Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ޗައިނާއިންވެސް ޔާމީނު ދޫކޮށްލީތަ؟

ޗައިނާއިން ވަނީ ރާއްޖެއާއެކު 5 އެއްބަސްވުމެއްގައި ސޮއިކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 ޖެނުއަރީ 2022 | ހޯމަ 03:51
ޗައިނާ

ޗައިނާ

އިންޑިއާ އައުޓް ބައު ވެއްޖެއެވެ. ވަޔަކު ނުހިފިއެވެ. ޑްރާމާ މެދުތެރެއިން ފްލޮޕްވީ ބޮޑުތަނުންނެވެ. ދިވެހި ސަރުކާރަކުން ކުރި މާބޮޑު ކަމަކުން ނޫނެވެ. އަދި އިންޑިއާއިން ގަތްގަނޑަކުންވެސް ނުމެ ނޫންމެއެވެ. އިންޑިއާ އައުޓް ކޮށްފައި އިންކުރާނަމޭ ހިތުގައި އޮތް ޗައިނާގެ ހަޤީގަތް ބޮޑުތަނުން ފެނުނީމައެވެ. މަމެން މިއޮތީ އަދި ތިޔަބައިގަނޑާއެކުގައެއް ނޫނޭ ބުނެ މޫނުމަތީގައިޖެހި ވަރުގަދަ ތަފާލަކުންނެވެ. ރައީސް އިބޫގެ ސަރުކާރާއެކުވެސް އޮތް ގާތްކަން ހާމަކޮށް ބިލިއަނެއްހާ ޑޮލަރުގެ އެއްބަސްވުންތަކުން ޗައިނާއިންވެސް އޮތްގޮތް ހާމަކޮށްގެންނެވެ.

މަނީ ލޯންޑަރ ކުރުމާއި ޚިޔާނާތުގެ މައްސަލައެއްގައި މިހާރުވެސް ކޯޓަށް ދަމާ ރައީސް ޔާމީންގެ ސަރުކާރުގައި ހީވީ ރާއްޖެއަކީ ޔާމީންގެ އެއް އަތް ކަމަށެވެ. ރާއްޖެއަކީ ޗައިނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އެންމެ ގާތުގައި އޮތް އިންޑިޔާ އެކަހެރިކޮށް ޗައިނާފަޅިއަށް ޖެހިލީ ތިޔަހެނެއް ނޫނެވެ. އޭރު ވިދާޅުވަމުން ގެންދެވީ ޗައިނާގެ އެހީތެރިކަމަކީ ތިމަންމަނިކުފާނުގެ ސަބަބުން ލިބޭ އެހީތަކެއް ކަމަށެވެ. އެވެރިން ރާއްޖެއަށް އެހީވަނީ ޕީޕީއެމް ސަރުކާރުގެ ސަބަބުން ކަމަށެވެ. ބްރިޖަކާއި ފްލެޓްތަކަކާއި ދެންވެސް ޗައިނާއިން ދިން ލޯނާއި ބައެއް ހިލޭ އެހީގައި ކުރިއްޔާ ކުރިކަމަކީ ޔާމީންގެ ސަބަބުން ކުރި ކަންތައްތަކެއް ކަމަށެވެ. އަދި އެސަރުކާރާއެކު އެގާތްކަން ކެނޑޭނެ ކަމަށެވެ. އެއީ ސީދާ ތިމަންމެންގެ މޮޅުކަމުން ސިޔާސަތު ވަރުގަދަ ކަމުން އޮތް ގާތްކަމެއް ކަމަށެވެ.

އެކަމަކު އެކަން އެވީ ބިލާހަކަށެވެ. ވެރިކަމުގައި އޮވެގެން އަދި ވެރިކަން ގެއްލުމުންވެސް ދެއްކިއްޔާ ދެއްކި ވާހަކަތައް ވެގެން އެދިޔައީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. ކެންޑިހާ ފޮންޏަކީ ޙަޤީގަތެއް ނޫންކަން ޚުދު ޗައިނާއިން ބުނީއެވެ. ފަޅާލި ބޮޑެތި ކާށިތަކުގައި ފެނެއް ނެތްކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހާމަވީއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގެން ރާއްޖެއަށް އެދެއްވި ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއު ތަކުގެ ވާހަކަ އާކޮށްކޮށްފައި ދައްކާކަށް ނެތީމެވެ. އެކަމަކު އެއިން ހަމަ އެންމެ ކަމެއް ނަގާނަމެވެ. މިވާހަކަ ބުނެގެން ގޮވާނެހާ އެއްޗެއް ގޮވާންވިއްޔެވެ. ލަވާނެހާ ހަޅޭކެއް ލަވާންވިއްޔެވެ. ކިތައްމެ ސަކަރާތްވިއަސް ވަރިހަމައެވެ. ޒުވާނުންގެ ބަހުންނަމަ ކަޑަވިއަސް ކުރާނެ ކަމެއްނެތެވެ. އޮތިއްޔާ އޮތް ބާރަކާއެކު ބޭނުންވިއްޔާ ބޭނުންވިހާ ކަމެއް ކުރެވެން އޮތްއިރު، މާ ގާތްކަމަށް ހެދިގެން އުޅުނު ޗައިނާއިން ދިވެއްސަކަށް އޮން އެރައިލް ވިސާ ގަނޑެއް ހަމަޖައްސާ ނުލެވުނެވެ. ތިޔައޮތީ ކޮން ގާތްކަމެއް ހެއްޔެވެ. ފަސްއަހަރުގެ ދައުރު ނިންމާލިއިރު އެވަރުކަމެއް ކޮށްނުލެވުނެވެ. ނިކަން ބަލާލަބަލާށެވެ. އެއްކަލަ ގާތްކަމެއް ނެތް ސަރުކާރުން ތިން އަހަރުގެ ތެރޭގައި އެކަން އެކޮށްލީއެވެ. މިހާރު ދިވެހީންނަށް ޗައިނާއިން އޮން އެރައިވަލް ވިސާ އެއޮތީ ހަމަޖެހިފައެވެ. ދެން ގޮވާންވީ އަނެއްކާ ޗައިނާ އައުޓޭ ހެއްޔެވެ.

ކޮންމެއަކަސް ޔާމީންވެސް އަދި ޕީޕީއެމުންވެސް ޤަބޫލުކުރަންވީ ހަޤީގަތަކީ ޤައުމުތަކުގެ ގުޅުމަކީ ވަކިމީހަކު ވެރިކަމުގައި ހުރެގެން އެކަނި ޤާއިމްވާ އެއްޗެއް ނޫންކަމެވެ. ހުރިހާވެސް ކަމަކީ ގެންގުޅޭ ޚަރިޖީ ސިޔާސަތާއި ޤައުމުތަކާއި އެވެރިއަކު ނޫންނަމަ އެސަރުކާރަކުން ބާއްވާ ގާތްކަމެވެ. އެހެން ނޫންނަމަ ގޮތަކަށް ސަލާމަތްވެ އިތުރު ޝަރީއަތްތަކެއް ކޮށްކޮށް އޮއްވައި ޔާމީންގެ ގާތް ޗައިނާއަކުން އެފަދަ ކަމެއް ނުކުރީސްތާއެވެ. އަދި އެވެސް ޗައިނާގެ އެއް ދުޝްމަން އިންޑިޔާ ބޭރުކުރަން ރައީސް ޔާމީނާއި ޕީޕީއެމުން ގޮވަގޮވާވެސް އޮއްވައެވެ.

ްަމިނިސްޓްރީ އޮފް ފޮރިން އެފެއަރސް ޗައިނާ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2023

"ސްޕައި ބެލޫން" އަކީ ޗައިނާގެ އަސްކަރީ އޮޕަރޭޝަންގެ ބައެއް ކަމަށް ތުހުމަތުކޮށްފި

08 ފެބުރުއަރީ 2023
"ސްޕައި ބެލޫން" އަކީ ޗައިނާގެ އަސްކަރީ އޮޕަރޭޝަންގެ ބައެއް ކަމަށް ތުހުމަތުކޮށްފި
14 ޑިސެމްބަރު 2022

ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި

14 ޑިސެމްބަރު 2022
ސައޫދީ އަރަބިއްޔާގެ ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ޗައިނާ ބަސް ކިޔަވައިދޭން ނިންމައިފި
30 ޑިސެމްބަރު 2021

ޗައިނާގެ ޚާރިޖީވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވަނީ

30 ޑިސެމްބަރު 2021
ޗައިނާގެ ޚާރިޖީވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވަނީ
23 ނޮވެމްބަރު 2021

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ޝާހިދު އެގައުމަށް ފުރާވަޑައިގެންފި

23 ނޮވެމްބަރު 2021
ޗައިނާ ސަރުކާރުގެ ދައުވަތަކަށް ޝާހިދު އެގައުމަށް ފުރާވަޑައިގެންފި
27 ޖެނުއަރީ 2018

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

27 ޖެނުއަރީ 2018
ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު