Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް ޑްރޯން ހަމަލާ އެއް ދީފި

ކީވްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ރަޝިޔާއިން ބުދަ ވިލޭރޭ ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ފޮނުވާލި 111 ޑްރޯނުގެ ތެރެއިން 63 ޑްރޯން ވައްޓާލެވިފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 12:20
2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ކީވް އަށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާއެއްގައި ގެއްލުން ލިބިފައިވާ އިމާރާތެއް

2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ކީވް އަށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާއެއްގައި ގެއްލުން ލިބިފައިވާ އިމާރާތެއް

ރަޝިޔާ އިން ބުދަ ދުވަހުގެ ފަތިހު ޔުކްރެއިންގެ ވެރިރަށް ކީވް އަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

މި ހަމަލާގައި އެކަކު މަރުވެ، 6 މީހުން ޒަޚަމްވެ، އަދި ދެ ސަރަޙައްދެއްގެ އިމާރާތްތަކަށް ގެއްލުން ލިބުނު ކަމަށް އެ ސިޓީގެ އޮފިޝަލުން ބުނެފައިވެއެވެ.

ޔުކްރެއިންގެ އެއަރ ފޯސްއިން ވެރިރަށާ ދިމާއަށް ޑްރޯންތަކެއް އަންނަ ކަމަށް އިންޒާރު ދިނުމާއެކު، އަދި މޭޔަރު ވިޓަލީ ކްލިޗްކޯ ދުޝްމަނުންގެ ހަމަލާއަކުން ދިފާޢުވަމުންދާ ކަމަށް ބުނުމާއެކު، ބުދަ ދުވަހު ހެނދުނު ވެރިރަށުގެ އުޑުމަތިން ބާރު ގޮވުންތަކުގެ އަޑުފައްގަނޑު ގަދަވެގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގައި އާންމުން ދިރިއުޅޭ އިމާރާތެއްގެ ދެ ފަންގިފިލާ ބައެއް ހަލާކުވެފައިވާ ކަމަށް ކްލިޗްކޯ ވިދާޅުވިއެވެ. ފަހުން އެ ސިޓީގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ އަންހެނެއްގެ ހަށިގަނޑު ހަލާކުވި އިމާރާތުގެ ބައިތަކުގެ ތެރެއިން ނެގިފައިވާ ކަމަށެވެ.

ސްޓޭޓް އެމަޖެންސީ ސަރވިސްއިން ޕޯސްޓްކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ ފަޔަރ ފައިޓަރުން އިމާރާތެއްގެ ހަލާކުވެފައިވާ ބަޔަށް ފެންޖަހަމުންދާ މަންޒަރާއި، ސަލާމަތްކުރާ މީހުން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވަމުންދާ މަންޒަރެވެ.

ނޭޝަނަލް ބޭންކް އޮފް ޔުކްރެއިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ އިމާރާތަކަށް ވައްޓާލެވުނު ޑްރޯނެއްގެ ބައިތަކުން ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެހެން ހިސާބެއްގައި ހުރި އިމާރާތަކަށްވެސް ޑްރޯނުގެ ބައިތަކުން ގެއްލުން ލިބިފައިވާ ކަމަށް ކީވް ގެ މޭޔަރު ވިދާޅުވެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ "އައު އަހަރުގެ ރޭގައިވެސް ރަޝިޔާގެ ހަމައެކަނި ވިސްނި ކަމަކީ ޔުކްރެއިނަށް ގެއްލުން ދިނުމުގެ ގޮތްތައް ހޯދުން" ކަމަށެވެ.

ކީވްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ރަޝިޔާއިން ބުދަ ވިލޭރޭ ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ފޮނުވާލި 111 ޑްރޯނުގެ ތެރެއިން 63 ޑްރޯން ވައްޓާލެވިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު