Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނައިމައްތަގެ މަރު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

މީހުން ހީކުރި ބަލިވެ އުޅެނީކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 06:50
ނައީމާއްތަ ދިރިއުޅެމެންދިޔަ ގެ (ކަންމަތީގައި)

ނައީމާއްތަ ދިރިއުޅެމެންދިޔަ ގެ (ކަންމަތީގައި)

އުމުރުން 62 އަހަރުގެ ނ. މަނަދޫ އަންނާރުމާގެ ނައީމާ މޫސާ (ނައީމާއްތަ) ގެ މަރާއެކު މުޅި މަނަދޫ ވެސް އޮތީ ސިހުމެއްގެ ތެރޭގައެވެ. މި ޚަބަރާއެކު ދެން އާންމުން ރައްޔިތުން ބަލަން ބޭނުންވި ކަމަކީ މިކަމުގައި ކަން ހިނގައިދިޔަ ގޮތެވެ. ސަބަބަކީ އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާތީއެވެ. ބައެއް މީހުން ބުނާގޮތުގައި ނައީމާއްތަގެ ހަށިގަނޑުގެ 21 ތަނަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލީދީފައި ހުއްޓެވެ. އަދި ކަރު ވެސް ބުރިކޮށްލަން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުންގެ ފަރާތުން މިކަމުގައި އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އެންމެ ކުޑަމިނުން ތޫނު އެއްޗަކުން ހަމަލާދިން ނަމަ އެކަން ވެސް ފުލުހުންނަށް ކަށަވަރުކޮށް ނުދެވުނެވެ.

މަނަދޫއިން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ ނައީމާއްތަ އަކީ ކުނިކަހަން އުޅޭ މީހެއް ކަމަށެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު ވެސް ވިދާޅުވީ ފާއިތުވެދިޔަ ތިން މަސް ދުވަހު، ނައީމާއްތަ އަކީ ވޭޖް އުސޫލުން މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.

ވޭޖް އުސޫލުން ކުނިކަހަން އުޅޭ އަންހެންވެރިން ފަތިސްނަމާދު ކުރާގޮތަށް ރަށް ކުނިކަހަން ނުކުމެވެ. އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ނައީމާއްތަ އަކީ އެންމެ ކުރިން ކުނިކަހަން ނިކުންނަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު އޭނާ ކުނިކަހަން ނުދާ ކަމަށެވެ. އަދި ހުކުރު ދުވަހު ވެސް އޭނާ ކުނިކަހަން ނުދިއުމުން ނައީމާއްތަގެ ގާތް ރައްޓެއްސަކު އޭނާ ދިރިއުޅޭ ގެއަށް ވަދެ ކޮޓަރީގައި ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވި ކަމަށެވެ.

ނައީމާއްތަ ދިރިއުޅުމެންދިޔައީ މައިންބަފައިންގެ މުސްކުޅި ގޯތީގައި އެކަންޏެވެ. ދަރިން މާލޭގައި ދިރިއުޅޭތީ، ނައީމާއްތަ ކައިރީގައި އެއްވެސް ދަރިއަކު ދިރިނޫޅެއެވެ. ނައީމާއްތަގެ ޚަބަރެއް ނުވުމުން އެ ރައްޓެހި މީހާ ހީކުރީ ނައީމާއްތަ ބަލީ ކަމަށެވެ. ޚަބަރެއް ނުވުމުން ނިކުމެގެން ދިޔައީއެވެ. އަނެއްކާވެސް ހުކުރު ދުވަހުގެ ހަވީރު އެ ރައްޓެހި މީހާ ނައީމާއްތަގެ ގެއަށް ދިޔައެވެ. ޚަބަރެއް ނުވުމުން ނައީމާއްތަގެ އާއިލާ މީހެއްގެ ކައިރީގައި އެ ވާހަކަ ބުންޏެވެ.

އާއިލާ މީހުން ވެސް އެ ގެއަށް ގޮސް، ދޮރު ހުޅުވުން މަސައްކަތް ކުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭގެ ފަހުން އާއިލާއިން ފުލުހުންނަށް އެންގިއެވެ. ފުލުހުން އައިސް ދޮރު ވައްޓާލިއެވެ. އޭރުވެސް ގޭތެރެއިން ކުނި ވަސް ދުވާ ކަމަށް އެމީހާ ބުންޏެވެ. ކުނި ވަސް ދުވާތީ ފުލުހުން އާއިލާ މީހުން ނެރުނީ ގެއިން ބޭރަށެވެ. އެމީހުންނަށް ކޮޓަރި ތެރޭގެ ހާލަތެއް ނުވަތަ ނައީމާއްތަ ވެސް ފެންނަ ގޮތެއް ނުވިއެވެ.

ކައުންސިލްގެ ރައީސް ސަބީހު ވިދާޅުވީ ނައީމާއްތަ އަކީ މަސައްކަތަށް ރަނގަޅު، ވަޒީފާއަށް ވެސް ބަރާބަރަށް ނިކުތް މީހެއް ކަމަށެވެ. އަދި އޭނާއާ މެދު އެއްވެސް ޝަކުވާއަށް ވެސް ލިބިފައިނުވާ ކަމަށެވެ. ރަށުގައި މިފަދަ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު މިއީ ދުވަހަކުވެސް އުންމީދު ކުރި ފަދަ ހާލަތެއް ނޫން ކަމަށް ސަބީހު ވިދާޅުވިއެވެ. ނައީމާއްތަ މަރާލި ސަބަބާއި ކަން ހިނގާދިޔަ ގޮތް، ރައްޔިތުންނަށް ސާފުވާނީ ފުލުހުން މައުލޫމާތުތައް ސިއްރު ކުރުމުގެ ބަދަލުގައި، އެ މައުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުންނެވެ. އެންމެން ވެސް މިހާރު އިންތިޒާރު ކުރަމުންދަނީ މި މަރުގެ މައްސަލައިގެ ކަން ހިނގާދިޔަ ގޮތް އޮޅުންފިލުވުމަށެވެ.

ނ. މަނަދޫމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު