Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގެ ފަރިތަކުރުންތަކަށް އަލަބާާ ނިކުންނަން ފަށައިފި

އަލަބާ އަށް އަނިޔާވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލް އިން ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2025 | ހޮނިހިރު 03:51
ރެއާލްގެ ފަރިތަކުރުމުގައި އަލަބާ

ރެއާލްގެ ފަރިތަކުރުމުގައި އަލަބާ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު، ޑޭވިޑް އަލަބާ އެ ކުލަބުގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފި އެވެ.

އުމުރުން 32 އަހަރުގެ އަލަބާ ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އަލަބާ އަށް އަނިޔާވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލް އިން ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އަލަބާ ކުޅުމާ ދުރުގައި ހުންނައިރު، ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާަން ފަށާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ފަރިތަކުރުންތަކުގައި ބައިވެރިވާާން އަލަބާ ފަށާފައިވާއިރު، ރެއާލް އިން މިވަގުތު އިސްކަން ދޭނީ އޭނާގެ ޙާލަތު ދެނެގަތުމަށް ކަމަށް ވެސް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ރެއާލް އިން އަލަބާގެ ކަންކަމުގައި ގެން ގުޅޭ ޕްލޭންތަކާ އެއްގޮތަށް ކުރިއަށްދާ ނަމަ، ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ސްޕެނިޝް ލީގުގައި ރެއާލް އިން ލަސް ޕަލްމާސްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި އަލަބާ އަށް ކުޅެވޭނެ ކަމަށް ރެއާލްގެ މެޑިކަލް ޓީމުން ވަނީ އަންދާޒާކޮށްފަ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، 2021 ވަނަ އަހަރު ރެއާލަށް ބަދަލުވި އަލްބާ އަކީ އެ ކުލަަބުގައި މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިޔެކެވެ. ރެއާލްގައި މިވަގުތު ވެސް އަނިޔާގެ މައްސަލަ ބޮޑުވެފައިވާއިރު، މި ދަނޑިވަޅުގައި އަލަބާ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަކީ ރެެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ލިބޭނެ ވަރަށް ބޮޑު ހަމަ ޖެހުމެއް ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު