Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒުގެ އިތުބާރު ގެއްލުން

އިތުރަށް އިތުރުފުޅު ނުހައްދަވާ ދެން ގެއަށް ވަޑައިގަތުން ދިވެހިންނަށް މާ ރަނގަޅެވެ

2 ޖެނުއަރީ 2025 | ބުރާސްފަތި 16:19

މި ސަރުކާރަށް މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ވައްކަމާއި ހިޔާނާތާއި ކަރަޕްޝަން ނޫން ކަމެއް ކޮށްފައި ނުވާކަމަށް ގައުމުގެ ގިނަ ރައްޔިތުން ދަނީ ބުނަމުން!

ބޯހިޔާވަހިކަން ތަދު މި ގައުމުގައި އެންމެ ބޮޑު ޒިންމާއެއް މަތިކުރެވިފައި އޮތް ކުންފުނި، އެޗްޑީސީން  އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބިންތަކާއި ގޯތިތަކެއް ނަހަމަ ގޮތުގައި ބަޔަކަށް ދިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 ޖެނުއަރީ 2025 | ބުރާސްފަތި 16:19
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ފަހުގެ ތާރީޚެއްގައި ދިވެހި ގައުމު ސިއްސުވާލި އެންމެ ބޮޑު އެއް ޚަބަރަކަށް ވެފައި ވަނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އަދި އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުނިތަކުގެ ލިސްޓުގެ އެއް ވަނައިގައި އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޮޑު ވައްކަމާއި ހިޔާނާތުގެ ވާހަކައެވެ.

ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހުޅުމާލޭގައި ހިއްކާފައި ހުރި ބިންތަކެއް އެޗްޑީސީން ވަގަށް ވިއްކާލި ވާހަކައެވެ.

ބޯހިޔާވަހިކަން ތަދު މި ގައުމުގައި އެންމެ ބޮޑު ޒިންމާއެއް މަތިކުރެވިފައި އޮތް ކުންފުނި، އެޗްޑީސީން  އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބިންތަކާއި ގޯތިތަކެއް ނަހަމަ ގޮތުގައި ބަޔަކަށް ދިން ވާހަކައެވެ.

ތެދެކެވެ. މިއީ ދިވެހި ނިކަމެތި ރައްޔިތުނެ ލޯކުރިމައްޗަށް ފެންނަން އޮތް ވަރަށް ބޮޑު ތެދު ހަގީގަތެކެވެ.

މިކަހަލަ އެތައް ކަމެކެވެ. އެތަކެއް ވައްކަމާއި ހިޔާނާތާއި ކަރަޕްޝަންގެ މައްސަލަތެކެވެ. މި ސަރުކާރަށް މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ވައްކަމާއި ހިޔާނާތާއި ކަރަޕްޝަން ނޫން ކަމެއް ކޮށްފައި ނުވާކަމަށް ގައުމުގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ވެރިކަމުގެ ތާޖަށް ދަހިވެތިވެ، ވެރިކަމަށް އައުމަށް މިހާރުގެ ރައީސް ދެއްކި އެތަކެއް ވާހަތަކާއި ވެފައިވާ ވައުދުތަކުގެ ބޭނުމެއް ނެތެވެ. ރައްޔިތުން ގުނބޯހެއްދުމަށް ފަހު ވެރިކަމަށް ވަޑައިގެން ކުރައްވަމުން ގެންދަވާ ކަމަކީ އަމިއްލަ ޖީބު ބޮޑުކުރުން ނޫން ކޮންކަމެއްތޯއެވެ.

ވެރިކަމުގެ އާރާއި ބާރު ލިބުމުން، ނިކަމެތި ރައްޔިތުންނަށް އަނިޔާވެރިވެ، ނިކަމެތިކަން ދެމުން ގެންދަވާއިރު، ރައީސްގެ ހިތްޕުޅަށް ހަމަ އެއްވެސް އެއްޗެއް އަރައިވަޑައިނުގްނަނަވަނީތޯ ސުވާލު އުފެދެއެވެ.

ރައީސެވެ. މަނިކުފާނު ވެރިކަމުގެ ތާޖު އަޅުއްވައިގެން، ތަހުތުގައި އިންނަވާއިރު، ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާ އަށް ސަރުކާރުގެ ތެރެއިން ޚިޔާނާތްތެރިވަމުން ދާއިރު، އެކަންކަން ފެންމަތި ވީމާ އެނގިވަޑައި ނުގަންނަވައޭ ވިދާޅުވުމަކުން ނުފުދެއެވެ. އެ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގްވަން ޖެހިވަޑައިގަންނަވާނެ ދުވަހެއް އެބައޮތެވެ.

ދީނީ ދަންނަބޭކަލުން ބުނާތީ އަހަމެވެ. މުސްލިމަކަށް، މުއުމިނަކަށް ހަމަ އެކަނި ފަރުޟު ފަސް ނަމާދުކުރުމަކުން އަދި ނުފުދެއެވެ. އެ އާއި އެކު އެހެން އަމަލުތައްވެސް ސީދާ ވާން ޖެހެއެވެ. އޭގެތެރޭގައި އަމަލާއި ބަހާ ދިމާނާން ވެސް ޖެހެއެވެ. ދޮގުހެދުމާއި ވައްކަން ކުރުންފަދަ ނުބައި އަމަލުތަކުން ދުރުވާން ޖެހެއެވެ. އެހެން ނޫނީ ކުރާ ނަމާދަކުން ލިބޭނޭ މަންފާއެއް ނޯންނާނޭ ކަމަށް ދަންނަބޭކަލުން ބުނާތީ އަހަމެވެ.

މަނިކުފާނެވެ. ނިކަމެތި ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އެއީ މިހާރު މި ގައުމުގެ ރައްޔިތުން މަނިކުފާނުގެ ސަރުކާރަށް އިތުބާރު ނުކުރާ ވާހަކައެވެ. އަދި ވެރިއެއްގެ ގޮތުން ވެސް މަނިކުފާނު ބަލައިނުގަންނަ ވާހަކައެވެ. ހަމަ ޔަގީނުންވެސް މިހާރަކު ރައްޔިތުންގެ ތާއީދެއް، ލޯތްބެއް މަނިކުފާނަކަށް ނެތެވެ.

ސަބަބުތައްވެސް ބައިވަރެވެ. ގިނަ ރައްޔިތުން ބުނާގޮތުން ނަމަ މަނިކުފާނަކީ އަމަލާއި ހަބާ ދިމާނުވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހެއްދެވުމުގައި ވެސް އަރައި ހުންނެވެވި ބޭފުޅަކަށް ވުމެވެ.

އެކަން ދިވެހި ރައްޔިތުންނަށް އެނގި ހާމަވެގެން ދިޔައީ ދާދި މިދާކަށް ދުވަހު އެޗްޑީސީގެ ބޮޑު ވައްކަމާއި ހިޔާނާތުގެ މައްސަލާއި ގުޅިގެން ދިވެހިން ރައްޔިތުންގެ ކުރިމަތީގައި މަނިކުފާނު ހެއްދެވި އިތުރުފުޅުގެ ސަބަބުންނެވެ.

އެޗްޑީސީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުވި ސިޓީ ނުލިބޭ ކަމަށް ވިދާޅުވެ، މަނިކުފާނު ހެއްދެވީ ބޮޑު އިތުރުފުޅެކެވެ.

މިއީ އޭރު މަނިކުފާނު މީޑިއާގައި ވިދާޅުވި ވާހަކަފުޅެވެ. އެހެން ނަމަވެސް މިކަން ދިވެހި ރައްޔިތުނަށް ވަރަށް ސާފުކޮށް އެނގެއެވެ. އެ ސިޓީ މަނިކުފާނުގެ އޮފީހުން ބަލައިގެންފައިވާ ކަމުގެ ރަސްމީ ލިޔުމުގެ ކޮޕީއެއް މީޑިއާގައި ދައުރުވާން ފެށުމާއި ގުޅިގެންނެވެ.

މިއީ މަނިކުފާނު އިތުރުފުޅުހެއްދަވާކަން ރައްޔިތުންނަށް އެނގި ހާމަވި ކުޑަ މިންވަރެކެވެ. އަދި މިއަށް ވުރެ، ބޮޑެތި އިތުރުފުޅުތައް ވެސް މަނިކުފާނު ހައްދަވަމުން ގެންދަވާކަމަށް މިއަދު މުޅި ގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. ވެވަޑައިގެންނެވިހާ ވައުދުތައް އެއީ ނެތް އެއްޗެއް ކަމަށް ހައްދަވައިފިއެވެ. ޓެކްސް ބޮޑު ނުކުރާނެ ކަމަށް ވިދާޅުވެ ޓެކްސް ބޮޑު ކުރައްވައިފިއެވެ. މީހުން ވަޒީފާތަކުން ނުކަނޑާނެ ކަމަށް ވިދާޅުވެ އެތައް ބަޔަކު ވަޒީފާތަކުން ކަނޑާ އުކާލައިފިއެވެ. ގޯއްޗާއި ފުލެޓްވެސް ލިބިފައި އޮތް ތާކުން ލިބިފައި އޮތް މީހަކަށް ދެއްވާނެ ކަމަށް ވިދާޅުވެ، ފަހުން އެ ތަންތަން ދޫކުރަން އުޅުނު ސަރުކާރުގެ އޮފިޝަލުން ވީ ބޮޑެތި މުޖުރިމުންނަށެވެ. މިފަދަ އެތައް ކަމެކެވެ.

ދެން މިކަމުގައި ކިޔާނެ އެއްޗެއް ދައްކާނެ ވާހައެއް ނެތެވެ. ރައްޔިތުން މިހާރު ބޭނުންވަނީ މަނިކުފާނު އިސްތިއުފާދެއްވާފައި ގެއަށް ވަޑައިތުމެވެ. މިއީ މި ގައުމަށް މިހާރު އެންމެ ފައިދާހުރި ގޮތް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާގޮތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2020

ރައީސް ޔާމީން ގެއަށް ބަދަލުކުރާނެކަމަށް ޕީޕީއެމުން ބުނި ދުވަސްވެސް ފަހަނައަޅާ ގޮސްފި!

06 ޖެނުއަރީ 2020
ރައީސް ޔާމީން ގެއަށް ބަދަލުކުރާނެކަމަށް ޕީޕީއެމުން ބުނި ދުވަސްވެސް ފަހަނައަޅާ ގޮސްފި!
24 ނޮވެމްބަރު 2019

އުފާވެރި ޗުއްޓީ އިތުރަށް އުފާވެރި ކޮށްލުމަށް މިކަންކަމަށް ސަމާލުކަންދީ!

24 ނޮވެމްބަރު 2019
އުފާވެރި ޗުއްޓީ އިތުރަށް އުފާވެރި ކޮށްލުމަށް މިކަންކަމަށް ސަމާލުކަންދީ!
18 އޮކްޓޯބަރު 2019

ކަރުނަ އަޅައި އިތުރުފުޅުހެއްދެވިޔަސް ހަގީގަތުގައި ބަރަހަނާވެއްޖެ !

18 އޮކްޓޯބަރު 2019
ކަރުނަ އަޅައި އިތުރުފުޅުހެއްދެވިޔަސް ހަގީގަތުގައި ބަރަހަނާވެއްޖެ !
24 ޖުލައި 2018

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

24 ޖުލައި 2018
ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!
05 ޖުލައި 2018

މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

05 ޖުލައި 2018
މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!
04 ޖުލައި 2018

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

04 ޖުލައި 2018
ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
18 މެއި 2017

ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

18 މެއި 2017
ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
20 މާރިޗު 2017

ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟

20 މާރިޗު 2017
ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް