީ ރައީސް ނަޝީދުގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދާ ހަރަކާތަކަށް ވުމުންނެވެ. މިއަދު އަނެންކާ ވެސް ނައީމާއްތަ މުޒާހަރާތަކަށް ނުކުންނަނީ "ޖަލަށް ދާންޖެހުނަސް އެއްވެސް ފަރުވާއެއް" ނެތް ކަމަށް ބުނެއެވެ.

" އަޅުގަނޑަކަށް ހީއެއް ނުވޭ ރައީސް ނަޝީދު ވަރުގެ ވެރިއެއް ފެންނާނެ ހެނެން، އެއީ ރަނގަޅީ، ނިކަން ވިސްނާބަލަ، އޭރު ނުހުރޭ އައިޑީކާޑެން މިހެން ޖަހާލާފައި ރުފިޔާ ނެގޭކަށް، ހަމަ އައިޑީ ކާޑު ޖަހާލީ، އެ އަންނަނީ ރުފިޔާ، އަޅުގަނޑުމެންނަކީ އެކަނިވެރި މައިން ލާރި އެލިބެނީ، ދަތުރުފަތުރޭ ބުނީމަ، އޭރު އަޅުގަނޑުމެން ލޯންޗަކަށް އަރާލާފައި މި ދަނީ އެތަށް ލާރިއެއް ދައްކައިގެން ، މިއަދު ދިހަ ރުފިޔާ ކަނޑާލާއިގެން އެ ދެވެނީ އެއްރަށުން އަނެން ރަށަށް، ދެން ކޮއްކޯ މިހެން ކިޔާނެ ކަމެއްނެތް، ކިތަންމެ ކަމެއް ރައީސް ނަޝީދު ކޮށްދީފައިވޭ" ނައީމާއްތަ ބުންޏެވެ.

ނައީމާއްތަ ރާއްޖެޓީވީއަށް އިންޓަރވިއު ދެނީ

އިދިކޮޅު ފަރާތަކުން އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި މުޒާހަރާގެ ތެރެއިން ނައީމާއްތަ ހައްޔަރުކުރިއެވެ. އެރޭ ހައްޔަރުކޮށްފައި ބެހެއްޓީ ވަރަށް އިހާނެތިކޮށް ކަމަށް ނައީމާއްތަ ބުންޏެއެވެ. އަދި ރައީސް ޑރ. ވަހީދުގެ ސަރުކާރާއި ދެކޮޅަށް އޭރު ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު ފުލުހުން އެހާ އިހާނެތިކޮށް ނުހިތާ ކަން ނާއިމާއްތަ ފާހަގަކުރަމުން ބުނީ ފެން ފޮދެށް ވެސް ނުދީ އެތަށް އިރެއްވަންދެން، އިންޓަރވިއު ރޫމަކަށް ލާފައި ބެހެއްޓި ކަމަށެވެ.

" ކާން އެއްޗެށް ދޭށޭ ބުނީމަ މި މީހުން ކާއެއްޗެށް ނުގެނޭ، އަޅުގަނޑަކަށް ނުވެސް ނިދޭ، ކުޑަކޮށް ނިދާލާފައި ހޭލެވުނުއިރު އަޅުގަނޑުގަޔަން އޮތީ އަވި އަރާފައި، ދެން ހީސް ލަވަނީ ، ފެންބުވަނީ، އޭރު މިއުޅެނީ ގަޔަން ހީސްލެވި، ބަނޑުހައިވެގެން އަޅުގަނޑު ގަޔަކު ނެތް އެއްވެސް ކަމެއް" އަތޮޅުވެށީގެ އިންޓަރވިއު ރޫމްގައި ބަންދުގައި ބޭއްވި ވާހަކަ ކިޔާދެމުން ނައީމާއްތަ ބުންޏެވެ.

އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ނާއިމާއްތަ

ނައީމާއްތަ ބުނީ ނައީމާއްތަ ހައްޔަރުކޮށް އަތޮޅުވެހީގައި ބަންދުކޮށްފައި ހުރީ މީހުންނާ އިންޓަވިއު ކުރުމަށް ހަދާފައި ހުރި ތަނުގައި ކަމަށެވެ. ބަންދުކުރި ފަހުން އެކި ފަހަރު މަތިން ނާއީމައްތަ ފުލުހުންނަށް ގޮވުމުން އެއްވެސް މީހަކު އަޅާނުލި ކަމަށާއި ފާޚާނާއަށް ދިއުމަށް ބޭރަށް ނެރުނީ ވެސް ޖެހިގެން އައި ދުވަހު ކަމަށް ވެސް ނައީމާއްތަ ބުންޏެވެ.

ހައްޔަރުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ނައީމާއްތަ ދޫކޮށްލީ ޝަރުތުތަކަކާއި އެކުގައެވެ. އެއް މަސް ދުވަސް ވަންދެން ރޭގަނޑު 6 އަކުން ފެށިގެން 9 އަކަށް ގެއިން ބޭރަށް ނުދެވޭނެ ގޮތަށް ޝަރުތު ކޮށްފައެވެ.

"ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކޭ ކިޔާފައި ، އެމީހުން ޖަހާފައި ވަނީ ހަޔަކުން ފެށިގެން ނުވަޔަކާއި ދޭތެރޭގައި ގެއިން ނުނިކުމެވޭނެޔޭ، ނުދެވޭނެއޭ، އެއްވެސް ތަނަކުން މުޒާހަރާއެއްގެ ބައިވެރި ވެއްޖިއްޔާ މުއްދަތު ޖަހާނެއޭ" ނައީމާއްތަ ބުންޏެވެ.

ނާއިމާއްތަ ބަންދުން ދޫކޮށްލުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެކު ގާނޑިއާ އެއްގައި ދުފަނީ

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުޙުމަތުގައި ނައީމާއްތަގެ މައްޗަށް މިއަދު ޖިނާއީ ތަޙްގީގެއް ދަނީ ހިންގަމުނެވެ. އެހެން ނަވެސް ނާއީމާއްތަގެ ހިއްވަރަކަށް ބަދަލެއްނާދެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތަކަށް ނައީމާއްތަ ނުކުތީ " ރައްޔިތުންގެ މަޖިލީހުގެ ތަޅު" އެޅުވުމުންނެވެ. ގާނޫނާއި ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް ނިމުކަމަށް ގެނެއުމަށް ނައީމާއްތަ ބުނާ ގޮތުން މަޖިލީސް މެމްބަރުންގެ ވާޖިބް އަދާކޮށްފިއެވެ. މަޖިލީސް ރައީސް ބޭރުކުރުމަށް 45 މެމްބަރުންގެ ސޮޔާއި އެކު ހުށައެޅުމުން، މަޖިލީހުގެ ހަ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުން އެކަމާއި ދެކޮޅަށް އަބަދުވެސް އަޑުއުފުލާނެ ކަމަށް ނައީމާއްތަ ބުންޏެވެ. ދެން މިކަން ވާނީ ރައްޔިތުންގެ ބާރު ވެރިކަން ދައްކާލައިގެން ކަމަށް ނައީމާއްތަ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން

ޕިކަޕް ބުރަށް ހުއްދަ ނުދިނުމުން، ހިއްވަރާއި އެކު މަގުތަކަށް ނުކުތީ ހައްގު ހޯދަން

25 އޮކްޓޯބަރު 2024
ނުކުތީ ޔާމީން ނޫން ގޮތެއް ހޯދަން، ކޯޓަށް އަތްބާނާ ތައިލެންޑުގައި ފަނޑިޔާރަކާއި ބައްދަލުކުރި މީހުން ވަޒީރުކަމުގައި

ނުކުތީ ޔާމީން ނޫން ގޮތެއް ހޯދަން، ކޯޓަށް އަތްބާނާ ތައިލެންޑުގައި ފަނޑިޔާރަކާއި ބައްދަލުކުރި މީހުން ވަޒީރުކަމުގައި

19 ޖުލައި 2024
ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

08 އެޕްރީލު 2023
ޗައިނާއިންވެސް ޔާމީނު ދޫކޮށްލީތަ؟

ޗައިނާއިންވެސް ޔާމީނު ދޫކޮށްލީތަ؟

10 ޖެނުއަރީ 2022
ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

10 މެއި 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު