Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މާލެ "ހޮޅިވާން" ދޫކޮށްލީ ހަމަ މުއިއްޒެވެ

22 ފެބުރުއަރީ 2020 | ހޮނިހިރު 13:36

7 އަހަރުގެ ދައުރުގައި މުއިއްޒު ކުރި ހުރިހާކަމެއް އަލުން އޮތީ ކުރަން ޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ފެބުރުއަރީ 2020 | ހޮނިހިރު 13:36
މާލެ ސިޓީ

މާލެ ސިޓީ

ވާރޭވެހިއްޖެނަމަ މާލޭގެ ފެންބޮޑުވާ ވާހަކައާއި، ކާނުތައް ހާލާކުވެ މީހުން ވެއްޓޭ ވާހަކައާއި, މުޅި މާލޭގައި ހޮޅި އަޅާފައި ހިނގާބިގާވެ ނޫޅެވޭ ވާހަކައަކީ މިއަދަކު އާ ވާހަކައެއް ނޫނެނެވެ. ނަމަވެސް މި ވާހަކަތައް ނުދައްކާ ދުވަސްވަރެއް ވެސް މި މާލެއިން ފެނިގެން ދިޔައެވެ.

މޮޅު ކަންކަން ކުރަން ހަދައިގެން ރާއްޖޭގައި 7 އަހަރު ވަންދެން ހައުސިންގ މިނިސްޓަރުކަން ކުރި މީހަކު ފެއިލްވިތަން ވަރަށް ސާފުކޮށް ފެނިގެން ގޮސްފިއެވެ. ކޮންމެ މީހަކު ބުންޏަސް މާލެ ހޮޅިއަށްވާން ދޫކޮށްލީ ހަމަ އެއްކަލަ 7 އަހަރު ދުވަހު ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒެވެ.

ޤާނޫނަކުން ބަޔަކާ ހިންގަން ހުރި ކަންކަން މާމޮޅުކޮށް ކުރާނޭ ބުނެ އަމިއްލަ މުށުތެރެއަށް ބާރުތައް ލައިގެން ހޭވިހަޑީގެ ހުރިހާ ތަކުލީފެއް އުފުލަން މި ޖެހެނީ ނިކަމެތި ރައްޔިތު މީހާއެވެ. ވާހަކަ ފަށަންވީ ކިހާ ހިސާބަކުން ކަމެއް ނުވިސްނުނެވެ. ހިސާބަކުން ފަށާލެވޭނެތޯ ބަލާލާނަމެވެ.

ފުރަތަމަ ފަށަންވީ ރަސްފަންނުގެ ދުވާ ޓްރެކުންނެވެ. އެތަން އަދިވެސް އޮތީ ހޮޅިއަށްވެ މުއިއްޒުވެފައެވެ. އަދިވެސް އެތަނުގައި އަޅާފައި ހުރި މެޓް ހަރުލާގޮތެއް ނުވެއެވެ. ވާރޭވެހިއްޖެނަމަ، އެ އޮންނަނީ އަޑީގައި ފެންހެދި އޮޔާ ދެކޮޅަށް ދަމާ ފުޅިމަޑުގަނޑެއް ހެންނެވެ. އަވިދެންޏާ ހިކިގެންގޮސް ރެނދުލައިގެން ފަޅައިގެން ގޮސް ހަލާކުނުވާތަނެއް ނެތެވެ. ގުދަނެއް ހުސްކޮށް ތެރަސްލީ އިރުވެސް އެ ތަތްކުރެވޭނެގޮތެއް އެއްކަލަ 7 އަހަރު މަޤާމުގައި ހުންނެވި މުޢިއްޒަކަށް ނުވިއެވެ.

ދެން ދައްކަންވީ މަގުމަތީގައި ފެންބޮޑުވި ވާހަކައެވެ. ވާރޭ ވެހޭއިރަށް އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލު މާލޭގެ އެކި ހިސާބުތަކުގައި ހެދެއެވެ. ރައްޔިތުންގެ ޖީބުން ދައްކާ ޓެކްސް ފައިސާ ބަޔަކަށް ދީގެން ނަމުގައި އެ ޙައްލުކުރަން ނިޒާމެއް ވެސް ހެދިއެވެ. ދިޔައީ ހަމަ ހޮޅިއަށެވެ. ޑީ ވޯޓަރިން ނިޒާމެއްގެ ވާހަކަ ދައްކާ މާލޭ މީހުންގެ ލޮލުގައި އަދުން އަޅުވާ ކުރި މަސައްކަތް އެވެރިޔާގެ ދައުރު ނުނިމެނީސް ފެނުއަޑިއަށް ގޮސް ގަރަބު ވެއްޖެއެވެ. އެންމެ ފަހުން ހިހޫތަނުން ކައިގެން ހުންނަން ހަދައިގެން އެ ވާހަކަ އެޅުވީ މިހާރު އޮތް ސަރުކާރު ވެރިކަމާ ޙަވާލުވިތާ ދޮޅުމަސްވެސް ނުވަނީސް ސަރުކާރުގެ ބޮލުގައެވެ.

ދެން އޮތީ ހޮޅިންގެ ކިބައިން ސަލާމަތްވެގެން އެވާހަކަ ދިވެހިން ހަނދާން ނެތެމުންދަނިކޮށް މުޢިއްޒު މުޅި މާލޭގައި ހޮޅި ދަމަން ފެށި ވާހަކައެވެ. މޮޅުކުރަން ހަދައިގެން މާލޭގެ ޢިމާރާތްކުރާ ތަންތަނުން ނަގާ ފެން ބޭރުކުރާނެ ނިޒާމެއް ވެސް ހެދިއެވެ. މުޅި މާލޭގައި ހައެއްކަ އިންޗީގެ ހޮޅި އަޅައިގެންނެވެ. އޭގެ މަތިން ވެއްޓުނު މީހުންގެ ޢަދަދެއް ހިސާބެއް ނެތެވެ. ކަމެއް ކޮށްދިނީމޭ ބުނަން އެކަންވެސް ކޮށް ލޮލުގައި އަދުން އަޅުވާލިއެވެ. އެންމެ މޮޅެތި ޚިޔާލުގެ ވެރިޔާކަމާއި، ކަންކަން ދަންނަ ކަމަށް ހެދި ރޯނު އެދުރުވެ ނިމިއްޖެއެވެ.

ދެން ވެރިކަމުގައި ހުންނެވި ރައީސަކު ރުއްސަން އެމަނިކުފާނުގެ ބޭބޭފުޅު ހެއްދެވިކަހަލަ މޫދަށް އެރޭނެ ފެންގަނޑެއްވެސް 7 އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުޢިއްޒު ފެށިއެވެ. ކާރޫބާރު ބޮޑު މާލޭގެ ބާރުބޮޑު މަގެއް ބަންދުކޮށް ހުޅަނގު ފަރާތުން ތަނެއް ކޮނެ އެތަނުގައި ލެއްވިހާ ހަޓެއް ޖަހާ ތަނެއް ހެދިއެވެ. ދުވަސްކޮޅަކުން ފެނުނީ އެތަނަށް މާވަހަރު ލައްވާހެން ސީ ފޯލި ލައްވާ ތަނެވެ. މޫސުން ބަދަލުވެ މުޅިތަން ގިރައިގެން ދިޔަ ތަނެވެ. ވައިގަދަވެއްޖެއްޔާ އެއްކަލަ ހަޓުގައި މީހުންނަށް ވެސް ނުތިބެވޭނެ ވަރަށް ލޮނު ވިއްސާތަނެވެ. މިއީ ހައްތާވެސް މޮޅުވާން ވެގެން ތަނެއް ދޮރެއް ނުބަލާ ކުރި "ހޮޅި" ކަންތަކުގެ ނަތީޖާއެވެ.

ދެން އޮތީ މާލޭގެ މަޖީދީ މަގުގެ ވާހަކައެވެ. ގާތައް ނަގާ އާ ގާތައް އެތުރީމަ ކިތައްމެހާވެސް ފަސޭހައެވެ. ނަމަވެސް ކުރިއަށް ވިސްނުމެއް ނެތި އަނެއްކާވެސް ނެގި ގާތަކުގެ ހިރަފުސް ފޮޅާ އެތަން ދެން ކޮންނަން ނުޖެހޭނޭ ކިޔާ ގާތައް އެތުރިއެވެ. މަހެއް ނުވަނީސް ދެއްކި ވާހަކަ ދިޔައީ ހޮޅިއަށެވެ. ގާތަށްވެސް ނަގާ މަގުވެސް ކޮނުނެވެ.

މިވާހަކަތައް ދައްކާ ހުސްނުވާނެއެވެ. ވެރިކަމުގައި ނިކަމެތި ރައްޔިތުން ބިކަކޮށްލާ އަމިއްލަފުޅު ލިސްޓަށް ފުލެޓާއި، ބިން ބަހާލި ވާހަކަ އަދިވެސް އޮތީ ތާޒާ ކަންމަތީއެވެ. އެމަނިކުފާނަށް ކީއް ހެއްޔެވެ. އެމަނިކުފާނުގެ ގެ 10 ބުރިއަށް ނަގާ ނިމި ދިރިއުޅެވޭ ވަރު ވެއްޖެ ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ.

މުޢިއްޒުގެ ވާހަކަ ލިޔަން އަދި ހައެއްކަ ގަޑިއިރު ލިބުނަސް ހުސް ނުވާނެއެވެ. މޮޅުކުރަން ހަދައިގެން ކުރި ކަންތަކުގެ ހިތި ނަތީޖާ މިއަދު ރައްޔިތުން ދަނި ތަޙައްމަލު ކުރަމުންނެވެ. މާލޭގެ ރައްޔިތުންނަށް 7 އަހަރު ވަންދެން ދުއްތުރާއާއި ޖެއްސުން ކުރުމަށް ފަހު އެއްކަލަ ހައުސިން މިނިސްޓަރުކަން ކުރެއްވި މުޢިއްޒު މިއަދު ފައި ވިއްދައިގެން ހުރީ މާލޭގެ މޭޔަރުކަމަށް އަންނާށެވެ. މާލޭގެ ރައްޔިތުންނަށް ދުއްތުރާއާއި ދުއްޕާން ކުރުމަށްފަހު، މިއަދު އެ ރައްޔިތުންގެ ކައިރިއަށް އަންނަން މުއިއްޒު ލަދުގަންނަން ޖެހެއެވެ.

މާލޭގެ ރައްޔިތުންނޭވެ. އެއިރު ތިބޭފުޅުން ދުރުވީ މުޢިއްޒު ކައިރިއަށް ކަންކަން ޙައްލުކޮށްދޭށެވެ. ނަމަވެސް މޫނިމަތީގައި ތަފާއްޔެއް އަޅުވާލިހެން އެއިރު މުޢިއްޒު ކުރި ކަންކަން ހަނދާނުގައި ބަހައްޓަން ރަނގަޅެވެ. މާދަމާ ތިބޭފުޅުން ކައިރިއަށް މުޢިއްޒު އަންނާނެއެވެ. ނަމަނަމަ މި މާލެ ހޮޅިއަށް ދުއްވާލާ މާލެ މުޢިއްޒުވާން ދޫކޮށްނުލައްޗެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް