Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

މަލިކު އަތޮޅަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 5 ޖުލައި 2018 | ބުރާސްފަތި 12:32
މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ތެރެއިން

މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ތެރެއިން

މަލިކަކީ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނައަށް އެންމެ ބޮޑު ރަށެވެ. ލަކްޝަދީބަކީ، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ ދިހަ ދީބާއި މީހުން ނޫޅޭ ކިތައްމެހައި ދީބުތަކެއް އެބަ ހުއްޓެވެ. މަލިކު އަތޮޅަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެކެވެ. އެ ޖަޒީރާ އޮންނަނީ، ލަކްޝަދުވީޕު އިއްތިޙާދު ޓެރިޓަރީގެ ދެކުނުގަ އެވެ. މި އަތޮޅުގެ އާބާދުވެފައިވާ ދިހަ ދީބު ތެރެއިން މަލިކަކީ އެއްދީބެވެ. މި ރަށް އޮތީ ރާއްޖެ އަށް ވުރެ އުތުރުގައެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ.

މަލިކުގައި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަކީ ރާއްޖެއެކޭ އެއްފަދައިން ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔަ އިންތިޚާބެކެވެ. އެ އިންތިޚާބުގައި ލަކްޝަދީބުގެ އެމްޕީއަކަށް ހޮވިފައިވަނީ ނެޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ މެންބަރު އަދި އިންޑިއާގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތެއް ކަމަށްވާ މުހައްމަދު ފައިޒަލް އެވެ. އެންސީޕީ އުފެދިފައި ވަނީ 1999 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ވެސް އަމާޒަކީ ހަމަ ހަމަ ފުރުސަތު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމާއި އިންސާފު ގާއިމު ކޮށްދިނުމެވެ. މި އިންތިޚާބު ފައިޒަލް އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ފޯރިގަދަ ކެމްޕެއިންތަކެއް ކޮށްފައިވާއިރު، ދިވެހި ބަހުން ގެނެސްދިން ލަވަތަކަކީ އޭގައި ރާއްޖެއާއި ވަރަށް އެއްގޮތް ކަންތައްތަކެއް އެކުލެވިގެންވާ ލަވަތަކެކެވެ. ފައިޒަލް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރު މުހައްމަދު ހަމަދުއްލާ ސައީދާ ވާދަކޮށެވެ.

އެންސީޕީ ކެމްޕެއިން ލަވަ އާއި އެމްޑީޕީ ކެމްޕެއިން ލަވައިގައި ހުރި އެއްގޮތް ވާހަކަތައް

މި ދައްކަނީ މީގެ 5 އަހަރު ކުރިން މަލިކު މީހުންވެސް ބޭނުންވި ގޮތުގެ ވާހަކައެވެ.

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ލޭ ކައްކުވާލަދިން މައިގަނޑު އެއްޗަކީ ވާދަވެރި ޕާޓީތަކުން ބޭނުން ކުރި ލަވަތަކެވެ. އެގޮތުން އެމްޑީޕީން ބޭނުން ކުރި ބައެއް ލަވަތައް މަލިކުގައި ބޭއްވި އިންތިޚާބުތަކުގައި ހަމަ އެ އިބާރާތުން ބޭނުން ކޮށްފައިވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ލަވައަކީ ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު އަފަގެ ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ ލަވައެވެ. އެ ލަވައިގައި ރައީސް މުހައްމަދު ނަޝީދުގެ އަޑުފުޅުން ވިދާޅުވެފައިވަނީ "އެ ޕާޓީގެ އަބަދުވެސް މަގުސަދަކީ އިންސާފު ރައްޔިތުންނަށް ހޯދާދިނުން ކަމަށެވެ. އަދި ޕާޓީގެ އަބަދުވެސް ބޭނުމަކީ ހެޔޮލަފާ އަނިޔާވެރި ކަމަކާ ނުލާ ވެރިކަމެއް ދިވެހިރައްޔިތުންނަށް ކޮށްދިނުން ކަމަށާއި، އަލުން އަބުރާ ގެއްލިގެންދިޔަ ހެޔޮ ވެރިކަން ހޯދާދިނުމަށްޓަކައި ތިބީ ނުކުމެ ކަމަށެވެ. "އަޅުގަނޑުމެންނެއް ގެއަކަށް ނުވާންނާނެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދާދެވުނީމާ މެނުވީ." މިހެންނެވެ.

Your browser doesnt support video. Please download the file: video/mp4

މަލިކު ލަވައިގައި ބުނާ ވާހަކަ

"އެންސީޕީގެ އަބަދުވެސް މަގުސަދަކީ އިންސާފު ރައްޔިތުންނަށް ހޯދައިދިނުން. ޕާޓީގެ އަބަދު ވެސް ބޭނުމަކީ ހެއުލަފާ އަނިޔާވރިކަމަކާ ނުލާ އެމްޕީ ކަން ރައްޔިތުންނަށް ކޮށްދިނުން. އަލުން އަބުރާ އަޅުގަނޑުމެންނަށް ނުލިބިދިޔަ ހެޔޮ ވެރިކަން ރައްޔިތުންނަށް ހޯދާދިނުމަށްޓަކައި އަނެއްކާ އަޅުގަނޑުމެން މިތިބީ ނުކުމެ. އަޅުގަނޑުމެންނެއް ފަހަކަށް ނުޖެހޭނަން. ތިޔަ ރައްޔިތުންނަށް ހެޔޮވެރިކަން ހޯދާ ދެވުނީމާ މެނުވީ. މިވަރުގެ ފުރިހަމަ ސިޔާސަތެއް ދުވަހަކު ފެނިފަ ނުވާނޭ. ފަސްނުޖެހި އެންމެން ހިނގާށޭ، މީ ތަރައްގީ ގައުމު ކުރެވޭ. އެންމެނަށް ހަމަ ހަމަކަމާއެކު މީ ސިޔާސަތު ހާމަވާ." މިއީ މަލިކު ލަވައިގައި ބުނާ ވާހަކައެވެ. މީގެއިން މިދޭހަކޮށްދެނީ މަލިކު ރައްޔިތުންވެސް ބޭނުންވަނީ ހެޔޮލަފާ ވެރިކަމެއް ކަމެވެ.

Your browser doesnt support video. Please download the file: video/mp4

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖެހީ އެންމެ ޑޯޒެއް، އެޗްޕީއޭ އިން ބުނަނީ ދެ ޑޯޒް ޖަހައިފިކަމަށް"

"ޖެހީ އެންމެ ޑޯޒެއް، އެޗްޕީއޭ އިން ބުނަނީ ދެ ޑޯޒް ޖަހައިފިކަމަށް"

14 ޖުލައި 2021
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

28 ޖޫން 2021
ޕީޕީއެމް މެމްބަރުން ބުނަނީ ޔާމީނަކީ ހަޤީޤީ ލީޑަރެއް ނޫންކަމަށް

ޕީޕީއެމް މެމްބަރުން ބުނަނީ ޔާމީނަކީ ހަޤީޤީ ލީޑަރެއް ނޫންކަމަށް

15 ޖޫން 2021
ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

28 މެއި 2021
"ހިމަންދޫ މިހާރު ފެންނަނީ އަަމާންކޮށް، ވަކިވެގަތް މީހުންވެސް މުޖުތަމައުގެ ހިއްސާއަކަށް ވެއްޖެ"

"ހިމަންދޫ މިހާރު ފެންނަނީ އަަމާންކޮށް، ވަކިވެގަތް މީހުންވެސް މުޖުތަމައުގެ ހިއްސާއަކަށް ވެއްޖެ"

19 މެއި 2021

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު