Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުން

މާލޭގައި ފެންބޮޑުވުން: 36 ގޭބިސީއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިން

މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި، އޭގެތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 ޖެނުއަރީ 2025 | ހޮނިހިރު 05:09
3 ޖެނުއަރީ 2025 - މާލެ އަށް ރެކޯޑް މިންވަރަކަށް ވާރޭވެހި މަގުތަކުގައި ކަކޫތާ ފެނަށް ފެން ބޮޑު ވެފައި

3 ޖެނުއަރީ 2025 - މާލެ އަށް ރެކޯޑް މިންވަރަކަށް ވާރޭވެހި މަގުތަކުގައި ކަކޫތާ ފެނަށް ފެން ބޮޑު ވެފައި

ހުކުރު ދުވަހާއި އެދުވަހުގެ ރޭ ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު ސެންޓަރުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ވެހެމުން ދިޔަ ބޯ ވާރޭ، އެދުވަހުގެ ރޭއާއި ހަމައަށް ދެމިގެން ދިއައިރު، މުޅި މާލޭގައި ފެންބޮޑުވެ، ގިނަ ގެތަކާއި ވިޔަފާރިތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި، އޭގެތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

ހުކުރު ދުވަހު، މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތައް ފެންބޮޑުވެ، އަދި ބައެއް ރަށްތަކަށް އުދަ އަރައިގެން ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ފެން ހިންދުމުގެ މައްސައްކަތް އެމްއެންޑީއެފް އިން ވަނީ ކޮށްފައެވެ.

ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުދަ އަރައިގެން ގެއްލުން ލިބުނީ ރ. އިނގުރައިދޫ އަދި ށ. މަރޮށްޓަށެވެ.

ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ އިތުރުން އަށް ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ރައްތަކުގެ ތެރޭގައި ފ. ނިލަންދޫ، ކ. ހިންމަފުށި، ކ. ގުރައިދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، ފ. ފީއަލި، އދ. މާމިގިލި ހިމެނެއެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގިނަ ގެތަކަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓު ސެންޓަރުން ބުންޏެވެ.

މާލޭގައި ބޮޑުވެފައި އޮތް ފެންގަނޑު ހިންދުމަށް ސިފައިން ނުކުމެ މަސައްކަތް ކުރި ނަމަވެސް، ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ފެންގަނޑު ތިރިނުވެ އެތައް ގަޑިއިރެއް ދިގުދެމިގެން ދިޔައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނުގައި އޮތް ފެންގަނޑު ރަސްފަންނާ ދިމާއިން ބޭރު ކޮށްލަން އާންމުން ނުކުމެ ވަނީ ކޯރެއް ކަނޑާފަ އެވެ.

ހުކުރު ދުވަހު ވެހުނު ބޯ ވާރޭގެ ސަބަބުން މާލޭގައި ބޮޑުވި ފެންގަނޑު ހިނދި އާންމު ހާލަތަށް މިހާރު އައިސްފައިވީ ނަމަވެސް އަދި ވެސް މާލޭގެ އެކި ހިސާބުތަކުގައި ފެން ނުހިނދި ކޮންމެވެސް ވަރަކަށް އޮތްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު