Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުން ގޯސްވުން

މާލެ ފެނުއަޑީގައި އޮތް އިރު ރައީސް މުޢިއްޒު ހުންނެވީ އާރަށުގައި ޗުއްޓީ ހޭދަ ކުރައްވަން

ހުކުރު ދުވަހަކީ މި ވިއްސާރައިގައި މާލެއަށް ރެކޯޑް މިންވަރަކަށް ވާރޭވެހުނު ދުވަސް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2025 | ހޮނިހިރު 07:52
ރައީސް މުއިއްޒު ގަންބޫޓު ކޮޅުގައި ބައެއް ވެރިންނާއެކު މާލެއަށް ހުސްވި އަހަރު ވިއްސާރަވި ދުވަހަކު ތަންތަން ބައްލަވާލައްވަނީ

ރައީސް މުއިއްޒު ގަންބޫޓު ކޮޅުގައި ބައެއް ވެރިންނާއެކު މާލެއަށް ހުސްވި އަހަރު ވިއްސާރަވި ދުވަހަކު ތަންތަން ބައްލަވާލައްވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުކުރު ދުވަހު މާލޭގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުންނެވީ އާރަށުގައިކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށް ރަށަށް ވަނީ ގެއްލުން ލިބިފައެވެ.

ހުކުރު ދުވަހަކީ ފަހުގެ ތާރީޚެއްގައި މާލެއަށް ރެކޯޑް މިންވަރަކަށް ވާރޭވެހުނު ދުވަހެކެވެ. ހުކުރު ދުވަހުގެ ރެކޯޑަށް ބަލާއިރު އެއް ގަޑިއިރުތެރޭގައި 62 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ސައުވީސް ގަޑީއިރު ތެރޭގައި 140 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މޫސުމާ ބެހޭ އޮފީހުން ފާހަގަ ކުރާ ގޮތުގައި މާލެ އަށް އެއް ގަޑި އިރުގެ ތެރޭގައި 30 މިލި މީޓަރުގެ ވާރޭ ވެހިއްޖެނަމަ މާލޭގައި ފެން ބޮޑުވެއެވެ.

ހުއްޓުމެއް ނެތި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ ގިނަ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގިނަ އިރުތަކެއް ވަންދެން މަގުތަކުން ފެން ނުހިނދި ލަސްވުމެވެ.

މިކަމާ ގުޅިގެން ބައެއް ރައްޔިތުން ވަނީ އަމިއްލައަށް ކޯރު ކަނޑައި، ވެލި ބަސްތާ ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްތަކެއް އަމިއްލަ އަށް ވެސް ކޮށްފައެވެ. ފެންވަނުން ކޮންޓްރޯލް ވޭތޯ މާލޭ ސިޓީ ކައުންސިލާއި ފުލުހުން ވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރި އިރު، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ ވެލި ބަސްތާ ޖެހުމަށާއި އެހީތެރިކަން ބޭނުންވެގެން 400 ށް ވުރެ ގިނަ ފޯނު ކޯލު ލިބުނު ކަމަށެވެ.

ސިފައިން ވަނީ މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދޭތޯ ޕަމްޕް ޖަހައިގެން މަސައްކަތް ކޮށްފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި 6 ސަރަހައްދަކުން 16 ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ފެންބޮޑުުވުމުގެ ސަބަބުން ވެހިކަލްތައް ނުދުއްވި މަގުމެދަށް ހުއްޓުނު އިރު، ފުލުހުން އޮތީ ހަތަރު ފުރޮޅުލީ ދުއްވާ އެއްޗެއްސާއި ބަރު އުޅަނދުތައް މަގުތަކަށް ނުނެރުމަށް އިރުޝާދުވެސް ދީފައެވެ.

ގައުމުގައި ބޮޑު ކަމެއް ހިނގައިގެން ރައްޔިތުން އުޅުނު އިރު ރައީސް މުއިއްޒުގެ އެއްވެސް ޚަބަރެއް ނެތުމުން ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވަލު އުފައްދަމުން ދިއައެވެ. ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަށް ބަލާއިރު މާލެ ފެނުއަޑީގައި އޮތް އިރު ރައީސް ހުންނެވީ ޗުއްޓީ ހޭދަ ކުރައްވަން އާރަށުގައި ކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ. ރާއްޖެއެމްވީން މިކަން ކަށަވަރު ކުރުމަށް ކުރި މަސައްކަތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ރައްޔިތުން ހާސް ކަމުގެ ތެރޭގައި އުޅެމުން ދިޔައިރު ރައީސް ހުންނެވީ އާ ރަށުގައި ޗުއްޓީ ހޭދަކުރެއްވުމަށެވެ. މި ނާޒުކު ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އާރަށުގައި ހުންނެވުމާ ގުޅޭގޮތުން ގިނަ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ހުކުރު ދުވަހު ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު 36 ގޭބިސީން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު ސެންޓަރުން ވަނީ ބުނެފައެވެ.

މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ހޯމަ ދުވަހުން ފެށިގެން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ބުނެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވާއިރު، ރައްޔިތުންނަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މާލޭގެ ހާލަތު މި ފަހުގެ ތާރީޚެއްގައި ނުދާ މިންވަރަށް ގޯސްވެގެން ދިޔައިރު، މިދިޔަ އަހަރު ކުރި ވިއްސާރައިގައި ރައީސް މުއިއްޒު މަގުތަކަށް ނުކުންނަވާ ގޭގެއަށް ވަންނަވާ ވަޒީރުންނާ ސަރުކާރުގެ ވެރިން އެމަނިކުފާނުގެ އަރިހުގައި އުޅުއްވަމުން ދިޔަ ނަމަވެސް މިފަހަރުގެ ހާދިސާގައި މަދު ވެރިޔަކު ނޫނީ ހިލަމެއް ވެފައެއް ނުވެއެވެ.

ރާޢްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގިނަ ރަށްތަކެއްގައި ފެން ބޮޑުވި ދަނޑިވަޅަކީ އައު އަހަރުގެ ޗުއްޓީގެ ދުވަސްތައް ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު