Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލްގެ ކުޅުމާ މެދު ހިތްހަަމަ ޖެހޭ: އާޓެޓާ

ޓީމަށް މިފަހުން ބަދަލުތަކެއް ގެންނަން ޖެހުނުއިރު، ކުޅުންތެރިން އެ ބަދަލަށް ވަރަށް ފަސޭހަ އިން ފިޓުވެފައިވާކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2025 | ހޮނިހިރު 03:52
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން މޮޅުވެ، އާސެނަލް އިން ވަނީ ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފަ އެވެ.

އާޓެޓާ ބުނީ ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު، އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއްކަން ކުރިން ވެސް އިޙުސާސް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް އިދިކޮޅަށް ކުޅެން އޮންނަނ ޓީމަކަށް ބްރެންޓްފޯޑުން މައްސަލަތައް ކުރިމަތިކުރުވާކަން ފާހަގަކޮށް އާޓެޓާ ބުނީ، އެ މެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ އެ ޓީމުން ކަމަށެވެ. މެޗުން އާސެނަލް މޮޅުވީ ބްރެންޓްފޯޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

މީގެ އިތުރުން އާޓެޓާ ބުނީ އެއް ލަނޑުން ފަހަތުގައި އޮތްއިރު، އަލުން މެޗުގެ ނަތީޖާ އަނބުރާލުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ. އެކަން ފާހަގަ ކުރަމުން އާޓެޓާ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އާސެނަލްގެ ކުޅުންތެރިން ދެއްކީ ވަރަށް ތަފާތު ހިތްވަރެއް ކަމަށެވެ. ޚާއްސަކޮށް ހަމަޖެހިލައިގެން ތިބެ ކުޅެމުން ދިޔަ މަންޒަރު ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށް ވެސް އާޓެޓާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އާސެނަލްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޓީމަށް މިފަހުން ބަދަލުތަކެއް ގެންނަން ޖެހުނުއިރު، ކުޅުންތެރިން އެ ބަދަލަށް ވަރަށް ފަސޭހަ އިން ފިޓުވެފައިވާކަން ވެސް އޭނާ ފާހަގަ ކުރި އެވެ. އަދި ލީގުގައި ދެން އާސެނަލް އޮތް މެޗަށް ނިކުންނައިރު ވެސް، ޓީމުގެ ޙާލަތު އޮންނާނީ ރަނގަޅަށް ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

ލީގުގައި ދެން އާސެނަލަށް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެެޗެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު